ސްރީލަންކާގައި ކާބޯތަކެތީގެ ދަތިކަމަށް ސަރުކާރުން ތައްޔާރުވަނީ

ސްރީލަންކާގެ މާކެޓެއް. -- ފޮޓޯ: އޭއެފްޕީ

ސްރީލަންކާގެ މާކެޓެއް. -- ފޮޓޯ: އޭއެފްޕީ

ކުރިއަށް އޮތް މަސްތަކުގައި ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި ސްރީލަންކާގެ ސަރުކާރުން ތައްޔާރީތައްވާން ފަށައިފި އެވެ.

އެގޮތުން ސަރުކާރުން ރާވާފައި ވަނީ ކޮންމެ މަހަކު ވެސް ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، މިރުސް، މުގު އަދި ފުށް އިމްޕޯޓް ކުރަން މަރުކަޒީ ބޭންކުން 100-150 މިލިއަން ޑޮލަރު ރައްކާކޮށްފައި ބެހެއްޓުމަށެވެ.

ސްރީލަންކާގެ ދަނޑުތަކަށް ބޭނުންވާ ފާޓިލައިޒާ ލިބުން ދަތިވެ، ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިވެދާނެ ކަމަށް މީގެ ކުރިން ތަޖުރިބާކާރުން ލަފާދީފައި ވެ އެވެ. ހަނޑުލާއި ތަރުކާރީ ފަދަ ކާބޯތަކެތީގެ އަގު މިހާރު ދަނީ ހިފެހެއްޓުމެއް ނެތި އުފުލެމުންނެވެ.

ޓްރޭޑް މިނިސްޓަރު ބަންޑުލަ ގުނަވަރްދަނެ ޑެއިލީ މިރާ ނޫހަށް ވިދާޅުވީ މިހާރު ވެސް މިޔަންމާ އިން ހަނޑޫ ސްޓޮކެއް ގެންނަން އޯޑަރު ދީފައިވާ ކަމަށާއި ލަންކާ އާއި މިޔަންމާ ސަރުކާރުން ވިޔަފާރީގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެނިހެން ބައެއް ކާބޯތަކެތި އިމްޕޯޓު ކުރާނީ ޕްރައިވެޓް ސެކްޓާގެ ފަރާތްތައް މެދުވެރިކޮށް އިންޑިއާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު ޓްރޭޑް މިނިސްޓަރު އިސްވެ ހުންނަވާ، ލަންކާގެ ވިޔަފާރި ވަފުދެއް ޕާކިސްތާނަށް ޒިޔާރަތް ކުރާނެ އެވެ. ދަތުރުގެ މަގުސަދަކީ ލަންކާ އާއި ޕާކިސްތާނާ ދެމެދުގައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ހާއްސަ ގޮތްތަކެއް ހަމަޖައްސައި، ވިޔަފާރި ކުރުމެވެ.

"އެފްޓީއޭގެ ދަށުން ޕާކިސްތާނުން ބާސްމަތީ ހަނޑޫ އިމްޕޯޓް ކުރުމާ ގުޅޭ މަޝްވަރާތައް އަޅުގަނޑު ކުރާނަން. ގައުމަށް ކުރިމަތިވެދާނެ ކާބޯތަކެތީގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުމަށް ރައީސް ވަނީ އަޅުގަނޑަށް އަމުރު ކުރައްވާފައި،" ޓްރޭޑް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ތަރުކާރީގެ ބާވާތްތައް ހޯދަން "ބެކްޔާޑް ކަލްޓިވޭޝަން" ނުވަތަ ވަކިވަކި ގެތަކުގައި ތަކެތި އިންދުމުގެ މަސައްކަތް ކުރަން ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ބަލައި ސަރުކާރުން ފިޔަވަޅު އަޅަން ފަށާފައި ވާއިރު، އެސެންޝަލް ފުޑް ކޮމޯޑިޓީޒް އިމްޕޯޓާޒް އެންޑް ޓްރޭޑާޒް އެސޯސިއޭޝަނުން ބުނީ މައްސަލަ ދިމާވަނީ ޑޮލަރު ނުލިބޭތީ ކަމަށެވެ.

އެގޮތުން މިހާރު ވެސް ޒަރޫރީ ކާބޯތަކެތި ހުރި 1000 އަށް ވުރެ ގިނަ ކޮންޓެއިނަރު ބަނދަރުގައި ތާށިވެފައިވާ ކަމަށާއި އެ ތަކެއްޗަށް ދައްކަން ޖެހޭ ޑޮލަރު ނުލިބޭ ކަމަށް އެ ޖަމިއްޔާގެ ރައީސް ޖީ ރަޖެންދްރަން ވިދާޅުވި އެވެ.

"މި މައްސަލަ ވަރަށް ބޮޑު. ލައިސެންސް އޮތް ބޭންކުތަކުން އަޅުގަނޑުމެން ބޭނުންވާ މިންވަރަށް ޑޮލަރު ދުލެއް ނުކުރޭ."

ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހުއްޓު ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އެރި އެވެ. ބޭރު ފައިސާގެ ރިޒާވް މަދުވަމުން ދާތީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މުދާ އިމްޕޯޓް ކުރުމުގައި ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

އޭގެ ސަބަބުން ތެލާއި، ހަކުރު ފަދަ ބައެއް ޒަރޫރީ ތަކެތި ލިބުން ދަތިވެ، ރޭޝަން ކުރަން ޖެހުނެވެ. ނޮވެމްބަރު މަސް ނިމުނު އިރު ބޭރު ފައިސާގެ ރިޒާވްގައި ހުރި ދެ ބިލިއަން ޑޮލަރަކީ އެންމެ މަހެއްގެ އިމްޕޯޓަށް ބޭނުންވާ މިންވަރުގެ ފައިސާ އެވެ.

ޑޮލަރުގެ ދަތިކަމާ ހެދި ނޮވެމްބަރު މަހުގެ މެދު ތެރޭގައި ސްރީލަންކާގެ ހަމައެކަނި ތެޔޮ ކާރުހާނާ ވެސް ބަންދުކުރި އެވެ.

މުދާ އެކްސްޕޯޓް ކުރާ މީހުންގެ އާމްދަނީ ރުޕީޒް އަށް ބަދަލުކުރަން މަޖުބޫރު ކުރަމުން ދާއިރު، ބޭރު މަސައްކަތްތެރިންނަށް ވެސް އަންގަމުން ދަނީ ސެންޓްރަލް ބޭންކުގެ ނިޒާމުގެ ތެރެއިން ފައިސާ ފޮނުވުމަށެވެ. ރަސްމީކޮށް ޑޮލަރަކަށް ޖެހޭ އަގަކީ 200 ރުޕީޒް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox