އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވާތީ ކެމްޕެއިން އެއްވުންތައް ކެންސަލްކޮށްފި

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަޕޯޓަރުން ކެމްޕެއިން އެއްވުމެއްގައި. -- ފޮޓޯ: އޭއެފްޕީ

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަޕޯޓަރުން ކެމްޕެއިން އެއްވުމެއްގައި. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 6) - އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ ކެމްޕެއިން އެއްވުންތައް ކެންސަލްކޮށްފި އެވެ.

ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓް އިންޑިއާ އަށް ފޯރައި، ދެ ދުވަސް ތެރޭގައި ކޭސްތަކުގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފަ އެވެ.

އަންނަ މަހު އޮންނަ އުއްތަރް ޕްރަދޭޝް ސްޓޭޓް އިންތިހާބަށް ބޮޑެތި އެއްވުންތައް ބާއްވަމުން ދިޔަ ނަމަވެސް، ކުރިއަށް ހުރި އެއްވުންތައް ވަނީ ކެންސަލްކޮށްފަ އެވެ.

Advertisement

އިންޑިއާގެ އެންމެ އާބާދީ ބޮޑު އުއްތަރް ޕްރަދޭޝް ސްޓޭޓުގައި 200 މިލިއަން މީހުން އުޅެ އެވެ. އެ ތަނަކީ ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ތާއީދު ބޮޑު ތަނެކެވެ.

އިންތިހާބުގެ ކެމްޕެއިނާ ދިމާކޮށް ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މުހިއްމު ސިޓީތަކަށް ވަޑައިގެން، އެކި މަޝްރޫއުތައް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.

ނަމަވެސް ގިނަ ސިޓީތަކުން ކާފިއު ހިންގަން ފަށައި، ކޭސްތައް ކުއްލިއަކަށް މަތިވާނެ ކަމުގެ އިންޒާރު ސިއްހީ ތަޖުރިބާކާރުން ދޭން ފެށުމުން ޕާޓީތަކުން ނިންމީ ކުރިއަށް ހުރި އެއްވުންތައް ކެންސަލް ކުރުމަށެވެ.

"ކޮވިޑް ކޭސްތައް އިތުރުވަމުން ދާތީ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕާޓީގެ ކުރިއަށް ހުރި އެއްވުންތައް ވަނީ ކެންސަލްކޮށްފައި،" އިދިކޮޅު ކޮންގްރެސް ޕާޓީގެ ތަރުޖަމާނު އާޝޮކް ސިންގް ވިދާޅުވި އެވެ.

ބީޖޭޕީ އިން ވަނީ ނޮއިޑާގައި ބުރާސްފަތި ދުވަހު ބާއްވަން ރޭވި ބޮޑު އެއްވުން ކެންސަލްކޮށްފަ އެވެ. އިތުރު ޕާޓީއަކުން ބުނީ ދެން ކެމްޕެއިން ކުރާނީ ވާޗުއަލްކޮށް ކަމަށެވެ.

ނޮއިޑާގެ އެއްވުން ކެންސަލް ކުރި ނަމަވެސް ބީޖޭޕީގެ ތަރުޖަމާނު މަނިޝް ޝުކްލާ ވިދާޅުވީ އެއީ ކޮވިޑާ ގުޅިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވުން ކެންސަލް ކުރީ ޓެކްނިކަލް ސަބަބަކާ ހެދި އެވެ.

މިދިޔަ އަހަރު ޑެލްޓާ ވޭރިއެންޓު ފެތުރި އިންޑިއާގެ ހާލަތު އެންމެ ގޯސްވި އިރު، 200،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވި އެވެ.

މިހާރު ގިނަ ގައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓް އިންޑިއާ އިން ފެނުނީ މީގެ ފަސް ހަފުތާ ކުރިންނެވެ.

ސިއްހީ ތަޖުރިބާކާރުން ބުނީ މީހުން ގިނައިން ދިރިއުޅޭ ބޮޑެތި ސިޓީތަކުގައި އެ ވޭރިއެންޓާ ގުޅިގެން ކޭސްތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށެވެ.

ބުރާސްފަތި ދުވަހު އިންޑިއާ އިން 90،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރި އެވެ. އެގޮތުން މުމްބާއީ އިން ވަނީ ރިކޯޑް އަދަދެއްގެ ކޭސް ރިޕޯޓުކޮށްފަ އެވެ.

ވެރިރަށް ނިއު ދިއްލީގައި މި ހަފުތާ ބަންދުގައި ލޮކްޑައުން ތަންފީޒު ކުރަން ނިންމާފައި ވާއިރު، ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ގެތަކުން ނުކުތުން މަނާވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox