ބަންގްލަދޭޝްގައި 39 މީހުން މަރުވި ހާދިސާގައި ހިމެނޭ ފެރީގެ ވެރިޔާ ހައްޔަރުކޮށްފި

ފެރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 39 މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ފެރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 39 މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

ދާކާ، ބަންގްލަދޭޝް (ޑިސެމްބަރު 27) - ބަންގްލަދޭޝްގައި ތޮއްޖެހިފައި އޮތް ފެރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 39 މީހުން މަރުވުމާ އެކު ފެރީގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

ފެރީގައި އަލިފާން ރޯވީ ހުކުރު ދުވަހުގެ ދަންވަރު 700 ޕަސެންޖަރުން ނިދާފައި ތިއްބަ އެވެ. އޭރު ފެރީ އޮތީ ދެކުނު ބަރްގުނާ ޑިސްޓްރިކްޓް ކައިރީގަ އެވެ.

ސަލާމަތްވި ގިނަ ބަޔަކު ވަނީ ވަނީ ފެރީގެ ތިން ވަނަ ފަންގިފިލާއިން ސުގަންދަ ކޯރަށް ފުންމާލި ގޮތުގެ ވާހަކަތައް ކިޔައިދީފަ އެވެ. ފެރީ އަކީ 420 ޕަސެންޖަރުންގެ ކެޕޭސިޓީ އޮތް ފެރީ އެކެވެ.

ގިނަ ބަޔަކު މަރުވީ އަލިފާންގަނޑުގައި ތާށިވެ ފިހިގެންނެވެ. ނަމަވެސް ފެރީ އިން ފުންމާލައި ސަލާމަތް ވާން އުޅުމުގެ ތެރޭގައި ގެނބިގެން ވެސް ވަރަށް ގިނަ މީހުން މަރުވި އެވެ.

ފުލުހުންގެ ތަރުޖަމާނު ހޯމަ ދުވަހު ވިދާޅުވީ ފެރީގެ ވެރިޔާ ހުމް ޖަލާލް ޝެއިހް ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓުން ވަނީ ފެރީގެ ކެޕްޓަނާއި "އޮބިޖާން-10" ބޯޓުގެ ކްރޫ ހިމެނޭ ގޮތަށް އަށް މީހުން ހައްޔަރު ކުރަން އަމުރެއް ނެރިފަ އެވެ.

މެރިން ފުލުހުންގެ އޮފިސަރު މަހްބޫބުއްރަހްމާން ވިދާޅުވީ ފެރީގައި އަލިފާން ނިއްވާ ފުޅި ނެތް ކަމަށާއި އެކްސިޑެންޓަކަށް ތައްޔާރު ވާން ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"ސަލާމަތްވި މީހުންނާ އަޅުގަނޑުމެން ވާހަކަދެއްކިން. އެނގުނު ގޮތުގައި ފެރީގެ އިންޖީން ކޮޓަރީގައި ރޯވިތާ ގަޑިއިރެއްވީ އިރު ވެސް ކެޕްޓަން ގެންދިޔައީ ހަމަ ބޯޓު ދުއްވަމުން،" އޭނާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

"އެ މީހުން ވަގުތުން ފެރީ ދުއްވުން ހުއްޓާލި ނަމަ، ގިނަ ބަޔެއްގެ އަގުހުރި ފުރާނަ ސަލާމަތް ކުރެވުނީސް."

ބަންގްލަދޭޝްގައި ކަނޑާއި ކޯރުގައި ގިނަ ހާދިސާތައް ހިނގަ އެވެ. އެއީ ބޯޓުތައް ރަނގަޅަށް މެއިންޓެއިން ނުކުރުމާއި، ސަލާމަތީ ފިޔަވަޅުތަކަށް އަމަލު ނުކުރުމާއި، މާ ގިނަ މީހުން އަރުވައިގެން ދަތުރު ކުރުން ފަދަ ސަބަބުތަކާ ހެދި އެވެ.

މިދިޔަ އޯގަސްޓު މަހު ފުރިފައިވާ ބޯޓަކާއި މުދާ އުފުލާ މަނަވަރެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 21 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox