ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން މި އަހަރުގެ ރޯދަ ސޭލް މިއަދު ފަށައިފި އެވެ.
ރެޑްވޭވް ރޯދަސޭލް ދުރާލާ މިފަހަރު ފަށާފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެޑްވޭވްގެ ކަސްޓަމަރުންގެ އެދުމަތިންނެވެ. ރެޑްވޭވް އިން މައުލޫމާތުދޭ ގޮތުގައި އެ ޕްރޮމޯޝަންގައި އެކި އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓުތައް ދެ އެވެ.
މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި، ރެޑްވޭވްގެ ކޮންމެ ފިހާރައަކުން ވެސް ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
އެ ސޭލްގައި އެއް ވަނައަށް ހޮވޭ ފަރާތަކަށް 100،000ރ. ގެ ފައިސާގެ އިނާމު ލިބިގެންދާއިރު، ނަސީބުވެރި އިތުރު 10 ފަރާތަކަށް 10،000ރ. ގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެ އެވެ. އަދި މީގެ އިތުރުން ވެސް ރެޑްވޭވް ބްރޭންޑުތަކުން ގުރުއަތުން ހޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމެއް ލިބިގެންދާނެ އެވެ.
ރޯދައަށް ބޭނުންވާ ކާބޯތަކެތީގެ އިތުރުން ހިފައިގެންގުޅޭ ސާމާނު "ނަންހުސްކޮށް" މި ޕްރޮމޯޝަނުގައި ލިބިގެންދާނެ ކަމަށް ރެޑްވޭވުން މައުލޫމާތުދެ އެވެ. ހަމައެއާއެކު ސޯޝަލް މީޑިއާގައި ރޯދަ ސޭލްގެ ގިނަ ޕްރޮމޯޝަންތަކެއް ހިންގާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.
ރާއްޖޭގެ ބާޒާރުގައި ކޮލިޓީ ރަނގަޅު މުދާ ހެޔޮ އަގުގައި ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލަކީ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދާ ޕްރޮމޯޝަނެކެވެ.











