ކޮވިޑް ވެކްސިން ސިރިންޖުގެ ދަތިކަމާ ހެދި ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން

ކޮވިޑް ވެކްސިން ޖެހުމަށް ބޭނުންކޮށްފައިވާ ސިރިންޖުތަކެއް. -- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ވެކްސިން ޖެހުމަށް ބޭނުންކޮށްފައިވާ ސިރިންޖުތަކެއް. -- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ ސިރިންޖުގެ ދަތިކަން 2022 ވަނަ އަހަރު ވަރަށް ބޮޑަށް ކުރިމަތިވެދާނެ ކަމަށް ލަފާކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލް ލީސާ ހެޑްމޭން ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ސިރިންޖުގެ ދަތިކަމާ ހެދި ފެނިދާނެ ކަމަށް ބަލައި، ގައުމުތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެގޮތުން އެއް ފަހަރާ ގިނައިން ސިރިންޖު ގަނެފައި ބެހެއްޓުމާއި "ޕެނިކް ބަޔިންގް" ފަދަ ކަންކަން ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"ވެކްސިން ޖަހަން ބޭނުންވާ ސިރިންޖު ނުލިބުމުގެ މައްސަލަ މުޅި ދުނިޔެ އަށް ދިމާވެ، ސިއްހީ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތަކާއި ވެކްސިން ޕްރޮގްރާމްތަކަށް ހުރަސް އެޅުން ފަދަ ކަންކަމުގެ ނުރައްކާ އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ހެޑްމޭން ވިދާޅުވީ ސިރިންޖުގެ ދަތިކަން މާ ބޮޑަށް ކުރިމަތިވާ ނަމަ ކުޑަކުދިންނަށް ގަވާއިދުން ދޭން ޖެހޭ ވެކްސިންތަކަށް ވެސް ހުރަސްއެޅިދާނެ ކަމަށާއި ފަގީރު ގައުމުތަކާއި ބައެއް ކަހަލަ މީހުންގެ މެދުގައި ތަކުރާރުކޮށް އެއް ސިރިންޖު ބޭނުން ކުރުމުގެ ނުރައްކާ އޮންނާނެ ކަމަށެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ 6.8 ބިލިއަން ޑޯޒް ދީފައި ވާއިރު، ހެޑްމޭން ވިދާޅުވީ ކުންފުނިތަކަށް ލިބިފައި ވަނީ އަހަރަކު 6 ބިލިއަން ސިރިންޖު އުފެއްދުމުގެ ގާބިލްކަން ކަމަށެވެ. ކޮވިޑް ވެކްސިންގެ އިތުރުން ގަވާއިދުން ކުޑަކުދިންނާއި އެހެން މީހުންނަށް ދޭން ޖެހޭ ވެކްސިންތަކަށް ވެސް ސިރިންޖު ބޭނުންވެ އެވެ.

ހެޑްމޭން ވިދާޅުވީ ސިރިންޖު އުފެއްދުމުގެ ކެޕޭސިޓީ އަށް ބަލާއިރު 2022 ވަނަ އަހަރުގެ ތެރޭގައި ދެ ބިލިއަން ސިރިންޖުގެ ދަތިކަމާ ދިމާވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަން ހައްލު ވާނީ ސިރިންޖު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކޮށްގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މިހާރު ވެސް ވަނީ ސިރިންޖުގެ ދަތިކަމާ ކުރިމަތިވެފަ އެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހަން ފަށާނެ ތާރީހެއް މިހާތަނަށް ކަނޑައަޅާފައި ނުވަނީ ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖުގެ ޝޯޓޭޖެއް އުޅޭތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox