ފަންޑު ހުސްވުމުން ޔަމަނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީ ހުއްޓުމަކަށް

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ގިނަ ބަޔަކު އުޅެނީ ވަރަށް ހާލުގައި.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ގިނަ ބަޔަކު އުޅެނީ ވަރަށް ހާލުގައި.

ފަންޑު ހުސްވާން ކައިރިވެފައި ވާތީ ޔަމަނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީ މެދުކަނޑާލަން މަޖުބޫރުވެފައިވާ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފި އެވެ.

"ޖެނުއަރީ މަހުން ފެށިގެން އަށް މިލިއަން މީހުންގެ ކާބޯތަކެތީގެ ރޭޝަން މިހާރަށް ވުރެ ވެސް ކުޑަ ވާނެ. ނަމަވެސް ކުއްލި ބަނޑުހައި ހޫނުކަމެއްގައި އުޅެން ޖެހިދާނެ ކަމަށް ބެލެވޭ ފަސް މިލިއަން މީހުންނަށް މިހާރު ވެސް ލިބޭ ރޭޝަން ފޯރުކޮށްދެމުންދާނެ،" އދ. ގެ އެޖެންސީން ބުންޏެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން ކުރާ ހަނގުރާމައިގައި ގައުމު ވަނީ ސުންނާފަތިވެފަ އެވެ. ހަނގުރާމައިގައި ހޫތީންނަށް އިރާނުން އެހީވާ ކަމަށް ތުހުމަތު ކުރެވޭ އިރު، ސަރުކާރުގެ ފައުޖަށް އެހީވަނީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުންނެވެ.

ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވެ އެވެ. އެތައް މިލިއަން ބަޔަކަށް ބަނޑުހައި ހޫނުކަމުގެ ބިރާ ކުރިމަތިވެފައި ވާއިރު، ޔަމަނުގެ 80 ޕަސެންޓު މީހުންގެ ދިރިއުޅުން މިހާރު ބަރޯސާ ވަނީ ބޭރުގެ އެހީ އަށެވެ.

ޑަބްލިއުއެފްޕީ އިން ބުނީ 2022 ވަނަ އަހަރުގެ މޭ މަހާ ހަމައަށް ޔަމަނުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭނީ އިތުރު 813 މިލިއަން ޑޮލަރު ލިބިގެން ކަމަށެވެ. މުޅި 2022 ވަނަ އަހަރު މެދުނުކެނޑި ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނީ 1.97 ބިލިއަން ޑޮލަރު ލިބިގެންނެވެ.

މިދިޔަ މާޗް މަހު ޔަމަނުގެ ރައްޔިތުންނަށް އެހީ ހޯދަން ބޭއްވި ޑޯނަރުންގެ ކޮންފެރެންސްގައި ލިބުނީ އެދުނު މިންވަރުގެ ދެބައިކޮށްފައި އެއް ބަޔަށް ވުރެ ވެސް މަދުންނެވެ. އޭރު އދ. އިން 3.85 ބިލިއަން ޑޮލަރު އެހީ އަށް އެދުނު ނަމަވެސް ލިބުނީ 1.7 ބިލިއަން ޑޮލަރެވެ.

އިންސާނީ އެހީގެ ފަންޑުތަކަށް ޑޯނަރުން ދޭ ފައިސާ މަދުވަމުން ދާތީ، 2020 ވަނަ އަހަރު އދ. އިން ހިންގާ ގިނަ ޕްރޮގްރާމްތަކެއް ހުއްޓާލަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox