ވެކްސިން ކެމްޕެއިންގައި މޯދީގެ ފޮޓޯ ބޭނުން ކުރާތީ ކޯޓަށް ދިޔަ މީހަކު ޖޫރިމަނާ ކޮށްފި

ސްޕައިސް ޖެޓްގެ ފްލައިޓެއްގައި މޯދީގެ ފޮޓޯ ޖަހައިގެން ވެކްސިން ކެމްޕެއިން ޕްރޮމޯޓް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސްޕައިސް ޖެޓްގެ ފްލައިޓެއްގައި މޯދީގެ ފޮޓޯ ޖަހައިގެން ވެކްސިން ކެމްޕެއިން ޕްރޮމޯޓް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 21) - އިންޑިއާ އިން ކޮވިޑާ ދެކޮޅަށް ވެކްސިން ދިނުމަށް ހިންގާ ކެމްޕެއިންގެ "މޫނު މައްޗަކީ" ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކަމަށް ހަދައިގެން އުޅޭތީ ކޯޓަށް މައްސަލަ ހުށަހެޅި މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮވިޑާ ދެކޮޅަށް ވެކްސިން ދިނުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބު ހޯދާ ކަމަށް އަންގައި، އެ ކެމްޕެއިން އިޝްތިހާރު ކުރަން ހިންގާ ހަރަކާތްތަކުގެ ފޯކަސް އަކީ މޯދީ އެވެ.

ކެމްޕެއިން ޕްރޮމޯޓް ކުރަން ހަރުކޮށްފައިވާ ބޮޑެތި ބިލްބޯޑުތަކާއި، އެއްގަމާއި ވައިގެ އުޅަނދުތަކުގެ ބޭރުގައި އިޝްތިހާރު ކުރަމުން ދަނީ މޯދީގެ ފޮޓޯ ޖަހައިގެންނެވެ. މިހާރު ފަތުރަމުންދާ އިޝްތިހާރުތަކަކީ އެއް ބިލިއަން ޑޯޒް ޖެހުން ފާހަގަކުރުމަށް ފަތުރާ ތަކެއްޗެވެ.

ނަމަވެސް ބަލިމަޑުކަން ފެށުނު ފަހުން އިންޑިއާ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުން އަމާޒުވެފަ އެވެ. ބައެއް ސިޔާސީ ފަރާތްތައް ވަނީ ކޮވިޑް ޖެހި މަރުވާ މީހުންގެ ސެޓްފިކެޓުގައި ވެސް މޯދީގެ ފޮޓޯ ޖަހަން ފެންނަ ކަމަށް ބުނެ ޖޯކު ޖަހާފަ އެވެ.

ވެކްސިން ކެމްޕެއިން އިޝްތިހާރު ކުރަން މޯދީގެ ފޮޓޯ ބޭނުންކުރާ މައްސަލައިގައި ހިތްހަމަނުޖެހި، ކޯޓަށް ދިޔައީ ކެރަލާ ސްޓޭޓުގެ ޕީޓާ މިޔަލިޕަރަމްޕިލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނީ ވެކްސިން ކެމްޕެއިނަކީ މޯދީގެ ފައިދާ އަށް ހިންގާ އެއްޗަކަށް ވުމުގެ ނުރައްކާ ބޮޑުވެއްޖެ ކަމަށެވެ.

މިޔަލިޕަރަމްޕިލްގެ ޕެޓިޝަނުގައި ބުނީ އޭނާ ވެކްސިން ޖެހީ ފައިސާ ދައްކައިގެން ކަމަށާއި އެހެންކަމުން އޭނާ ވެކްސިން ޖެހިކަން އަންގައިދޭ ސެޓްފިކެޓުގައި މޯދީގެ ފޮޓޯ އިންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ނަމަވެސް ކެރަލާ ހައި ކޯޓުން މައްސަލަ ބޭރު ކުރަމުން ބުނީ އެ ޕެޓިޝަނަކީ ސިޔާސީ މަގުސަދެއްގައި ހުށަހެޅި އެއްޗެއް ކަމަށާއި، ކޯޓުގެ ވަގުތު ބޭކާރު ކުރުމުން 1،322 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށެވެ.

"ޕެޓިޝަން ހުށަހެޅި ފަރާތުން ބޮޑު ވަޒީރުގެ ފޮޓޯ އަށް ބަލަން ލަދުގަންނަ ނަމަ، ސެޓްފިކެޓްގެ އަނެއް ފުށަށް ބެލިދާނެ،" ކޯޓުން މައްސަލަ ބޭރުކޮށްލަމުން ބުންޏެވެ.

މިޔަލިޕަރަމްޕިލްގެ ވަކީލުން ބުނީ ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

އިންޑިއާގައި ކޮވިޑް ޖެހިގެން 477،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. އެމެރިކާ އާއި ބްރެޒިލް އަށް ފަހު ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ އިންޑިއާ އިންނެވެ.

ކެމްޕެއިން އިޝްތިހާރު ކުރަން މޯދީގެ ފޮޓޯ ބޭނުން ކުރުން ދިފާއު ކުރަމުން ސަރުކާރުން މިދިޔަ އޯގަސްޓް މަހު ބުނީ އެކަމުގެ ސަބަބުން ކޮވިޑާ މެދު ހޭލުންތެރިކަން އިތުރުވަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox