އެންމެ ކުރުނބާ ގާޑިޔަލެއް ވެސް މިހާރު ނެތް

ކުރުނބުާ ގާޑިޔާތަކެއް: މާލޭގައި ކުރުނބާ ގާޑިޔާތަކެއް މިހާރަކު ނުހުރޭ -- ފޮޓޯ: އަދަދު ފައިލް

ކުރުނބުާ ގާޑިޔާތަކެއް: މާލޭގައި ކުރުނބާ ގާޑިޔާތަކެއް މިހާރަކު ނުހުރޭ -- ފޮޓޯ: އަދަދު ފައިލް

މާލޭ ދެކުނު ފަރާތު ބޮޑު ތަކުރުފާނު މަގަކީ އެއް ދުވަސްވަރެއްގައި ކުރުނބާ ގާޑިޔާތައް ރަސްކަން ކުރި ހިސާބެކެވެ. ކެފޭ ތަކަށްވުރެ ބޮޑު މަގުބޫލު ކަމެއް، ކުރުނބާ އާއި މީރު ބިލެތާއި، މަސްކާއްޓާއި ތަފާތު ވައްތަރުގެ މަޖާ ވިއްކައިގެން ހޯދި އެވެ. އެ ގާޑިޔާތަކުން އޭރު ނުލިބޭ އެއްޗެއް ނޯވެ އޭ، ބުންޏަސް ރަނގަޅުވާނެ އެވެ.

ގާޑިޔާ ވިޔާފާރި އެންމެ ފުޅާވެގެން އައިރު، ކޮންމެ ގާޑިޔަލަކުން ވެސް ވިހާ ބޮޑު ޖާގަ އެއްގައި މޭޒާއި ގޮޑިޖަހާ އަވިކުޑަ ނަގާފައި ހުއްޓެވެ. އެކަމަކު އެއީ މާޒީ އެވެ. މާލޭގެ އެއްވެސް ހިސާބަކުން މިހާރު ކުރުނބާ ގާޑިޔަލެއް ނުފެނެ އެވެ. މާލޭގައި މިހާރު އެންމެ ކުރުނބާ ގާޑިޔަލެއް ވެސް ނެތެވެ.

"އެއްރޭ ކުރުނބަލެއް ބޮވައިގަނެގެން ގެއިން ނުކުތީ. ދެން ހިތަން އެރީ މާރުކޭޓު ވެސް ބަނދުކޮށްފައޭ ހުންނާނީ. ކުރުނބާ ގާޑިޔާތައް ވެސް މިހާރަކު ނެތޭ. އޭރު 11 ޖަހައިފި. އެރޭ ފިހާރަ ގަނޑަކުން ވެސް ކުރުނބަލެއް ނުލިބުނު،" ގާޑިޔާތައް ނެތުމުގެ ޝަކުވާ ކުރަމުން، މާލޭގައި ދިރިއުޅޭ، ހދ. ކުޅުދުއްފުށީ ހަސަން އާދަމް ބުންޏެވެ.

ކުރުނބާ ގާޑިޔާތަކުގެ ވިޔަފާރި ފެށުން

އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމަށް މައިގަނޑު ގޮތެއްގައި މާލޭގައި ކުރިން ބޭނުންކުރީ ދެ ފުރޮޅުލީ އަތްގާޑިޔާ ނުވަތަ ދަމާ ގާޑިޔަލެވެ. އަަށްޑިހައިގެ އަހަރު ތަކުގައި މާލޭގައި ދަމާ ގަޑިޔަލުގެ ވިޔަފާރި އޮތީ ހއ. ދިއްދޫ މީހުންގެ ކޮންޓްރޯލުގެ ދަށުގަ އެެވެ.

ކުދި ޕިކަޕްތައް އިތުރުވާން ފެށީ 1990 ގެ އަހަރު ތަކުގަ އެވެ. ދަމާ ގާޑިޔާ ތަކުގެ ވިޔަފާރި އަށް އެ ހިސާބުން ހިޔަނި އެޅުނެވެ. ނުވަދިހައިގެ ފަހުކޮޅަށް ދިޔައިރު، މަރޫކޭޓުން ހޮޓަލަކަށް ގެންދާ މަސްކޮޅެއް އުފުލަން ލިބުން ނޫން މާ ބޮޑު ދަތުރެއް ގާޑިޔާ ތަކަކަށް ނުލިބެ އެވެ. ޕިކަޕުގެ ދުވެލިބާރުވެ، އަގު ވެސް ހެޔޮވުމުން ގާޑިޔާތަކުގެ ބޭނުން ކެނޑުނެވެ.

މީހަކު ދަމާ ގާޑިޔަލެއް ދަމަނީ: ގާޑިޔާތަކުން ކުރަމުން އައި ވިޔަފާރި ގެންލުނީ ޕިކަޕްތައް ތައާރަފުވުމުން
މީހަކު ދަމާ ގާޑިޔަލެއް ދަމަނީ: ގާޑިޔާތަކުން ކުރަމުން އައި ވިޔަފާރި ގެންލުނީ ޕިކަޕްތައް ތައާރަފުވުމުން

މީހަކު ދަމާ ގާޑިޔަލެއް ދަމަނީ: ގާޑިޔާތަކުން ކުރަމުން އައި ވިޔަފާރި ދެވަނަ ފަހަރަށް މިވަނީ ގެއްލިފަ-- ފައިލް ފޮޓޯ

ގާޑިޔާތަކަށް ދަތުރުތައް ގެއްލުމުން ދެން ފެނުނީ އެއިން ގާޑިޔަލެއްގަ މީހަކު ކުރުނބާ ވިއްކަން ފެށިތަނެވެ. ވަަރަށް ބޮޑަށް އެކަން ވައިގަ ހިފި އެވެ. ބޭނުން ކެނޑި އެއްލާލަން ޖެހިފަ ހުރި ގާޑިޔާ ތަކުގައި، އައިޖީއެމްއެޗާއި ދަރުބާރުގެ ފުރަގަހުގައި، ކުރުނބަލާއި މުޑި ކާއްޓާއި ދިވެހި ލުއި ކާނާ ފަދަ ބާވަތްތައް ވިއްކަން ފެށި އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގާތް ގަނޑަކަށް ސާޅީހަކަށް ގާޑިޔާ އެ ވިޔަފާރި އަށް ނިކުތެވެ.

ވިޔާފާރި ފުޅާވާން ފެށުމުން، މާލެ މުނިސިޕަލްޓީން ކުރުނބާ ގާޑިޔާތަކަށް ގަވާއިދެއް ހަދައި އުސޫލުތަކެއް ކަނޑައެޅި އެވެ. މަގުމަތީ ބަހައްޓައިގެން ކާބޯތަކެތި ވިއްކޭ ގޮތަށް ހަދާފައިހުރި ސްޓޭންޑް ތަކެއް، ޒަމާނަށް ނުފެތޭ ގާޑިޔާތަކުގެ ބަދަލުގައި 2010 ހިސާބުގަ ތައާރަފު ކުރި އެވެ.

ކުރުނބާ ގާޑިޔާ ތަކުގެ ނިމުން

މާފަންނު ސްޓޭޑިއަމުން ފެށިގެން ސުނާމީ ބިނާ އާ ހަމައަށް މާލޭ ދެކުނު ފަރާތު ބޮޑު ތަކުރުފާނު މަގުގައި 2018 އަހަރުގެ ކުރީކޮޅު 37 ގާޑިޔަލުގައި ވިޔަފާރި ކުރަމުން ގެންދިޔަ އެވެ. ތާރު އަޅައި އަލުން އެ މަގު ހެދުމަށްޓަކައި ހައުސިން މިނިސްޓްރީން އެ އަހަރުގެ މާޗު މަހުގެ ތެރޭގައި ކުރު ނޯޓިސް އެއް ދިނުމަށްފަހު ގާޑިޔާތައް ހަތަރު ސަރަހައްދަކަށް ބަދަލުކުރި އެވެ.

ގާޑިޔާތައް ބަދަލުކުރީ:

ކާނިވާ ސަރަހައްދަށް: 18 ގާޑިޔާ

އާ ސަހަރާ ފުރަގަހު މަގަށް: އަށް ގާޑިޔާ

މަސްވެރިންގެ މައިޒާނަށް: އަށް ގާޑިޔާ

އެސްޓީއޯ ހެޑް އޮފީސް ހިމެނޭ ސަރަހައްދަަށް: ތިން ގާޑިޔާ

އެހެން ސަހަރައްދުތަކަށް ބަދަލުކުރުމުން، ދުވާލަކު ދެހާހާއި ތިން ހާހާއި ދެމެދުގެ އާމްދަނީ އެއް ހޯދަމުން އައި ވިޔަފާރި ވަރަށް ބޮޑަށް ހީނަރުވި އެވެ. ގާޑިޔާތައް ހިންގި މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ޓޫރިސްޓުންނަށް ޓަކައި މަސްވެރިންގެ މައިޒާން ތަރައްގީ ކުރުމަށް އެ ސަރަހައްދުގައި ހުރި ގާޑިޔާތައް ފަހުން ނެގި އެވެ. އަދި ފަހުން އެސްޓީއޯ ހެޑް އޮފީސް ކައިރި އޮންނަ މަގު ހެދުމަށްޓަކައި އެ ސަރަހައްދުގައި ހުރި ގާޑިޔާތައް ވެސް ނެގި އެވެ.

ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާާޅުވީ ތަރައްގީގެ އެކި ކަންކަން ހިނގުމަށްޓައި ގާޑިޔާތައް އެހެން ތަންތަނަށް ބަދަލުކުރިއިރު، ގިނަ ގާޑިޔާ ތަކުން ގަވާއިދާ ހިލާފުވެ، ކުލި ވެސް ދައްކަމުން ނުދާ ކަށެވެ.

"ބިދޭސީން ބޭތިއްބުމާއި، ގާޑިޔާ ތަކުގައި ވިއްކުން މަނާ އެއްޗެހި ވިއްކުމާއި ސާފު ތާހިރުކަން ކުޑަވުމާއި، ކުލި ނުދައްކާތާ ވެސް ވަރަށް ގިނަ ދުވަސްވީ ގާޑިޔާތައް ހުރި،" އޭނާ ވިދާޅުވި އެވެ.

ސިފާ ވިދާޅުވި ގޮތުގައި ގަވާއިދާ ހިލާފުވެގެންނާއި ތަފާތު ސަބަބުތަކާހުރެ ގާޑިތައް ނެގީ، އެ ވިޔަފާރި އަށް ފުރުސަތު ނުދޭކަށް ނޫނެވެ.

"އެއްގޮތަކަށް ވެސް ގާޑިޔާތަކަށް ފުރުސަތު ނުދޭކަށް ނޫން ނިންމާފަ އޮތީ، އަޅުގަނޑުމެން ޕްލޭން ކުރީ ވަކި ސަރަހައްދެއް ހާއްސަކޮށްފަ ސްޓްރީޓް ފުޑް އަށް ފުރުސަތު ހުޅުވާލަން،" ސިފާ ވިދާޅުވި އެވެ.

ކޮވިޑް-19 ކުރިމަތިވެ އާންމުން މަގުތަކަށް ނުކުތުން މަނާވިއިރު، ހިންގަމުން ގެންދިޔައީ އާ ސަހަރާ ފުރަގަހުގައި ވިޔަފާރި ކުރަމުން ދިޔަ ހަ ގާޑިޔަލެވެ. ގޭބަންދުން އަލުން ވީއްލުނުއިރު، އެ ހަ ގާޑިޔާ ވެސް ވަނީ ގެއްލިފަ އެވެ.

ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރުނބާ ގަޑިޔާތައް ނެތުމުގެ އިހުސާސް ގިނަ ބަޔަކަށް ނުކުރެވެނީ، ކޮވިޑް އާ ގުޅިގެން މީހުންގެ ދިރިއުޅުމުގެ އާދަކާދަ އަށް ބަދަލުތަކެއް އައިސްފައި ވާތީ އެވެ.

މާލޭގައި ހިންގި ވިޔަފާރި ގާޑިއަލެއްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް އައިޓަމްތައް
މާލޭގައި ހިންގި ވިޔަފާރި ގާޑިއަލެއްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް އައިޓަމްތައް

މާލޭގައި ހިންގި ވިޔަފާރި ގާޑިއަލެއްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް އައިޓަމްތައް-- ފައިލް ފޮޓޯ

ކުރުނބާ ގާޑިޔާތައް މުހިންމުތަ؟

"ހުރިހާ އެންމެން ރެސްޓޯރަންޓަށް ދާކަށް ބޭނުމެއް ނުވާނެ، ސްޓްރީޓް ފުޑް މާލޭގައި ލިބޭކަށް ނެތް، ބޭރަށް ނުކުމެލައި ގޮސް ކާލެވޭނެ ތަންތަން ހުރުން މުހިންމު، އެ ތަންތަން ވާން ޖެހޭނެ ސިއްހީ ގޮތުން ރައްކާތެރި ސާފުތާހިރު ތަންތަނަށް،" ގާޑިޔަލުގެ ބަހުސަށް، އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް އާތިފް ޝުކޫރު އޭނަގެ ހިޔާލު ދެއްވި އެވެ.

ކުރީގެ މޭޔަރު ޝިފާ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނުގައި ސްޓްރީޓް ފުޑް ލިބޭ ގޮތަށް ވީކްއެންޑް މާކެޓެއް ފަދަ ތަނެއް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމައި، އެކަމަށް 3.2 މިލިއަަން ރުފިޔާގެ ބަޖެޓެއް އެކަށައަޅާފައި ވާނެ ކަމަށެވެ.

"އެކަމަށް ހާއްސަކޮށް ޑިޒައިން ކޮށްގެން ސްޓްރީޓް ފުޑް ލިބޭނެ މާކެޓެއް ބާއްވަން ނިންމާފައި ވާނީ، މީހުންނަށް ގޮސް ވާހަކަ ދައްކާލައި ހަދާލެވޭނެ އޯޕަން މާހައުލެއް. އެއީ ކޮންމެހެން ބޭނުން ކަމެއް،" އޭނާ ވިދާޅުވި އެވެ.

ސިފާ ވިދާޅުވި ގޮތުގައި އެފަދަ ތަނެއް ހެދުމުގެ ދެވަނަ ވިސްނުމަކީ، މާލޭގައި ވިޔަފާރިއެއް އަލަށް ފަށަން ބޭނުންވާ މީހާ އަށް ކުޑަ ބަޖެޓަކުން ވިޔަފާރި އެއް ފެށޭނެ ފުރުސަތު ހޯދައިދިނުމެވެ.

"އެގިވަޑައިގަންނަވާނެ، މާލޭގައި އާދައިގެ މީހަކަށް ވިޔަފާރި ކުރެވޭނެ ފުރުސަތެއް ނެތްކަން، މުއްސަނދިނަށް ނޫނީ ކުލި ދައްކައިގެން އެއްވެސް ކަމެއް ކުރެވޭނެ ވަރަކަށް ނޫން ކުލިތައް މިހުންނަނީ އެއް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ޕްލޭން ކުރީ ސްޓޯލްތަކެއް ހަދާފައި ކުޑަ އަގަކަށް ދޫކުރަން. އޭރުން ވަރަށް ގިނަ ބަޔަކަށް ވިޔަފާރިކުރަން ފުރުސަތު ހޯދައި ދެވުނީ."

ކުރުނބާއާއި މަޖާ މިހާރު ލިބެން ހުރީ ކޮންތާކުން؟

ދަތުރުވެރިންގެ މާރު ކޭޓުން ކުރުނބާ ހުހެއް ނުވާނެ އެވެ. ޕޭވްމަންޓު މަތީގަ ކޮފީ ބޯން ހުއްޓިގެން ތިބޭ ތަންތަނަކީ ކޮވިޑް-19 އާއެކު ތަައާރަފުވި ކަމެކެވެ. އެފަދަ ބައެއް ތަންތަނުން ވެސް ކުރުނބާ ވިއްކަ އެވެ. ބައެއް ގޭގޭގެ ގަރާޖުގައި ހަދާފައިވާ ދިވެހި ބާވަތްތައް ވިއްކާ ތަންތަނުގަ އާއި ބައެއް ކުދި ފިހާރަ ތަކުގައި ވެސް ކުރުނބާ ހުރެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ކަޅުހުރާ މަގުގައި ހުޅުވި "ގާޑިޔާ ކެފޭ" އަކީ ކުރުނބާ ގާޑިޔާތައް އުވި ދިއުން ފޫބެއްދުމަށް ހުޅުވި ކުޑަ ކެފޭ އެކެވެ.

"ގާޑިޔާތަކުން ލިބުނު އެއްޗިއްސަށް ހާއްސަކޮށް މި ކެފޭ ހުޅުވީ. ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ، މަޖާ ކާން ބޭނުންވެގެން މީހުން އާދޭ،" ފަންސަވީސް މީހުންގެ ޖާގައިގެ ކެފޭގެ ވެރިޔާ އަބްދުލް ނޫރު ބުންޏެވެ.

ގާޑިޔާ ކެފޭ އަކީ ގާޑިޔާތަކުން ވިއްކި ކުރުނބަލާއި މީރު ބިލެތާއި އެކި ވައްތަރުގެ މަޖަލާއި ރުކުރާ ފަދަ ބުއިން ތަކަށް ހާއްސަ ކެފޭ އެކެވެ.

"އިތުރަށް ހުންނާނީ ޑިސްކާއި ރިހާކުރާއި، ޑިސްކާއި ކަރުހަކުރު ދިޔާހަކުރު ކަހަލަ އެއްޗެހި،" ނޫރު ބުންޏެވެ.

މާލޭގައި ހިދުމަތްދެމުންދިޔަ ގާޑިޔާތަކަކީ ވަރަށް ގިނަ ބަޔަކު ހިދުމަތް ހޯދި ތަންތަނެވެ. ގާޑިޔާތައް ހުރުމުން ލިބޭ ފަސޭހަތަކެއް ވެސް ހުރެ އެވެ. އަދި ލިބޭ ފައިދާތަކެއް ވެސް އެބަހުއްޓެވެ. ގާޑިޔާތައް އެނބުރި އައުމަކީ އެ މީހުން އެދޭ ގޮތެވެ.

"ރޭގަނޑު ފިހާރަ ބަންދުކޮށްފައި، ކުނި ކޮތަޅު ހިފައިގެން އަންހެނުން ގޮވައިގެން ބުރުޖަހާލަން ނުކުމެފަ ކޮންމެ ރެއަކު ވެސް ކުރުނބައެއް ބޯލަން ގާޑިޔަލަކަށް މަޑުކޮށްލަން، އެކަން ނެތީމަ، މިހާރު ވަރަށް ދެރަ،" އެއްގަމު ތެރޭގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox