އުތުރު ކޮރެއާ އިން 2022 ގައި އިސްކަންދޭނީ އިގްތިސާދަށް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: ރޮއިޓާޒް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: ރޮއިޓާޒް

މި ފެށުނު އާ އަހަރު އުތުރު ކޮރެއާ އިން އެންމެ ބޮޑު އިސްކަމެއް ދޭނީ އިގްތިސާދަށް ކަމަށާއި ގައުމަށް ދިމާވެފައި ވަނީ "މަަރާއި ދިރިހުރުމާ ގުޅިފައިވާ ގޮންޖެހުމެއް" ކަމަށް ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ މުހިއްމު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކިމް އެހެން ވިދާޅުވި އިރު، އެމަނިކުފާނު ވެރިކަން ކުރައްވާތާ މިހާރު ވަނީ 10 އަހަރު ފުރިފަ އެވެ.

ކޮވިޑާ ގުޅިގެން އުތުރު ކޮރެއާ އިން ބޯޑަރުތައް ބަންދުކޮށް، ކުރިއަށް ވުރެ ވެސް ބޮޑަށް ދުނިޔެއާ އެކަހެރިވެފައި ވާތީ އެ ގައުމަށް ވަނީ ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިވެފަ އެވެ.

ކޮމިއުނިސްޓް ޕާޓީ ބައްދަލުވުމުގައި ކިމް ދެއްކެވި ވާހަކަފުޅުގައި އެމެރިކާ އާއި ދެކުނު ކޮރެއާއާ ގުޅޭ ގޮތުން ސީދާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކިމް ވިދާޅުވީ 2022 ވަނަ އަހަރުގެ މައިގަނޑު މަސައްކަތަކީ ތަރައްގީ އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުން ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރު ކުރިމަތިވީ "އުނދަގޫ ހާލަތެއް" ކަމަށާއި "ކާބޯތަކެއްވާއި، އަންނައުނު އަދި ބޯހިޔާވަހިކަމާ ގުޅިފައިވާ މައްސަލަ" ހައްލު ކުރަން އިންގިލާބީ ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ބޮޑު ލަނޑުދަނޑިއެއް ކަމަށާއި އެއާ އެކު ގައުމުގެ ދިފާއީ ބާރު ވެސް ވަރުގަދަ ކުރަމުން ދާނެ ކަމަށް ކިމް ވިދާޅުވި އެވެ.

މީގެ ކުރިން ކިމް ދެއްވާފައިވާ އާ އަހަރުގެ ހިތާބުތަކުގައި ދެކުނު ކޮރެއާ އާއި އެމެރިކާގެ ވާހަކަ ފާހަގަކުރައްވަ އެވެ. ނަމަވެސް މި ފަހަރު އެ ދެ ގައުމާ ގުޅޭ ވާހަކައެއް ވިދާޅުވެފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ދެ ކޮރެއާ އާއި އެމެރިކާ އަދި ޗައިނާ އިން ވަނީ ކޮރެއާ ހަނގުރާމަ ރަސްމީކޮށް ނިމިފައިވާކަން އިއުލާނު ކުރަން އެއްބަސްވެފަ އެވެ.

ނަމަވެސް އެކަން އިއުލާނު ކުރުމާ ގުޅޭ މަޝްވަރާތައް އަދިވެސް ނުފެށެ އެވެ. ދެކުނު ކޮރެއާ އިން ބުނީ މަޝްވަރާ ލަސްވަނީ އުތުރު ކޮރެއާގެ ޑިމާންޑުތަކާ ހެދި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox