މިލަދޫ މުސްތަރީ ގޭގެ އަލިފާން: އާއިލާ ގޮތް ހުސްވެފައި، ތަހުގީގު ހިންގަނީ

ނ. މިލަދޫ މުސްތަރީގެ: އަލިފާނުގެ ހާދިސާއެއްގައި ގެ އެއްކޮށް އަނދާ އަޅިއަށް ވަނީ ވެފައި- ފޮޓޯ: ފޭސްބުކް

ނ. މިލަދޫ މުސްތަރީގެ: އަލިފާނުގެ ހާދިސާއެއްގައި ގެ އެއްކޮށް އަނދާ އަޅިއަށް ވަނީ ވެފައި- ފޮޓޯ: ފޭސްބުކް

އުފާވެރި ރައްޔިތެއް އުޅޭ ނ. މިލަދޫއަކީ ކުޑަ, އަމާން ރަށެކެވެ. ނުރަނގަޅު އަދާތަކާއި ކުށްކުރުން އެ ރަށުގައި މަދެވެ. އެފަދަ ކަންކަމަށް އެ ރަށު މީހުން ބީރައްޓެއްސެވެ. ނަމަވެސް, އިއްޔެ އެ މަންޒަރު ބަދަލުވެ އެ ރަށުގެ އާއިލާގެ ދިރިއުޅުން ކުޑަ ހިނދުކޮޅެއް ތެރޭ އަނދައިގެން ދިޔައީ ރަށް ބޮޑު ސުވާލެއްގެ ތެރެއަށް ދޫކޮށްފަ އެވެ.

އެ ރަށު މުސްތަރީގެ މިހާރު އެ ހުރީ އަނދާ އަޅިއަށްވެފަ އެވެ;

އިއްޔެ ރޭ ދަންވަރު 1:30 ގައި ހިނގި އެ ގޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މުސްތަރީގޭގައި ދިރިއުޅެމުން ދިޔަ ހަތް މީހުންގެ ދިރިއުޅުމާއި އުންމީދުތައް ވަނީ ނެތިގޮސްފަ އެވެ. ގެ އެއްކޮށް ސުންނާފަތިވެފައިވާއިރު ސަލާމަތުން ހުރީ ބަދިގޭގައި ހުރި ގޭސްފުޅި އެކަންޏެވެ.

Advertisement

"މިކަމުގެ ސަބަބުން ލިބުނު ގެއްލުން އަންދާޒާކޮށްލަންވެސް ނޭނގޭ," އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހަންމަދް ވިދާޅުވި އެވެ.

މުސްތަރީގޭގެ; 19 އަހަރުން ބިނާކުރި ދިރިއުޅުމެއް

ށ. ގޮއިދޫއަށް އުފަން އިނާޒާ އަބޫބަކުރާއި ނ. މިލަދޫ އިބްރާހިމް ހަލީލް ކައިވެންޏަށް ފަހު ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ރަށުގެ އެންމެނާ ވެސް ގުޅިގެން ހިތްގައިމު ދިރިއުޅުމެކެވެ. އެ ކައިވެންޏަށް ތިން ދަރިން ލިބިފައިވެ އެވެ. އެކުދިން ތައުލީމް ހާސިލް ކުރަމުން އަންނަނީ އެ ރަށު ސްކޫލުންނެވެ.

ދޮށީ ދަރިފުޅު އައިހަމް ގުރޭޑް 10 އެއްގައި ކިޔަވަމުންދާއިރު މިއީ އޭނާގެ ތައުލީމީ ހަޔާތުގެ އެންމެ މުހިންމު އަހަރެވެ.

އުމުރުން 18 އަހަރު ނުވާ ތިން ކުދިންނާއެކު އެ ދެމަފިރިން ޔަތީމް ކުއްޖަކު ވެސް ބަލަ އެވެ. އަދި ހަލީލްގެ 63 އަހަރުގެ މަންމަ ދިރިއުޅެނީ ވެސް އެއާއިލާއާއެކު އެވެ. އެއީ ތަނަވަސް ނޫނަސް އުފާވެރި ދިރިއުޅުމެކެވެ.

ސްކޫލު ޗުއްޓީ ދުވަސްކޮޅާ ދިމާކޮށް އާއިލާ އެއްކޮށް މާލެ އައީ ޑޮކްޓަރަށް ދައްކާލުމަށެވެ. މުސްތަރީގެ ދޫކޮށް އައީ ކުރިމަތީ އޮތް މުސީބާތުގެ ހިލަމެއް ވެސް ނެތި އެވެ.

ޑޮކްޓަރަށް ދައްކާލަން މާލެ އައިތާ ތިންވަނަ ދުވަހު މުޅި އާއިލާއަށް ސިހުންގެނުވީ މުސްތަރީގެ އަނދާ ހުލިވި ހިތްދަތި ހަބަރުންނެވެ. ނަވާރަ އަހަރަށްވުރެ ގިނަދުވަސްވީ ހަނދާތަކާއެކު މުސްތަރީގެ އެއްކޮށް އަނދާ އަޅިއަށްވީ އެވެ.

އަލިފާނުގެ ހާދިސާގައި މުސްތަރީގެ އެއްކޮށް ވަނީ އަނދާފައެވެ،- ފޮޓޯ: އިނާޒާ
އަލިފާނުގެ ހާދިސާގައި މުސްތަރީގެ އެއްކޮށް ވަނީ އަނދާފައެވެ،- ފޮޓޯ: އިނާޒާ

އަލިފާނުގެ ހާދިސާގައި މުސްތަރީގެ އެއްކޮށް ވަނީ އަނދާފައެވެ،- ފޮޓޯ: އިނާޒާ

އަލިފާނުގެ ހާދިސާ; ތުހުމަތު ކުރަނީ ގަސްދުގައި ކުރި ކަމެއް ކަމަށް

މި ހިތާމަވެރި ހާދިސާ ހިނގި ގޮތް ސިފަކޮށްދެމުން ހަލީލް ބުނީ އެރޭ ދަންވަރު ކޮންމެވެސް ބަޔަކު ގޭތެރެއަށްވަދެ އުޅޭ ކަމަށް ފޯނު ކޯލަކުން އޭނާއަށް މައުލޫމާތު ލިބުނު ކަމަށެވެ. އެއަށްފަހު ދެން އިވުނީ ގޭގައި އަލިފާން ރޯވެގެން އުޅޭ ހަބަރު ކަމަށް އޭނާ ބުންޏެވެ.

"ގޭގެ ދޮރުވެސް ހުރީ ފުނޑާލާފައި," ހަލީލް މައުލޫމާތު ދިނެވެ.

ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ބޮޑުވަމުންދާ މަންޒަރު- ފޮޓޯ:
ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ބޮޑުވަމުންދާ މަންޒަރު- ފޮޓޯ:

ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ބޮޑުވަމުންދާ މަންޒަރު- ފޮޓޯ: އިނާޒާ

މުސްތަރީ ގޭގައި ރޯކޮށްލާފައިވަނީ ގަސްދުގައި ކަމަށް ހަލީލް ތުހުމަތު ކުރާއިރު މި ތުހުމަތަށް އެ ރަށު ކައުންސިލުން ވެސް ބާރުދެ އެވެ.

"އެކްސިޑެންޓަކަށް ވުރެ ބޮޑަށް ބެލެވެނީ މިއީ ހަމަ ބަޔަކު ގަސްތުގަ ކޮށްފައިވާ ކަމެއް ކަމަށް," އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް މަޖީދް މުހަންމަދް ވިދާޅުވި އެވެ.

އެ ތުހުމަތުގައި ފުލުހުން އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ ރޭ އެކެއްޖަހާކަންހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ފަތިސް ވެއްޖެ ކަމަށް ކައުންސިލުން ހާމަކުރި އެވެ. އަލިފާންގަނޑު ނިއްވާލެވުނީ އެރަށު ފުލުހުންނާއި ސިފައިންނާއި ކައިރީގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގެ އެހީތެރިކަމާ އެކުގަ އެވެ.

ނަމަވެސް, އަލިފާންގަނޑު ނިއްވާލެވުނު އިރު އެ ގެއިން ސަލާމަތް ކުރެވުނު އެކައްޗެއްވެސް ނެތެވެ. ގޭގެ ފާރުތަކާއި ފަރުނީޗަރުވަނީ އެއްކޮށް އަނދާ އަޅިއަށްވި އެވެ. ސްކޫލް ކުދިންގެ ޔުނިފޯމުތަކާއި ފޮތްތަކާއި ލިޔެކިޔުންތައް ވެސް މިހާދިސާގައި އެއްކޮށް ހަލާކުވި އެވެ.

ދެމަފިރިން ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގެއްލިގެން ދިޔައީ އެވެ. ޗުއްޓީ ދުވަސްވަރާ ދިމާކޮށް މަޖާކޮށްލަން ލިބުނު ފުރުސަތު ގެއްލި ކުޑަ ކުދިންތަކެއް މަގުމަތިވީ އެވެ.

މި ހާދިސާ ހިނގުމުގެ ދެތިން ދުވަސް ކުރިން އެ މީހުންނަށް އިންޒާރެއް ލިބުނު ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ. ނަމަވެސް މި ފަދަ ބޮޑު ކަމެއް ހިނގާފާނެ ކަމަށް ހިޔާލަށް ވެސް ނުގެނެވޭތީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައެއް ނުވެ އެވެ.

އާއިލާ މިވަގުތުގެ ހާލަތު; ހަދާނެ ގޮތް ވަނީ ހުސްވެފައި

"އަޅުގަނޑުގެ އަންހެން ދަރިފުޅަށް ބިރުން ނުވެސް ނިދޭ. ނިދާފަ އޮށްވަވެސް އައިސް ރޯކޮށްލަފާނެއޭ ކިޔާފަ ރޮނީ," އިނާޒާ އޭނާގެ ދަރިފުޅުގެ އިހުސާސްތައް ކިޔައިދެމުން ބުންޏެވެ.

"އެންމެންވެސް މިތިބީ ހަމަ ހަދާނެ ގޮތް ހުސްވެފައި. ވަންނާނެ ތަނެއް ނެތް. އަތުގައި އޮތީ މާލެ އައި އިރު ގެނައި ދެ އަންނައުނުގަނޑު އެކަނި." އިނާޒާ ބުންޏެވެ.

އެހެންތަނަކަށް ދިރިއުޅުން ބަދަލު ކުރެވޭހައި ތަނަވަސްކަން އާއިލާގައި ނެތްކަން ފާހަގަ ކުރަމުން އިނާޒާ ބުނީ ބޭނުންވަނީ އަވަހަށް ރަށަށް ދާން ކަމަށެވެ.

ނ. މިލަދޫ ކައުންސިލްގެ ރައީސް، އަބްދުލް މަޖީދް މުހަންމަދު ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު ވަނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެމްޑީއެމްއޭއަށް ހާދިސާގެ މައުލޫމާތު އަންގާފަ އެވެ. އަދި އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވަރަށް އަވަހަށް އިންތިޒާމް ކުރައްވާނެ ކަމަށް މަޖީދު ވިދާޅުވި އެވެ.

"މިހާރު ކުރިއަށްދަނީ މިކަމާ ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ މަރުހަލާ," މަޖީދް ވިދާޅުވި އެވެ.

ފަހަކަށް އައިސް މިފަދަ ހިތާވެރި އަނިޔާވެރި ހާދިސާތައް ހިންގުން އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން މިފަދަ ކަންކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox