ވެރިފަރާތުގެ ބަހެއް ނެތި ވެސް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ވެރިފަރާތުގެ ބަހެއް ނެތި ވެސް ޓެކްސްއަށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ވިޔަފާރިއެއްގެ ވެރިފަރާތުގެ ނުވަތަ ޓެކްސް ދައްކަން ޖެހޭ ފަރުދެއްގެ އެއްބާރުލުމެއް ނެތި މީރާއިން އިސްނަަގައިގެން ޓެކްސްއަށް ރަޖިސްޓްރީކުރުމުގެ ބާރު މީރާއަށް އޮންނަ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދު ބަދަލުކޮށްފި އެވެ.

"ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދަށް ހަވަނަ އިސްލާހު ގެނައުމުގެ ގަވައިދު"ގެ ނަމުގައި މިއަދު ގެޒެޓްކުރި ބަދަލުގައިވާ ގޮތުން، އެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން ނުވަތަ އެހެން ގޮތަކުން ލިބޭ މައުލޫމާތަކަށް ބިނާކޮށް، ޓެކްސް ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން ވިޔަފާރިއެއް ނުވަތަ ފަރުދެއް ޓެކްސްއަށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި، އެ ފަރާތް ޓެކްސްއަށް ރަޖިސްޓްރީކޮށް އެކަން އެންގުމުގެ ބާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަށް އޮންނާނެ އެވެ.

އިންކަމް ޓެކްސް ދައްކަން ޖެހޭ ވަރަށް މީހަކަށް އާމްދަނީ ލިބޭކަން، މީރާއަށް އެހެން ގޮތަކުން އެނގޭ ހާލަތުގައި އެމީހަކު އިންކަމް ޓެކްސްއަށް ރަޖިސްޓްރީކޮށް، އެންގުމުގެ ބާރުވެސް އެހެންވީމާ ކޮމިޝަނާ ޖެނެރަލަށް އޮންނާނެ އެވެ.

މިއަދު ގެޒެޓްކުރި އިސްލާހުގައި ހަވާލާދީފައިވާ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވައިދުގެ 21 ވަނަ މާއްދާއަކީ ތިން ވަނަ ފަރާތަކުން ލިޔެކިއުން ހޯދުމާ ބެހޭ މާއްދާ އެވެ. އެ ގަވައިދަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 32 ވަނަ މާއްދާއިން ބާރުދޭ މާއްދާ އެކެވެ. ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 32 ވަނަ މާއްދާއަކީ މީރާއަށް އޮންނަ ގާނޫނީ ބާރުގެ ބޭނުންކޮށްގެން ޓެކްސް އަދި ޓެކްސްނެގުމަށް ޓަކައި ހޯދަން ޖެހޭ ލިޔެކިއުން ހޯދުމުގެ ބާރު ލިބިދޭ މާއްދާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox