ކާބޯތަކެތީގެ އަގު އުފުލޭތީ ލަންކާގައި 1.1 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް

ލަންކާގެ މާރުކޭޓެއްގައި ވިޔަފާރި ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލަންކާގެ މާރުކޭޓެއްގައި ވިޔަފާރި ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ޖެނުއަރީ 4) - ސްރީލަންކާގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދާތީ އާއްމުންނަށް އެހީވުމުގެ ގޮތުން 1.1 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއް އިއުލާނުކޮށްފި އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ލަންކާގެ ފަތުރުވެރިކަމަށް އަސަރުކޮށް އިގްތިސާދަށް ވަރަށް ބޮޑަށް އަސަރެއް ވަނީ ކޮށްފަ އެވެ. ޒަރޫރީ ތަކެތީގެ އަގުތައް އުފުލި އާއްމުންނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ސުޕާމާކެޓުތަކުން ހިކި ކިރާއި، ހަކުރު، މުގު އަދި އެހެން ކާބޯތަކެތި ވިއްކަމުން ދަނީ ރޭޝަންކޮށްގެންނެވެ. މިދިޔަ މަހު ކާބޯތަކެތީގެ އަގު ރިކޯޑް މިންވަރަށް 22 ޕަސެންޓަށް އުފުލުނެވެ.

ދިރިއުޅުމުގެ ހަރަދު އިތުރުވަމުން ދާތީ މި އަހަރު ދެ މިލިއަނަށް ވުރެ ގިނަ ދައުލަތުގެ މުވައްޒަފުންނާއި ޕެންޝަނަރުންނަށް ލިވިން އެލަވަންސްގެ ގޮތުގައި 60،000 ރުޕީޒް ނުވަތަ 300 ޑޮލަރު ދޭނެ އެވެ.

އޭގެ އިތުރުން ގެތަކުގައި ހައްދާ "ހޯމް ގާޑަން" އަށް އިސްކަން ދިނުމަށް ހާއްސަ ސަބްސިޑީތަކެއް ދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މި އަހަރު ގެތަކުގައި ދަނޑު ހައްދައިގެން ކުރި ހޯދަން. ބޭނުމަކީ ކޮންމެ ގެޔަކަށް ވެސް ބޭނުންވާ ކާތަކެތި އެ ގެޔެއްގައި ހެއްދުން."

ރިލީފް ޕެކޭޖުގެ ގޮތުގައި އިއުލާނު ކުރި 1.14 ބިލިއަން ޑޮލަރު ހޯދާނެ ގޮތް ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރު އެގްރޯކެމިކަލް އުފެއްދުންތައް އެތެރެ ކުރުން މަނާ ކުރުމުން ދަނޑުތައް ހަލާކުވެ ކާބޯތަކެތީގެ އަގުތައް އިތުރަށް އުފުލުމަށް ވަނީ މަގުފަހިވެފަ އެވެ.

އެ ސިޔާސަތު އުވާލައި، ދަނޑުތަކަށް ބޭނުންވާ ކެމިކަލް އެތެރެ ކުރަން ހުއްދަ ދިނީ ދަނޑުވެރިން މުޒާހަރާ ކުރުމުންނެވެ. އެ ސިޔާސަތާ ހެދި ވެރިކަން ކުރާ ކޯލިޝަން ތެރޭގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.

އެގޮތުން އެ ސިޔާސަތަށް ފާޑުވިދާޅުވި މިނިސްޓަރަކު މަގާމުން ވަކިކުރަން ރައީސް ގޮަތަބަޔަ ރާޖަޕަކްސަ އަންގާރަ ދުވަހު އަމުރު ކުރެއްވި އެވެ. އޭގެ އިތުރުން ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަގާމުން ވަކިކުރުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

ލަންކާ އަށް ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމަށާއި ސަރުކާރުން ތަކެތި ރޭޝަން ކުރަން ޖެހޭނެ ކަމަށް މިދިޔަ މަހު އިންޒާރު ދިން ދަނޑުވެރިކަމާ ބެހޭ އިސް އޮފިޝަލަކު ވަނީ އެހެން ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަގާމުން ވަކިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox