އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސެވިއްޔާ އަތުން ބާސެލޯނާ އަށް ޕޮއިންޓެއް

Dec 22, 2021, 7:22 AM
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ސެވިއްޔާ އަތުން ބާސެލޯނާ އަށް ޕޮއިންޓެއް

ބާސެލޯނާ (ޑިސެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ ދިހަ މީހުންނާ އެކު ކުޅުނު ސެވިއްޔާ އަތުން ބާސެލޯނާ 1-1 އެއްވަރުވެއްޖެ އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ 32 ވަނަ މިނިޓުގައި ސެވިއްޔާ އިން ލީޑު ނެގީ އަލެހަންދުރޯ ގޯމޭޒް (ޕާޕޫ ގޯމޭޒް) ޖެހި ލަނޑުންނެވެ. ކޯނަރަކުން އޭރިއާތެެރެއަށް ހުރަސްވި ބޯޅަ ޕާޕޫ ގޯމޭޒް ވަނީ ގޯލުގެެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ބާސެލޯނާ އިން ވަނީ އެއްވަރުކޮށްފަ އެވެ. ބާސެލޯނާ އިން ނަތީޖާ ހަމަހަމަކުރީ ރޮނާލްޑް އަރައުހޯ ޖެހި ލަނޑުންނެވެ. އޮސްމާން ޑެމްބެލޭ ނެގި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ އަރައުހޯ ވަނީ ފުއްމައިގެން އަރައި ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓުގައި ބާސާގެ ޖޫލްސް ކޫންޑޭ ބާސާގެ ޖޯޑީ އަލްބާގެ މޫނާ ދިމާލަށް ބޯޅަ އެއްލުމުން، ރެފްރީ ވަނީ ކޫންޑޭ އަށް ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، ދެވަނަ ހާފުގެ ބޮޑުގައި ސެވިއްޔާ އިން ކުޅުނީ 10 މީހުންނާ އެކު އެވެ. މި ސީޒަނުގައި ކޫންޑޭ އަށް އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ.

އެއް ކުޅުންތެރިއެއް މަދުކޮށް ސެވިއްޔާ އިން ކުޅެންޖެހުމުން، ބާސާ އިން އޭގެ އެޑްވާންޓޭޖް ނަގާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރި ނަމަވެސް، ބާސާ އަށް ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއްނުވި އެވެ. ބާސެލޯނާ މޮޅުކޮށްދޭން އެންމެ ރަނގަޅު ހަމަލާތަކެއް ފޮނުވާލީ ޒުވާން މިޑްފީލްޑަރު ގަވީ އާއި ޑެމްބެލޭ އެވެ. ގަވީ ބޮލުން ޖެހި ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، ޑެމްބެލޭ އޭރިއާތެރެއިން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބާސެލޯނާ އިން 2021 ވަނަ އަހަރު މޮޅަކާ އެކު ނިންމާލަން އުންމީދުކުރި ނަމަވެސް، އެކަން ހާސިލެއްނުވި އެވެ. ސެވިއްޔާ މެޗުން މޮޅުވި ނަމަ ބާސެލޯނާ ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލާނެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މި މެޗުން މޮޅުނުވުމަކީ ގަބޫލްކުރަން ވެސް ދަތި ނަތީޖާއެއް ކަމަށެވެ.

"މިއަދުގެ މެޗުގައި ކުޅުން ރަނގަޅު. އެކަމަކު ގެޔަށް ދާން މިޖެހުނީ ހިތްހަމަނުޖެހިފައިހުރެ. މިއީ އަހަރަމެން މޮޅުވާންޖެހޭ މެޗެއް،" ޒަވީ ބުންޏެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox