ޑޮލަރުގެ ދަތިކަމާ ހެދި ތިން ގައުމެއްގައި ހުންނަ ސްރީލަންކާގެ މިޝަންތައް ބަންދުކުރަނީ

ބޭރު ގައުމެއްގައި ހުންނަ ސްރީލަންކާގެ މިޝަންއެއް.

ބޭރު ގައުމެއްގައި ހުންނަ ސްރީލަންކާގެ މިޝަންއެއް.

ކޮލޮމްބޯ، ސްރީލަންކާ (ޑިސެމްބަރު 28) - ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް މާ ބޮޑަށް ދަށްވެފައިވާ މައްސަލައިގައި ތިން ގައުމެއްގައި ހުންނަ އެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތައް ބަންދު ކުރަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނައިޖީރިއާގެ އަބޫޖާގައި ހުންނަ ހައި ކޮމިޝަނާއި، ޖަރުމަނުގެ ފްރެންކްފާޓްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލާއި، ސައިޕްރަސްގެ ނިކޯސިއާގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލް ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން ބަންދު ވާނެ ކަމަށެވެ.

"މި ބަދަލު ގެނެސްފައި ވަނީ ބޭރު ފައިސާގެ ރިޒާވް ރައްކާތެރި ކުރުމަށާއި ބޭރު ގައުމުތަކުގައި ހުންނަ ލަންކާގެ މިޝަންތަކަށް ކުރާ ހޭދަ މަދުކުރުމުގެ ބޭނުމުގައި،" ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުންޏެވެ.

ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހުއްޓު ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އެރި އެވެ. ބޭރު ފައިސާގެ ރިޒާވް މަދުވަމުން ދާތީ 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މުދާ އިމްޕޯޓް ކުރުމުގައި ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

އޭގެ ސަބަބުން ތެލާއި، ހަކުރު ފަދަ ބައެއް ޒަރޫރީ ތަކެތި ލިބުން ދަތިވެ، ރޭޝަން ކުރަން ޖެހުނެވެ. ނޮވެމްބަރު މަސް ނިމުނު އިރު ބޭރު ފައިސާގެ ރިޒާވްގައި ހުރި ދެ ބިލިއަން ޑޮލަރަކީ އެންމެ މަހެއްގެ އިމްޕޯޓަށް ބޭނުންވާ މިންވަރުގެ ފައިސާ އެވެ.

ޑޮލަރުގެ ދަތިކަމާ ހެދި ނޮވެމްބަރު މަހުގެ މެދު ތެރޭގައި ސްރީލަންކާގެ ހަމައެކަނި ތެޔޮ ކާރުހާނާ ވެސް ބަންދުކުރި އެވެ.

މުދާ އެކްސްޕޯޓް ކުރާ މީހުންގެ އާމްދަނީ ރުޕީޒް އަށް ބަދަލުކުރަން މަޖުބޫރު ކުރަމުން ދާއިރު، ބޭރު މަސައްކަތްތެރިންނަށް ވެސް އަންގަމުން ދަނީ ސެންޓްރަލް ބޭންކުގެ ނިޒާމުގެ ތެރެއިން ފައިސާ ފޮނުވުމަށެވެ. ރަސްމީކޮށް ޑޮލަރަކަށް ޖެހޭ އަގަކީ 200 ރުޕީޒް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox