އަފްގާނިސްތާނަށް އިންސާނީ އެހީ ދޭނެ ގޮތް ކަނޑައަޅައިފި

ރެޑް ކްރިސް އިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީ ހިފައިގެން ތިބި އަފްގާން އަންހެނުންތަކެއް. -- ފޮޓޯ: އޭއެފްޕީ

ރެޑް ކްރިސް އިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީ ހިފައިގެން ތިބި އަފްގާން އަންހެނުންތަކެއް. -- ފޮޓޯ: އޭއެފްޕީ

އދ.، އެމެރިކާ (ޑިސެމްބަރު 23) - އަފްގާނިސްތާނުގެ އާއްމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭނެ ގޮތް ކަނޑައަޅައި ހާއްސަ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އެމެރިކާ އިން ހުށަހަޅައިގެން ފާސްކުރި ގަރާރަށް ތާލިބާނުން މަރުހަބާ ކިޔުމަށް ފަހު ބުނީ އެއީ "ރަނގަޅު ފިޔަވަޅެއް" ކަމަށެވެ. ތާލިބާނުން ވެރިކަމާ ހަވާލުވުމުން ބޭރުގެ އެހީތައް ވަނީ ހިފަހައްޓާފަ އެވެ. އެހެންވެ، އަފްގާނިސްތާނަށް ވަނީ އިގްތިސާދީ އަދި އިންސާނީ ކާރިސާއެއް ދިމާވެފަ އެވެ.

އޭގެ އިތުރުން އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު އެމެރިކާ އިން ވަނީ ހިފަހައްޓާފަ އެވެ. އެއާ އެކު މުދާ އިމްޕޯޓް ކުރާނެ ފައިސާ ނެތި، ފިނި މޫސުމުގެ ތެރޭގައި އެތައް މިލިއަން ބަޔަކު އުޅެން ޖެހިފައި ވަނީ ބަނޑުހައި ހޫނުކަމުގަ އެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގެ ދަށުން ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފު ނުވެ އެއް އަހަރު ވަންދެން އަފްގާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ އެވެ. ފިޔަވަޅުތައް އަޅާފައި ވަނީ ތާލިބާން ސަރުކާރަށް ފައިސާ ނުލިބޭނެކަން ކަށަވަރު ކުރުމަށެވެ. އެއްވެސް ގައުމަކުން މިހާތަނަށް ރަސްމީކޮށް ތާލިބާން ސަރުކާރު ބަލައިގެންފައެއް ނުވެ އެވެ.

"އެއީ އަފްގާނިސްތާނުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރަން އެހީވާނެ ނިންމުމަކަށް ވާތީ އެކަން ބަލައިގަންނަން،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުންޏެވެ.

އޭގެ އިތުރުން ތާލިބާން ސަރުކާރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ވަރަށް އަވަހަށް އުވާލާނެކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

"މި އެހީ ދޭން ނިންމި ނަމަވެސް ވަކި ޖަމާއަތަކުން ބައިނަލްއަގްވާމީ ޒިންމާ އަދާނުކޮށް އުޅެވޭނެ ކަމަށް ހީކޮށްގެން ނުވާނެ،" އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ސަފީރު ޖެފްރީ ޑެލޯރެންޓިސް ތާލިބާނާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

ގަރާރު ފާސްކުމުގެ އިތުރުން ވެސް އެމެރިކާ އިން އަޅާފައިވާ ބައެއް ދަތި ކުރުމުގެ ފިޔަވަޅުތަކަށް ބުދަ ދުވަހު ވަނީ ލުއި ދީފަ އެވެ. އެގޮތުން ފިޔަވަޅުތައް ޓާގެޓް ކުރާ ފަރާތްތަކަށް ފައިދާއެއް ނުވާ ނަމަ، ފައިސާ އާއި މުދާ އެކްސްޕޯޓް ކުރެވޭނެ ކަމަށް ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox