ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފި

Jan 3, 2022, 3:23 PM
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ) އާއި ސޮނީ ސްޕޯޓްސްގެ އެސިސްޓަންޓް މާކޮމް މެނޭޖަރު މަރިޔަމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ) އާއި ސޮނީ ސްޕޯޓްސްގެ އެސިސްޓަންޓް މާކޮމް މެނޭޖަރު މަރިޔަމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސައިފި އެވެ.

ސޮނީ ސްޕޯޓްސްއާ އެކު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މެންދުރު ފަހު ސޮނީ ސްޕޯޓްސްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ އެވެ. ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރީ އެސިސްޓަންޓް މާކޮމް މެނޭޖަރު މަރިޔަމް އަބްދުﷲ އެވެ.

މީގެ ކުރިން ވެސް ސޮނީ ސްޕޯޓްސް އިން ވަނީ މުބާރާތް ބާއްވާ ހުރިހާ ފަހަރެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ ގުޅިގެން މި މުބާރާތުގައި މަސައްކަތްކޮށްފަ އެވެ. އެކަމަކު، މިއީ ޓައިޓަލް ސްޕޮންސަރަކަށް މަސައްކަތްކުރާ ދެ ވަނަ ފަހަރެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެެލެންޖް ބާއްވާ ހަ ވަަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ވެސް ޕާޓްނަރެއްގެ ގޮތުގައި ސޮނީ ފެނުމަކީ މުބާރާތަށް ލިބޭނެ އިތުރު ފުރިހަމަ ކަމެކެވެ.

މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމެއް ކުޅޭނެ އެވެ. މާލެ އާއި ފުވައްމުލަކުން އެ ރަށުގެ އެކި އަަވަށްތައް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ރިލްވާން (ކ) އާއި މަރިޔަމް (ވ) އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ހާއްސަ ކަމަކީ އަތޮޅާއި ޒޯޏް ފުޓްބޯޅަ ފޯރިން ފެށިގެން މުޅި ރާއްޖެއާ ހަމައަށް ޗެލެންޖިން މެޗުތަކެއް ފެނުމެވެ. މި ފަހަރުގެ މުބާރާތުގައި 91 ޓީމުގެ މެދުގައި ޖުމްލަ 177 މެޗު ކުޅޭ ގޮތަށް ވަނީ ރާވައިފަ އެވެ. މުބާރާތުގެ މެޗުތައް ލައިވްކުރުމަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ވަރަށް ބޮޑު އަމާޒެކެވެ.

އެންމެ ފަހުން ގޯލްޑަން ފުޓްސަލް ޗެލެންޖް ބޭއްވީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ބ.އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ތިމަރަފުށިންނެވެ. ތިމަރަފުށްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ދެ ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ އަދި ރަނަރަޕަށް 25،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބުރެއްގެ ހާއްސަ މަގާމުތައް ހޮވާނެ އެވެ. އެއީ އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިޔާ އާއި މޮޅު ކުޅުންތެރިޔާ އެވެ.

މިހާރު އޮތްގޮތުން ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށަން ނިންމާފައިވާ ތާރީހަކީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. މެޗުތައް ކުޅޭނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox