އާ މޫނެއް ނޫން، ރާޝިދު މި ކިޔައިދެނީ އޭނާ ހޮވަންޖެހޭ ސަބަބުތައް

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ރާޝިދު: ވިދާޅުވީ އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މިހާރު ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތް ފުރިހަމަ ކުރުމަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ރާޝިދު: ވިދާޅުވީ އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މިހާރު ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތް ފުރިހަމަ ކުރުމަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޯކައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މަރޮއްޓާއި ކޮމަންޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދެ އެވެ. އެއީ ކޮމަންޑޫ ދާއިރާގައި ސަރުކާރުން ހިންގާ 22 މަޝްރޫއުގެ ތެރެއިން މުހިންމު ބައެއް ކަންކަމެވެ.

ފެބްރުއަރީ މަހު އެ ދާއިރާ ތަމްސީލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އާ މެމްބަރަކު ހޮވުމަށް އިންތިހާބު ބާއްވާއިރު، ރައްޔިތުންގެ އެދެނީ އެ މަސައްކަތަށް އެއްބާރުލުން ދޭނެ މެމްބަރަކު އިންތިހާބު ކުރުމަށެވެ. ކޮމަންޑޫ ދާއިރާއަށް ނިކުންނަވާ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު ރާޝިދު ރައްޔިތުންނަށް ދެއްވާ ޔަގީންކަމަކީ އެއީ އެވެ.

ކޮމަންޑޫ ދާއިރާ މީގެ ކުރިން ތަމްސީލު ކުރެއްވި ހަމަ ވެރިކަން ހިންގާ ޕާޓީގެ ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު 14، ގައި އަވަހާރަވިއިރު އޭނާގެ ތަސައްވަރާ އެއްގޮތަށް، ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި އުމްރާނީ ތަރައްގީގެ 22 މަޝްރޫއުއެއް ދަނީ ހިނގަމުންނެވެ.

ރާޝިދު ބޭނުންވެވަޑައިގަންނަވަނީ ހުސެއިން ވަހީދުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ފުރިހަމަ ކުރުމަށެވެ. ރަޝީދު ގަބޫލު ކުރައްވާ ގޮތުގައި އެކަން ކުރެވޭނީ އޭނާއަށެވެ. ސަބަބުތައް ބައިވަރެވެ. ރަޝީދަކީ ވެރިކަން ހިންގާ ޕާޓީގެ ކެންޑިޑޭޓެވެ. ޕްރޮޖެކްޓުތައް އޮތީ ހަވާލު ކުރެވިފަ އެވެ. މަސައްކަތް ދަނީ ކުރިއަށެވެ. ރާޝިދު ގަބޫލު ކުރައްވާ ގޮތުގައި މިވަގުތު ކޮމަންޑޫގެ ގޮނޑިއަށް ބޭނުންވަނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ޔަގީނުން ވެސް ދޭނެ މެމްބަރެކެވެ.

"މިއަދު މި ކުރެވެމުންދާ މަސައްކަތްތަކަށް ބައްލަވާފައި، އަދި އިތުރަށް ކުރަން ހުރި މަސައްކަތްތައް ހަރުދަނާކަމާއެކީ ކުރިއަށް ގެންގޮސް ނިންމާލުމަށްޓަކައި ކަން ކޮށްދިން ސަރުކާރާއެކު، ޕާޓީގެ ކެންޑިޑޭޓާއެކު، މިއަދު ތިބުމަކީ ދާއިރާގެ ރައްޔިތުންނަށް އޮންނާނެ އެންމެ ބޮޑު މޮޅު،" މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރާޝިދު ވިދާޅުވި އެވެ.

ރާޝިދުގެ ކެމްޕެއިން ޖަލްސާއަށް ރައީސް ކޮމަންޑޫގައި: ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވާނެ -- ފޮޓޯ: ހުސެއިން އަރުބާން
ރާޝިދުގެ ކެމްޕެއިން ޖަލްސާއަށް ރައީސް ކޮމަންޑޫގައި: ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވާނެ -- ފޮޓޯ: ހުސެއިން އަރުބާން

ރާޝިދުގެ ކެމްޕެއިން ޖަލްސާއަށް ރައީސް ކޮމަންޑޫގައި: ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަ ދައްކަވާނެ -- ފޮޓޯ: ހުސެއިން އަރުބާން

ށ. އަތޮޅު ރައްޔިތުންނަށް ރާޝިދަކީ އާ މޫނެއް ނޫނެވެ. މަރޮއްޓާއި ކޮމަންޑޫ އާއި ފޯކައިދޫ ރައްޔިތުންނަކީ ރާޝިދު ދަންނަ ބަޔަކެވެ. ފޯކައިދޫގެ ކައުންސިލަރުކުން އޭނާ 10 އަހަރު ކުރެއްވި އެވެ. ރައީސްގެ މަގާމުގައި ހުންނެވި އެވެ. އަދި މިހާރު ވެސް އޭނާއަކީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. ރަށު ކައުންސިލަކަށްވުރެ ބޮޑަށް ވަކިން ބޮޑަށް ރަށަށް ހިދުމަތް ކޮށްދެވޭނެ އެހެން އޮފީހެއް ނުހުންނާނެ ކަމަށް ރާޝިދު ގަބޫލު ކުރެ އެވެ.

"އަޅުގަނޑަށް ރައްޔިތުންގެ އިހްސާސް ވަރަށް ރަނގަޅަށް އެނގޭ. މި މަސައްކަތް ކުރެވެނީ ރައްޔިތުންނާ ވަރަށް ގާތުން. ކޮންމެ ރައްޔިތަކަށް ވެސް އަބަދުވެސް އަޅުގަނޑާ ވާހަކަ ދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރު ފުރުއްވި ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ގެނެސްގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރާޝިދު ގަބޫލު ކުރައްވަ އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ހުސެންގެ މެނިފެސްޓޯ އާއި ތަރައްގީގެ ޕްލޭން އޭނާއަށް ވުރެ ތަފްސީލުކޮށް އިނގޭނެ އިތުރު ކެންޑިޑޭޓަކު ވެސް ނުހުންނާނެ އެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓަކު އެ ގޮނޑިއަށް ގެނެސްގެން ނޫނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ދާއިރާއަށް ބޮޑު އިންގިލާބެއް ނުގެނެވޭނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.

"މިދިޔަ ދިގު 100 އަހަރުގެ މާޒީއެއްގައި ނާންނަވަރުގެ ބޮޑެތި ކުރިއެރުންތަކެއް [ގެނައުމުގެ މަސައްކަތް] މިހާރު މިވަނީ ފައްޓަދެއްވާފައި. އެހެންވީމަ އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަޅުގަނޑަށް ވުރެ ވަކިން ސަރުކާރާއި ގާތުގައި ރައްޔިތުން ގޮވައިގެން މަސައްކަތް ކުރެވޭނެ އިތުރު ބޭފުޅެއް ނެތުން އެއީ ހަމަ ގައިމުވެސް އެންމެ ބޮޑު އެއް ސަބަބު،" ރާޝިދު ވިދާޅުވި އެވެ.

އެމްޑީޕީ ކެންޑިޑޭޓް ރާޝިދު ކުރީގެ މެމްބަރު ހުސެއިން އަދި ރައީސް ސޯލިހާއެކު: ވިދާޅުވަނީ ރާޝިދުގެ ތަސައްވަރަށް އިހްތިރާމް ކުރައްވާނެ ކަމަށް -- ފޮޓޯ: ރާޝިދު
އެމްޑީޕީ ކެންޑިޑޭޓް ރާޝިދު ކުރީގެ މެމްބަރު ހުސެއިން އަދި ރައީސް ސޯލިހާއެކު: ވިދާޅުވަނީ ރާޝިދުގެ ތަސައްވަރަށް އިހްތިރާމް ކުރައްވާނެ ކަމަށް -- ފޮޓޯ: ރާޝިދު

އެމްޑީޕީ ކެންޑިޑޭޓް ރާޝިދު ކުރީގެ މެމްބަރު ހުސެއިން އަދި ރައީސް ސޯލިހާއެކު: ވިދާޅުވަނީ ހުސެއިންގެ ތަސައްވަރަށް އިހްތިރާމް ކުރައްވާނެ ކަމަށް -- ފޮޓޯ: ރާޝިދު

ރާޝިދު ރައްޔިތުންނަށް ދެއްވަން ބޭނުންވެވަޑައިގަންނަވާ ޔަގީންކަމަކީ ސަރުކާރާއެކު ބަދަހި ގުޅުމެއް ގާއިމް ކުރުމެވެ.

"ކޮމަންޑޫ ދާއިރާގެ މެމްބަރުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު ހޮވަން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ އަޅުގަނޑަކީ ސަރުކާރުގެ ކެންޑިޑޭޓް، ސަރުކާރުން ދައްކާފައި ހުރި ކެންޑިޑޭޓް، އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް ވާތީ. ސަރުކާރުން އަޅުގަނޑާއެކީ ވަރަށް ކައިރިން މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާގެ މަސައްކަތަކަށް ވާނީ ހުސެއިން ވަހީދުގެ ލެގަސީ ފުރިހަމަކޮށްދެއްވުން ކަމަށް ރާޝިދު ވިދާޅުވި އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރައްޔިތުން ބޭނުންވާނެ ގޮތަކީ ވެސް އެއީ އެވެ.

"އަޅުގަނޑުމެންގެ ދާއިރާގައި މިހާރު ކުރެވެމުންދާ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ރައްޔިތުން ބޭނުންވާ ގޮތަށް އަދި އަޅުގަނޑުމެންގެ އެމްޕީ ހުސައިން ވަހީދު ފައްޓަވާދެއްވާފައިވާ އެންމެހާ ޕްރޮޖެކްޓްތައް އެބޭފުޅާގެ ވިޝަންއާ އެއްގޮތަށް، އެބޭފުޅާގެ ވިސްނުމާ އެއްގޮތަށް ނިންމުން އެއީ އަޅުގަނޑުގެ އެންމެ މުހިންމު އެއް ކަންތައް،" ރާޝިދު ވިދާޅުވި އެވެ.

އެ ދާއިރާގެ އެމްޑީޕީ ސަފުތައް އޮތީ ވަރަށް ބަދަހިކޮށް ކަމަށް ރާޝިދު ދެކިވަޑައިގަންނަވަ އެވެ. އަންނަ ފެބްރުއަރީ 5، ގައި ބާއްވާ އިންތިހާބު އެހެން ބަޔަކަށް ފަސޭހައިން ކާމިޔާބު ނުވާނެކަމުގެ ޔަގީންކަން ރާޝިދަށް އެބައޮތެވެ. އޭނާގެ ކެމްޕެއިން ރަސްމީކޮށް މިމަހުގެ ދެ ވަނަ ދުވަހު ފަށާފައިވާއިރު، މާދަމާ ރައިސުލްޖުމްހޫރިއްޔާވެސް އެ ކެމްޕެއިންގައި ބައިވެރިވަޑައިގަތުމަށް އެރަށަށް ވަޑައިގަންނަވާނެ އެވެ.

ރާޝިދުގެ އެދުމަކީ އޭނާގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ރައްޔިތުންނަށް ދެއްވާ މެސެޖު ވޯޓުލާ ދުވަހު ހަނދާނުގައި ބެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox