އެފްއޭ ކަޕް: ގާޑިއޯލާ ނެތި ސްވިންޑަން ބަލިކޮށް ސިޓީ އަނެއް ބުރަށް

Jan 7, 2022, 11:36 PM
ލަނޑު ޖެހުމަށް ފަހު ޕާމާ (ކ) އާއި ވޯކާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޕާމާ (ކ) އާއި ވޯކާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 8) - ކޮވިޑް ޖެހިގެން ޓީމާ ދުރުގައި ހުރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނެތި އެ ޓީމުން މިރޭ އިނގިރޭސި އެފްއޭ ކަޕްގައި 4-1 އިން ސްވިންޑަން ޓައުން ބަލިކޮށްފި އެވެ.

ސިޓީގެ ހަތް ކުޅުންތެރިން ހިމެނޭ ގޮތަށް ގާޑިއޯލާ އާއި އެއް އެސިސްޓަންޓް ކޯޗު ހުއާންމާ ލީއޯ ވެސް ކޮވިޑް ޖެހިގެން މި ވަގުތު ހުރީ ޓީމާ ދުރުގަ އެވެ.

ސިޓީ ޓީމަށް މިރޭ އިރުޝާދުދިނުމުގައި ބެންޗުން ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު ރޮޑޯލްފޯ ބޮރެލް އެވެ.

ހަތަރު ވަނަ ޑިވިޝަނުގެ ސްވިޑަން ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސިޓީގެ ތަރި އަކީ 19 އަހަރުގެ ވިންގް، ކޯލް ޕާމާ އެވެ. އޭނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީން މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނެގީ ސްވިންޑަން ކުޅުންތެރިއަކު ކައިިރިން ނައްޓާފައި ޕާމާ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ބެނާޑޯ ސިލްވާ ޖެހި ގޯލަކުންނެވެ.

މެޗުގެ 28 ވަނަ މިިނިޓްގައި ސްވިންޑަންގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ކެވިން ޑިބްރޭނާ ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގަބްރިއެލް ޖީސޫސް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 59 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން އިލްކާއި ގުންޑޮގާން އެވެ.

ސިޓީގެ ފަހަތަށް މުޅި މެޗުގައި ވެސް ގިނަ ފަހަރުތަކެއްގެ މަތިން ޕްރެޝަރު ކުރި ސްވިންޑަން އިން ލަނޑު ޖެހީ މެޗުގެ 78 ވަަނަ މިނިޓްގަ އެވެ. ކައުންޓަ އެޓޭކެއްގައި އޭރިއާތެރެއިން ސްވިންޑަންގެ ހެރީ މެކްކާޑީ ޖެހި ބޯޅަ ވަނީ ގޯލުގެ ކައިރީ ކަނަށެވެ.

ސްވިންޑަން އިން ގޯލެއް ޖަހައި އުއްމީދެއް ހޯދިތާ މާގިނައިރެއްނުވެ، ސިޓީން ހަތަރު ވަނަ ގޯލު ޖަހައި މެޗުން މޮޅެއް ކަށަވަރުކުރި އެވެ. މި ގޯލު ޖެހީ ޕާމާ އެެވެ. އޭރިއާތެެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޕާމާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox