ސްރީލަންކާ މީހަކާ ކައިވެނި ކުރާ ނަމަ ސެކިއުރިޓީ ކްލިއަރެންސް ހޯދަން ޖެހޭނެ

ސްރީލަންކާގެ ކައިވެނި ހަފްލާއެއް. -- ފޮޓޯ: އިވެންޓްސް އެންޑް ޓްރެންޑްސް

ސްރީލަންކާގެ ކައިވެނި ހަފްލާއެއް. -- ފޮޓޯ: އިވެންޓްސް އެންޑް ޓްރެންޑްސް

ކޮލޮމްބޯ، ސްރީލަންކާ (ޑިސެމްބަރު 27) - ސްރީލަންކާ މީހަކާ ކައިވެނި ކުރަން ބޭނުންވާ އެހެން ގައުމުތަކުގެ ރައްޔިތުން ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ޑިފެންސް މިނިސްޓްރީން ސެކިއުރިޓީ ކްލިއަރެންސް ހޯދަން ޖެހޭ ގޮތަށް ހަދައިފި އެވެ.

އަލަށް ހެދި ގަވާއިދުގެ ދަށުން ކައިވެނީގެ ކުރިން ބޭރު ރައްޔިތުން ސެކިއުރިޓީ އަދި ސިއްހީ ކްލިއަރެންސް ހޯދަން ޖެހެ އެވެ. ރެޖިސްޓްރާ ޖެނެރަލް ޑަބްލިއުއެމް ވީރަސެކަރަ ވިދާޅުވީ އެއީ "ގައުމީ ސަލާމަތާ" ގުޅިފައިވާ ކަންބޮޑުވުންތަކާ ހެދި އުފެއްދި ގަވާއިދެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިފައި އެބަ ހުރި ނުބައި ނިޔަތްތަކުގައި ސްރީލަންކާ ރައްޔިތުންނާ ބޭރު މީހުން ކައިވެނި ކުރާ މަންޒަރު، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުން ފަދަ ކަންކަން ކުރުމުގެ ބޭނުމުގައި،" ވީރަސެކަރަ ސަންޑޭ ޓައިމްސް ނޫހަށް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން އެ ގަވާއިދަށް ފާޑުކިޔަމުން ބުނެފައި ވަނީ ވެރިކަން ކުރާ އާއިލާގެ ގިނަ މެމްބަރުންނަކީ ޑުއަލް ރައްޔިތުކަން ނުވަތަ ދެ ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުން ކަމަށެވެ.

"ކެބިނެޓްގެ މަގާމަކަށް އަންނަން ބޭނުން ނަމަ، ބޭރުގެ ރައްޔިތުން ސެކިއުރިޓީ ކްލިއަރެންސް ހޯދުން ކިހިނެއް ވާނެ ތޯ؟،" ޕާލިމެންޓް މެމްބަރު ޝަނަކިޔަން ރަސަމަނިކަމް ޓްވީޓް ކުރެއްވި އެވެ.

ދާދި ފަހަކާ ޖެހެންދެން ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އަތްޕުޅުގައި ވެސް އެމެރިކާ ޕާސްޕޯޓު އޮންނެވި އެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ވަނީ ދެ ޕާސްޕޯޓް އޮންނަ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އޮތް އޮތުން ބާތިލް ކުރައްވާފަ އެވެ.

ގޮތަބަޔަގެ ކޮއްކޯފުޅު އަދި ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ އަކީ ވެސް ސްރީލަންކާ އާއި އެމެރިކާގެ ރައްޔިތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox