ގާވެފައި އޮތް ޑައިނަސޯ ބިހަކުން ހައިރާންކަން، އާ މައުލޫމާތުތައް ލިބޭނެ!

ޗައިނާއިން ފެނުނު ޑައިނަސޯ ބިސް -- ފޮޓޯ: ބީބީސީ

ޗައިނާއިން ފެނުނު ޑައިނަސޯ ބިސް -- ފޮޓޯ: ބީބީސީ

އެ ބިހަކީ 66 މިލިއަން އަހަރުވެފައިވާ ބިހެއްކަން ފަހުގެ ޓެސްޓްތަކުން ވަނީ ހާމަވެފަ އެވެ. މީގެ ކުރިން ވެސް ޑައިނަސޯ ބިސް ސައެންސުވެރިން ވަނީ ހޯދާފަ އެވެ. އެކަމަކު އެބިސްތަކާއި މިބިހާ ހުރި ތަފާތަކީ، މި ބިހުގެ އެތެރޭގައި ދޫންޏެއް ހެން އޮތް ބޭބީ ޑައިނަސޯގެ ކަށިތައް ރީތިކޮށް ފެންނަން ހުރުމެވެ.

މި ބިހުގެ އެތެރޭގައި އޮތް ކުޑަ ޑައިނަސޯ އޮތީ ހެދިބޮޑުވުމުގެ އެންމެ ފަހު މަރުހަލާގަ އެވެ. ބިސް ފާޅާލުމަށްފަހު ބޭރަށް ނިކުންނަން ތައްޔާށެވެ. މިކުޑަ ޑައިނަސޯ އަކީ ”އޮވިރެޕްޓޮރަސޯ" ނަމަކަށް ކިޔާ ޑައިނަސޯގެ ބާވަތަކަށް ނިސްބަތްވާ ޑައިނަސޯއެކެވެ.

ސައެންސުވެރިން މިހާރުވަނީ މިކުޑަ ޑައިނަސޯއަށް ނަމެއްވެސް ދީފައެވެ. އެމީހުން މި ޑައިނަސޯއަށް ކިޔާފައިވަނީ "ބޭބީ ޔިންގްލިއަންގް" އެވެ. މި ނަން ދީފައި ވަނީ އެ ބިސް ރައްކާކޮށްފައި އޮތް ދާރުލްއާސާރަށް ނިސްބަތްކޮށެވެ.

Advertisement

މި ބިސް ފެނިފައިވަނީ ޗައިނާގެ ގާންޒޯއިން 2000 ވަނަ އަހަރު އެވެ. ވޭތުވެ ދިޔަ 21 އަހަރު މިބިސް ސައެންސްވެރިން ރައްކާކޮށްފައި އޮތީ ޔިންގްލިއަންގް ސްޓޯން ނޭޗާ ހިސްޓޮރީ މިއުޒިއަމްގެ ގުދަނެއްގަ އެވެ. މިހާ ގިނަ ދުވަސް ވަންދެން މި ބިސް ރައްކާކޮށްފައި ބޭއްވުމަށްފަހު އަލުން އެ ބިސް އެމީހުން ނަގާފައިވަނީ ދާދި ފަހުން މިއުޒިއަމް މަރާމާތު ކުރުމުގެ މަސައްކަތެއްގެ ތެރެއިންނެވެ.

އެހިސާބުން މިބިހުގެ އިތުރު ތަހުލީލްތައް ފެށުނެވެ. އެމަސައްކަތުގެ ތެރެއިން ސައިންސްވެރީންނަށް ބިހުގެ ތެރޭގައި ކުޑަ ޑައިނަސޯއެއް އޮތްކަން ފާހަގަ ކުރެވުނެވެ.

ބިހުގެ ތެރޭގައި އޮތް ކުޑަ ޑައިނަސޯގެ ދިގުމިނުގައި ހުރީ 10.6 އިންޗި އެވެ. ބިހުގައި 6.7 އިންޗިި ހުއްޓެވެ.

އެތައް މިލިއަން އަހަރެއް ވުމުގެ ސަބަބުން މިބިސް ވަނީ އެއްކޮށް ގާވެ ހިލަވެފަ އެވެ.

ބިހުގެ އެތެރޭގައި އޮތް ކުޑަ ޑައިނަސޯގެ ކަށިގަނޑު އޮތްގޮތަށް ސަލާމަތުން ފެންނަން އޮތީ އެހެންވެއެވެ. ޗައިނާގެ ރިސާޗަރެއް ކަމުގައިވާ ޑރ. ފިއޯން ވައިސަންމާ ބުނެފައިވާ ގޮތުގައި އެއީ އަދި މިހާތަނަށް ފެނުނު ޑައިނަސޯ ބިސްތަކުގެ ތެރެއިން އެންމެ ރީތިކޮށް ކުޑަ ޑައިނަސޯ ފެންނަން އޮތް ބިހެވެ.

އެ ބިސް ދިރާސާ ކުރުމުން ޑައިނަސޯތަކާއި ބެހޭ މުޅިން އާ މައުލޫމާތު ލިބިގެން ދާނެ ކަމަށް ސައެންސްވެރިން ލަފާކުރެއެވެ.

ބޭބީ ޔިންގްލިއޮންގްގެ ތަސްވީރެއް: ސައެންސުވެރިން ކުރަހާފައި- ފޮޓޯ: ބީބީސީ ނިއުސް
ބޭބީ ޔިންގްލިއޮންގްގެ ތަސްވީރެއް: ސައެންސުވެރިން ކުރަހާފައި- ފޮޓޯ: ބީބީސީ ނިއުސް

ބޭބީ ޔިންގްލިއަންގްގެ ތަސްވީރެއް: ސައެންސުވެރިން ކުރަހާފައި- ފޮޓޯ: ބީބީސީ

މި ޑައިނަސޯގެ ތަސްވީރެއް ސައެންސުވެރިން ވަނީ އެޑްވާންސްޑް ސްކޭނިންގް ޓެކްނިކްސްތައް ބޭނުންކޮށްގެން އުފައްދާފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox