މޫސުމީ ކާރިސާތަކުން ލިބުނު ގެއްލުމުގެ އަގު މިދިޔަ އަހަރަށް ވުރެ 20 ބިލިއަން ޑޮލަރު އިތުރު

ބްރެޒިލް އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

ބްރެޒިލް އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (ޑިސެމްބަރު 27) - މި އަހަރު ކުރިމަތިވި އެންމެ ބޮޑެތި މޫސުމީ ކާރިސާތަކުގައި ލިބުނު ގެއްލުމުގެ އަދަދު 2020 ވަނަ އަހަރަށް ވުރެ 20 ބިލިއަން ޑޮލަރު އިތުރުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ އެހީދޭ ޖަމިއްޔާ ކްރިސްޓިއަން އެއިޑުން ބުނީ މި އަހަރު ކުރިމަތިވި އެންމެ ބޮޑު 10 މޫސުމީ ކާރިސާ އިން ޖުމްލަ 170 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށެވެ.

އެ ޖަމިއްޔާއަކީ ކޮންމެ އަހަރަކު ވެސް މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުމުގެ އަދަދު ހިސާބު ކުރާ ބަޔެކެވެ. އެގޮތުން ފެންބޮޑުވުމާއި، އަލިފާން ރޯވުމާއި، އާދަޔާ ހިލާފަށް ހޫނުގަދަވުން ފަދަ ކަންކަމުން ލިބޭ ގެއްލުން ހިސާބު ކުރަނީ އިންޝުއަރެންސް ކްލެއިމްތަކަށް ބަލައިގެންނެވެ.

ދެހާސް ވިހި ވަނަ އަހަރު ކުރިމަތިވި އެންމެ ބޮޑު 10 މޫސުމީ ކާރިސާ އިން ލިބުނީ 150 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ. އެހެންކަމުން، މި އަހަރު ލިބުނު ގެއްލުން ވަނީ 13 ޕަސެންޓު އުފުލިފަ އެވެ.

ކްރިސްޓިއަން އެއިޑުން ބުނީ މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުމުގެ އަގު މަތިވާން ފަށާފައި ވަނީ އިންސާނުންގެ އަމަލުގެ ސަބަބުން އައިސްފައިވާ މޫސުމީ ބަދަލުގެ އަސަރުތަކާ ހެދި ކަމަށެވެ.

މި އަހަރު ކުރިމަތިވި އެންމެ ބޮޑު 10 މޫސުމީ ކާރިސާގައި 1075 މީހުން މަރުވެ، 1.3 މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ. މި އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތޫފާން އައިޑާ އިންނެވެ.

އެމެރިކާގެ އިރުމަތީ އައްސޭރިފަށަށް އެރި އެ ތޫފާނުން 65 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. އޯގަސްޓު މަހުގެ ފަހުކޮޅު ލުއިޒިއާނާ އަށް އެރުމަށް ފަހު އުތުރަށް ދަތުރުކޮށް، ނިއު ޔޯކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ގެއްލުންތަކެއް ލިބުނެވެ.

ދެ ވަނަ އަށް އެންމެ ބޮޑެތި ގެއްލުން ލިބުނީ ޖަރުމަނާއި ބެލްޖިއަމްގައި އާދަޔާ ހިލާފަށް ފެންބޮޑުވުމުންނެވެ. އޭގެ ސަބަބުން 43 ބިލިއަން ޑޮލަރުގެ ގެއްލުން ވި އެވެ.

ޢެމެރިކާގެ ޓެކްސަސް ސްޓޭޓަށް އާދަޔާ ހިލާފަށް ފިނިގަދަވެ ކުރިމަތިވި ފިނީގެ ތޫފާނުގައި އެ ސްޓޭޓުގެ ކަރަންޓު ވިޔުގަ ހުއްޓި، 23 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ޗައިނާގެ ހެނާން ޕްރޮވިންސްގައި ޖުލައި މަހު ފެންބޮޑުވުމުގެ ސަބަބުން 17.6 ބިލިއަން ޑޮލަރުގެ ގެއްލުން ވި އެވެ. އޭގެ އިތުރުން ވެސް ކެނެޑާގައި ފެންބޮޑުވުމާއި، ފްރާންސްގައި އާދަޔާ ހިލާފަށް ފިނިގަދަވުމާއި، އިންޑިއާ އާއި ބަންގްލަދޭޝަށް މިދިޔަ މޭ މަހު އެރި ތޫފާނުގައި ވެސް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

ނަމަވެސް ކްރިސްޓިއަން އެއިޑުން ބުނީ އެ ޖަމިއްޔާގެ އިވެލުއޭޝަން ގިނައިން ހިމެނެނީ މުއްސަނދި ގައުމުތަކުގައި ހިނގާ މޫސުމީ ކާރިސާތައް ކަމަށޭވެ. އެއީ ފަގީރު ގައުމުތަކުގައި އިންޝުއަރެންސްއާ ގުޅޭ ކަންކަން ރަނގަޅަށް ނުހިނގާތީ އެވެ.

އެ ޖަމިއްޔާ އިން ބުނީ 2021 ވަނަ އަހަރު އެންމެ ބޮޑެތި މޫސުމީ ކާރިސާތައް ހަގީގަތުގައި ކުރިމަތިވީ ފަގީރު ގައުމުތަކަށް ނަމަވެސް، އިންޝުއަރެންސް އަށް ބަލައިގެން އެ ގައުމުތަކަށް ވީ ގެއްލުން ހިސާބު ނުކުރެވޭ ކަމަށެވެ.

އެގޮތުން ދެކުނު ސޫދާނުގައި ފެންބޮޑުވެ 800،000 މީހުން ހާލުގައި ޖެހުނު ހާދިސާ ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox