ހިންދޫންގެ އެއްވުމެއްގައި މުސްލިމުން މަރަން ގޮވި މައްސަލަ ބަލަނީ

އިންޑިއާގައި ހިންދޫންތަކެއް އަޅުކަމުގައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގައި ހިންދޫންތަކެއް އަޅުކަމުގައި. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 24) - އިންޑިއާގެ ހިންދޫންތަކެއް ބޭއްވި އެއްވުމެއްގައި މުސްލިމުން މަރަން ގޮވި މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

މި މަހުގެ ކުރީކޮޅު ހިންދޫންގެ އިވެންޓުގައި ވާހަކަދެއްކި މީހަކު ބުނެފައި ވަނީ މުސްލިމުން މަރައިގެން ޖަލަށް ދާން ޖެހިދާނެކަމަށް ކަންބޮޑުވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެ ވާހަކަ ދެއްކި މަންޒަރު ފެންނަ ވީޑިއޯ އާއްމުވެފައިވާ އިރު، އެ ވީޑިއޯގެ ސައްހަކަން އޭއެފްޕީ އިން ވަނީ ކަށަވަރުކޮށްފަ އެވެ.

"އަހަރުމެންގެ ތެރެއިން އެންމެ 100 އެއްހާ މީހުން ހަތިޔާރު ހިފައިގެން ނުކުމެއްޖެ ނަމަ، އެ މީހުން ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރާލެވޭނެ، އަހަރުމެންނަށް ކާމިޔާބު ލިބޭނެ... މި ވިސްނުމުގައި ތެދުވެގެން ނޫނީ ހިންދޫ ދީން ރައްކާތެރި ނުކުރެވޭނެ،" އިވެންޓުގައި ވާހަކަދެއްކި އަންހެން މީހާ ބުންޏެވެ.

އުތުރު ހަރިދްވާރް ސިޓީގައި އޮތް އެ އިވެންޓަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ މެމްބަރުން ވެސް ދިޔަ ކަމަށް ވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ވެރިކަމަށް އައި ބީޖޭޕީ އިން މުސްލިމުންނާއި އެހެން މައިނޯރިޓީންނާ ދެކޮޅަށް އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އެ ޕާޓީން ތުހުމަތުތައް ދޮގުކުރެ އެވެ.

ޕާލިމެންޓް މެމްބަރު އަސާދުއްދީން އޮވައިސީ ކުރި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯގައި ދައްކާފައިވާ ވާހަކަ އަކީ "ބޮޑު ގަތުލުއާއްމަކަށް ސީދާ ހިތްވަރު ދިނުމުގެ" އަމަލެއް ކަމަށެވެ.

ހިންދޫންގެ އެ އިވެންޓާ ގުޅޭ ގޮތުން މޯދީގެ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ބީޖޭޕީގެ އިސް މެމްބަރުންނާ އެކު އާއްމުކޮށް ފެންނަ ހިންދޫ ގްރޫޕެއްގެ ވެރިޔެއް ކަމަށްވާ ޕްރަބޯދްއާނަންދް ގިރީ ވެސް އެ އިވެންޓުގައި ބައިވެރިވެ، "ސާފު ކުރުމަށާއި މަރުވާން ނުވަތަ މަރަން ތައްޔާރަށް ތިބުމަށް" ގޮވާލި އެވެ.

"މިޔަންމާ ފަދައިން، އިންޑިއާގެ ފުލުހުންނާއި، ސިޔާސީ ފަރާތްތަކާއި، ސިފައިންނާއި، ހިންދޫ ދީނުގެ ހުރިހާ އެންމެން ހަތިޔާރި ހިފައިގެން ތެދުވެ ސާފު ކުރަން ޖެހޭ. އިތުރު އެހެން ގޮތެއް ނެތް،" އޭނާ ބުނި ކަމަށް ވެ އެވެ.

މިޔަންމާގެ ސިފައިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑު ގަތުލުއާއްމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ވަނީ ރެފިއުޖީންނަށް ބަދަލުވެފަ އެވެ.

އެ އިވެންޓުގައި ވާހަކަދެއްކި އިތުރު މީހަކު ބުނެފައި ވަނީ ކުރީގެ ބޮޑު ވަޒީރު، ކޮންގްރެސް ޕާޓީގެ މަންމޯހަން ސިންގް އަވަހާރަކޮށްލެވުނު ނަމަ ރަނގަޅުވީސް ކަމަށެވެ. މަންމޯހަން ސިންގް އަކީ ސިކް ދީނުގެ ފުރަތަމަ ބޮޑު ވަޒީރެވެ.

އިތުރު މީހަކު ބުނީ އޭނާ ނިސްބަތްވާ ސްޓޭޓުގެ ހޮޓެލްތަކުގައި ކްރިސްމަސް ފާހަގަކުރަން ފުރުސަތު ދިނުން މަނާކުރަން އެދިފައިވާނެ ކަމަށެވެ. އެހެން ބުނުމާއެކު، އިވެންޓުގައި ތިބި ގިނަ ބަޔަކު އެ ވާހަކަ އަށް ތައުރީފު ކުރި އެވެ.

ބީޖޭޕީ އިން ބޭނުން ވަނީ އިންޑިއާ އަކީ "ސެކިއުލާ" ގައުމެއްގެ ބަދަލުގައި ހިންދޫ ދައުލަތަކަށް ހަދަން ކަމަށް ދެކެވޭ ވާހަކަ އެ ޕާޓީން ދޮގުކުރެ އެވެ.

ނަމަވެސް ބީޖޭޕީ ވެރިކަމަށް އައުމަށް ފަހު މުސްލިމުންނާއި ނަސާރާއިންނާއި އެހެން ދީންތަކުގެ މީހުންނަށް ވެސް ވަނީ ފުރައްސާރަ އާއި ބިރުވެރިކަމާ ކުރިމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox