10 އަހަރު ތެރޭގައި އާސަންދައިން 16 ބިލިއަން ރުފިޔާ ހަރަދުކޮށްފި

އާސަންދާގެ 10 ވަނަ އަހަރީ ޖަލްސާގައި މަރިޔަމް ވާހަކަ ދައްކަނީ: ފާއިތުވި 10 އަހަރުގެ ތެރޭގައި އާސަންދާގެ ހިދުމަތްތަކަށް ދައުލަތުން 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ- ފޮޓޯ: ރައީސް އޮފީސް

އާސަންދާގެ 10 ވަނަ އަހަރީ ޖަލްސާގައި މަރިޔަމް ވާހަކަ ދައްކަނީ: ފާއިތުވި 10 އަހަރުގެ ތެރޭގައި އާސަންދާގެ ހިދުމަތްތަކަށް ދައުލަތުން 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ- ފޮޓޯ: ރައީސް އޮފީސް

އާސަންދަ ކުންފުނި މެދުވެރިކޮށް ފާއިތުވި 10 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރު މަރިޔަމް ޝަފީގް ރޭ ވިދާޅުވެއްޖެ އެވެ.

އާސަންދައިގެ ހިދުމަތަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މަރިޔަމް ވިދާޅުވީ އާސަންދަ ސްކީމްގެ ދަށުން އަހަރަކު އެވަރެޖްކޮށް ތިން ލައްކަ މީހުން ބޭސް ފަރުވާ ކުރާ ކަމަށެވެ.

އެ ހަރަދުގެ 64 ޕަސެންޓު ހޭދަވަނީ ބަލިވުމުން ބޭސް ކޮށްދިނުމަށް ކަމަށާއި ހަރަދުގެ 31 ޕަސެންޓު ހޭދަވަނީ ބޭސް ގަތުމަށް ކަމަށާއި ފަސް ޕަސެންޓަކީ ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމަށް ދާ ހަރަދު ކަމަށް މަރްޔަމް ޝަފީގް ވިދާޅުވި އެވެ.

އާސަންދާ ސްކީމް ތައާރަފްކުރި ފަހުން އެތައް ބަދަލުތަކެއް ހިދުމަތަށް ގެނެވިފައިވާކަން ފާހަގަކުރައްވާ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އާސަންދައިގެ އިސްރާފު ކުޑަކުރުމަށާއި ހިދުމަތް ހަމަނުޖެހިގެން ފަރުވާ ލަސްވުމުގެ ސަބަބުން ބަލި މީހުންގެ ފުރާނައަށް ނުރައްކާ ވަމުންދިޔަ ދިޔުން ހުއްޓުވުމަށް ކަމަށް މަރިޔަމް ވިދާޅުވި އެވެ.

"ހަމައެކަނި އާސަންދައިން މަސައްކަތްކުރި ނަމަވެސް މިކަމެއް ހައްލެއް ނުކުރެވޭނެ. ބަލިވުމުގެ ކުރިން އެކަމަށް ރައްކާތެރިވާން އެބަޖެހޭ. ދުޅަހެޔޮކޮށް ތިބުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން އެބަޖެހޭ. ބޭސްފަރުވާކުރުމުގައި ހިދުމަތްދޭ ފަރާތާއި ލިބިގަންނަ ފަރާތް ޒިންމާވާން ވެސް އެބަޖެހޭ. އަތޮޅުތެރޭގެ ސިއްހީ ނިޒާމު ވެސް ހަރުދަނާ ވާންޖެހޭ. އަދި ޕަބްލިކް ހެލްތުގެ ނިޒާމު ވެސް ވަރުގަދަކުރަން އެބަޖެހޭ،" މަރިޔަމް ވިދާޅުވި އެވެ.

އާސަންދާގެ ހިދުމަތަށް މިހާރު 10 އަހަރުވިއިރު ލިބުނު ކާމިޔާބީތައް ފާހަގަ ކުރައްވައި މަރިޔަމް ޝަފީގް ވިދާޅުވީ ވެއެތުވެދިޔަ ތިން އަހަރުގެ ތެރޭގައި އާސަންދާއަށް ހުށަހެޅޭ މައްސަލަތައް ދުވަހުން ދުވަހަށް ނިންމައި، އެމަޖެންސީ ކޭސްތަކަށް 10 މިނެޓުތެރޭގައި ހިދުމަތްދެވޭނެ ގޮތަށް އުސޫލުތައް ބައްޓަންކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގައި ދެފުށް ފެންނަ ނިޒާމެއް ގާއިމްކޮށް އަހަރީ ހިސާބުތައް ބަލަހައްޓައި، އޮޑިޓް ކުރުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންގޮސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދަ އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކޮންމެ ސަރުކާރެއްގައި ވެސް ވަނީ އެ ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox