ފައްޅީގެ "ހުރުމަތް" ކަނޑާލި މީހަކަށް އަނިޔާކޮށް މަރާލައިފި

ގޯލްޑަން ޓެމްޕަލް ފައްޅީގެ ބޭރުގައި ފުލުހުން މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ގޯލްޑަން ޓެމްޕަލް ފައްޅީގެ ބޭރުގައި ފުލުހުން މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 19) - ސިކް ދީނުގެ އެންމެ މާތް ފައްޅި، ގޯލްޑަން ޓެމްޕަލް، އަށް ވަދެ އެ ތަނުގެ "ހުރުމަތް" ކަނޑާލަން މަސައްކަތް ކުރި މީހަކަށް އަނިޔާކޮށް މަރާލައިފި އެވެ.

އިންޑިއާގެ އަމްރިތްސާރް ސިޓީގައި ހުންނަ ގޯލްޑަން ޓެމްޕަލްގެ ދަގަނޑުތައް މަތިން ފުންމާލައި، ސިކް ދީނުގެ އެންމެ މާތް ފޮތް، ގުރޫ ގްރާންތް ސާހިބް، ކުރިމަތީގައި ބާއްވާފައި އޮތް ކަނޑި ނަގަން މީހަކު މަސައްކަތް ކުރީ ހޮނިހިރު ދުވަހު ހަވީރު ބަޔަކު އަޅުކަން ކުރަން ތިއްބަ އެވެ.

އެންޑީޓީވީން ބުނީ އަޅުކަން ކުރަން ތިބި މީހުން އޭނާ ހުއްޓުވުމަށް ފަހު ތަޅައި އަނިޔާކޮށް މަރާލީ ކަމަށެވެ. ޕަންޖާބް ސްޓޭޓްގެ ޗީފް މިނިސްޓަރު ޗަރަންޖީތް ސިންގް ޗަންނީ ވަނީ އެ މީހާ އަމަލުކުރި ގޮތް ކުށްވެރިކޮށްފަ އެވެ.

އެފަދަ އަމަލެއް އޭނާ ހިންގި ސަބަބު ހޯދަން ތަހުގީގެއް ކުރަން ވެސް ޗަންނީ އަމުރު ކުރެއްވި އެވެ. ސިކް ދީނުގެ އެންމެ މާތް ފޮތާއި އެ މީހުންގެ ފައްޅިތަކަށް ގެއްލުން ދިނުމާއި "ހުރުމަތް" ކަނޑާލުމަކީ އެ ދީނުގެ މީހުން ވަރަށް ރުޅިގަދަވާ ކަމެކެވެ.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލީ ވެސް ސަރުކާރާ ވަކިވެގަނެގެން އުޅޭ މީހުން ހައްޔަރު ކުރަން ގޯލްޑަން ޓެމްޕަލް ތެރެއަށް ސިފައިން ވަންނަން އަމުރު ކުރެއްވުމުންނެވެ. އެކަމަނާ އަވަހާރަކޮށްލީ 1984 ވަނަ އަހަރު ސިކް ބޮޑީގާޑުންތަކެކެވެ.

އެކަމަނާ އަވަހާރަކޮށްލުމާ އެކު ވެރިރަށް ނިއު ދިއްލީގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، 3،500 އަށް ވުރެ ގިނަ ސިކް މީހުން މަރުވި އެވެ.

ސިކް ދީނުގެ ފައުންޑަރު ގުރޫ ނާނަކް ދައްކުވައިދޭ ފިލްމެއް 2015 ވަނަ އަހަރު ނެރެން އުޅުމަށް ފަހު އެ މަސައްކަތް ވެސް ހުއްޓާލީ މުޒާހަރާތަކާ ގުޅިގެންނެވެ. ގުރޫ ނާނަކް އިންސާނެއްގެ ސިފައިގައި ދެއްކުމަކީ އެ މީހުންގެ ދީނުގައި މަނާ ކަމެކެވެ.

އޭގެ އިތުރުން ސިކް ދީންގެ އެންމެ މާތް ފޮތުގެ "ހުރުމަތް" ކަނޑާލި ކަމަށް ބުނެ، މިދިޔަ އޮކްޓޯބަރު މަހު ނިއު ދިއްލީގައި މީހަކަށް އަނިޔާކޮށް މަރާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox