އދ. ގެ ވެރިޔާ ލުބްނާނަށް ވަޑައިގެން ވެރިންނަށް ފާޑުވިދާޅުވެއްޖެ

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް (ވ) އަދި ލުބްނާންގެ ރައީސް މިޝެލް އައޫން. -- ފޮޓޯ: އޭއެފްޕީ

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް (ވ) އަދި ލުބްނާންގެ ރައީސް މިޝެލް އައޫން. -- ފޮޓޯ: އޭއެފްޕީ

ބެއިރޫތް، ލުބްނާން (ޑިސެމްބަރު 20) - އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އާދީއްތަ ދުވަހު ލުބްނާނަށް ވަޑައިގެން ގައުމުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު މި އައީ ކުޑަ މެސެޖެއް ހިފައިގެން: އދ. އިން ދެމިއޮންނާނީ ލުބްނާން ރައްޔިތުންނާ އެކު،" ރައީސް މިޝޭލް އައޫންއާ އެކު ބޭއްވި ޕްރެސް ކޮންފެރެންސްގައި ގުޓެރޭޒް ވިދާޅުވި އެވެ.

"ލުބްނާންގެ ރައްޔިތުން އުޅެން ޖެހިފައިވާ ހާލު ފެންނަމުން ދާއިރު، ލުބްނާންގެ ވެރިންނަށް ބައިބައިވެ، ގައުމުގެ ޕެރެލައިޒް ކުރުމުގެ ހައްގު ލިބިގެންނެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ގުޓެރޭޒް ވިދާޅުވީ ލުބްނާންގައި ބާއްވާ މަޝްވަރާތަކުގެ އަމާޒަކީ އިގްތިސާދީ އަދި މާލީ ކާރިސާ އިން އަރައިގަނެ، ސުލްހަ އާއި ހަމަޖެހުން އަދި ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނެ ގޮތްތައް ހޯދުން ކަމަށެވެ.

ލުބްނާނަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތަކީ 1850 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ ގައުމަކަށް ކުރިމަތިވެފައިވާ އެންމެ ގޯސް ހާލަތުގެ ގޮތުގައި ވޯލްޑް ބޭންކުން ސިފަކުރެ އެވެ.

އެ ހާލަތު ދިމާވީ ވެރިންގެ މެދުގައި އޮތް ކޮރަޕްޝަނާއި ބާރުތަކަށް ތަޅާފޮޅުމުގެ އާދައާ ހެދި ކަމަށް ރައްޔިތުން ތުހުމަތު ކުރެ އެވެ. އެ ގައުމުގެ 80 ޕަސެންޓު މީހުން މިހާރު އުޅެނީ ފަގީރު ހާލަތުގަ އެވެ.

"ލުބްނާން ރައްޔިތުން ވެރިންގެ ކިބައިން ބޭނުން ވަނީ އިގްތިސާދު އަލުން ހަމައަކަށް އަޅުވައި، ހަރުދަނާ ސަރުކާރަކާއި މުއައްސަސާތައް ގާއިމްކޮށްދިނުން،" ގުޓެރޭޒް ވިދާޅުވި އެވެ.

ސަރުކާރުގެ ތެރޭގައި އޮތް ހަމަނުޖެހުމާ ހެދި އޮކްޓޯބަރު މަހުން ފެށިގެން ކެބިނެޓް ބައްދަލުވުމެއް ބޭއްވިފައި ނުވާއިރު، އެންމެ ބޮޑު ދެބަސްވުމަކީ ބެއިރޫތު ބަނދަރުގައި 2020 ވަނަ އަހަރު ހިނގި ގޮވުން ތަހުގީގު ކުރާ ޓީމުގެ ވެރިޔަކަށް ހަމަޖެއްސި ފަނޑިޔާރާ މެދު އޮތް ދެބަސްވުމެވެ.

ބެއިރޫތު ބަނދަރުގައި ގަވާއިދާ ހިލާފަށް ކެމިކަލް ބަހައްޓާފައި ހުރުމުން ދިމާވި ގޮވުމުގައި 215 މީހުން މަރުވެ، ވެރަރަށުގެ ބޮޑު ބައެއް އެއްކޮށް ސުންނާފަތިވި އެވެ.

ގުޓެރޭޒް ވެރިންނަށް ގޮވާލެއްވީ ސިޔާސީ ހިޔާލު ތަފާތުވުންތައް ބޭއްވުމަށް ފަހު، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައިން ލުބްނާނަށް އެހީވުމަށް ވެސް ގޮވާލެއްވި އެވެ.

ހޯމަ ދުވަހު ގުޓަރޭޒް ބެއިރޫތު ބަނދަރަށް ވަޑައިގެން، ގޮވުމުގެ މަރުވި މީހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ފާހަގަކުރައްވާނެ އެވެ. ބުދަ ދުވަހު ފުރާވަޑައިގެންނެވުމުގެ ކުރިން ލުބްނާންގެ ގިނަ ވެރިންނާ ބައްދަލުކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox