ގެއްލުނު "އަލަމާ 5" ދޯނިިން އޮޔާދިޔަ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިއްޖެ

ގެއްލުނު "އަލަމާ 5" ދޯނިން އޮޔާދިޔަކަމަށް ބެލެވޭ ބައެއް ތަކެތި ކޯސްޓުގާޑުން ހޯދައިފި- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު "އަލަމާ 5" ދޯނިން އޮޔާދިޔަކަމަށް ބެލެވޭ ބައެއް ތަކެތި ކޯސްޓުގާޑުން ހޯދައިފި- ފޮޓޯ: އެމްއެންޑީއެފް

ރޭގެ ވަގުތެއްގައި ވ. ފުއްސަރު ކައިރިން ގެއްލުނު "އަލަމާ 5" ދޯނިން އޮޔާދިޔަ ތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތި އެމްއެންޑީއެފްއިން ހޯދައިފި އެވެ.

"އަލަމާ 5" ގެއްލުނު ކަމަށް އެމްއެންޑީއެފްއަށް މައުލޫމާތު ލިބިފައިވަނީ ރޭގެ 23:22 ގައެވެ. އޭރުއްސުރެ އެމްއެންޑީއެފްއިން ދަނީ އެ ދޯންޏާއި އެ ދޯނީގައި ދަތުރުކުރަމުންދިޔަ ތިން ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް, މިހާތަނަށް އެމީހުން އަދި ދޯނި ވެސް ފެނިފައިނުވެ އެވެ.

ގެއްލުނު ދޯނިން އޮޔާދިޔަ ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ފ. އަތޮޅުގެ އުތުރުން އެއް ނޯޓިކަލް ކިލޯމީޓަރު ބޭރުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.

އަލަމާ 5 ކުއްޔަށް ނަގައިގެން އުޅޭ ހަސަން ފައުޒީ މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މި ދޯނީގައި 500 ރަތް އަދި ނޫފޮށި ހުންނާނެ އެވެ. މި ފޮށިތަކަކީ އެމީހުން ފާނަ އެޅުމަށް ބޭނުންކުރި ފޮށިތަކެއް ކަމަށް އޭނާ މައުލޫމާތުދިނެވެ. އެހެންކަމުން އެމްއެންޑީއެފްއަށް ފެނިފައިވާ ފޮށިތަކަކީ މި ދޯނިން އޮޔާދިޔަ ފޮށިތަކެއް ކަމަށް ވުން އެކަށީގެންވާކަމަށް އޭނާ ބުންޏެވެ.

މި ދޯންޏަކީ ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެގެނައުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރަމުންދިޔަ ދޯންޏެކެވެ.

އެ ދޯނި އަޑިއަށް ދިޔައީ ކަނޑުގަދަވުމުގެ ސަބަބުން ކަމެއް ނޫނީ އެހެން މައްސަލައެއް ދިމާވެގެން ކަމެއްވެސް އަދި ހޯދިފައިނުވާކަމަށް ހަސަން ފައުޖީ މައުލޫމާތުދިނެވެ.

ގެއްލިގެން ހޯދަމުންދާ ދ. މީދޫއަށް ނިސްބަތްވާ 65 ފޫޓުގެ އަލަމާ-5 ދޯނި ގެއްލުނު އިރު އޭގައި ތިބީ ދިވެހި ކައްޕިއަކާއި ބަންގްލަދޭޝްގެ ދެ ފަޅުވެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox