ގްރޯން ޕްރީގެ ޝަރަފްވެރި އެއް ވަނަ ސާއިދާއި ޖާއިޝާ އަށް

Dec 18, 2021, 6:00 PM
ގައުމީ ގްރޯން ޕްރީ މުބާރާތުގެ އެއް ވަނަ ހޯދި ޖާއިޝާ އާއި ސާއިދު ޓްރޮފީ ހިފައިިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ގްރޯން ޕްރީ މުބާރާތުގެ އެއް ވަނަ ހޯދި ޖާއިޝާ އާއި ސާއިދު ޓްރޮފީ ހިފައިިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ގްރޯން ޕްރީ މުބާރާތުގައި ގައުމީ ދެ ރެކޯޑް މުގުރާލި އާމިނަތު ޖާއިޝާ ޖުނީޒް، އަންހެން އެންމެ މޮޅު އެތުލީޓަކަަށް ހޮވުނުއިރު، ފިރިހެން ބައިން އެންމެ މޮޅު އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަށް ލިބިއްޖެ އެވެ.

މިއީ މި ދެ އެތުލީޓުންނަށް ވެސް ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދި ފުރަތަމަ ފަހަރެވެ. ޖާއިޝާ އާއި ސާއިދު ވަނީ ގްރޯން ޕްރީގެ ޕޮއިންޓް ރޭންކިން ސިސްޓަމަށް ބަލާއިރު، އެންމެ ކުރިހޯދައިފަ އެވެ. ގްރޯން ޕްރީގެ ޕޮއިންޓް ދޭ އުސޫލަށް ބަލާއިރު، ރަން މެޑަލަކަށް ވަކި އަދަދަކަށް ޕޮއިންޓް ލިބޭނެ އެވެ. އަދި ގައުމީ ރެކޯޑެއް ހަދައިފިނަމަ އެ ރެކޯޑަކަށް ޕޮއިންޓް ދޭނީ މުބާރާތުގެ ގަވާއިދުގައިވާ އުސޫލުން ބެލުމަށް ފަހު އެެވެ.

ޖާއިޝާ ވަނީ މި ފަހަރުގެ މުބާރާތުން ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ 1500 މީޓަރާއި 800 މީޓަރު އަދި 3000 މީޓަރުގެ ދުވުމުންނެވެ. އެންމެ ފަހުން 2019 ވަަނަ އަހަރުގެ ގްރޯން ޕްރީގެ އެއް ވަނަ ހޯދި އައިޝަތު ހިމްނާ ހަސަން ވެސް ވަނީ 100، 200، 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

ޖާއިޝާ މި ފަހަރު 1500 މީޓަރު ވުމުގެ ރެކޯޑް އާ ކުރީ އިއްޔެ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދިޔަ ގްރޯ ޕްރީގެ އިވެންޓްގައި ވާދަކޮށް 5:05.63 ޓައިމިން އަކުން ރޭސް ނިންމައިގެންނެވެ. އަދި މިއަދު ޖާއިޝާ ވަނީ 3000 މީޓަރުގެ، 16 އަހަރުވީ ރެކޯޑް މުގުރާލައިފަ އެވެ. އެއީ 11 މިނިޓް 15.18 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑް ކުރިން އޮތީ 2005 ވަނަ އަހަރު ގައުމީ އެތުލެޓިކްސް މުބާރާތުގައި 12 މިނިޓް 03.2 ސިކުންތުން ރޭސް ނިންމި ފާތިމަތު ހަޝްމާ އަބްދުލް އަޒީޒް އަތުގަ އެވެ.

މި ފަހަރު 1500 މީޓަރު ރޭހުގައި ޖާއިޝާއާ ވާދަކޮށް ދެ ވަނަ އަށް ދިޔައީ ފަސް މިނިޓް 17.52 ސިކުންތުން ރޭސް ނިންމި މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ. މި ރޭހުގެ ތިން ވަނަ އަށް ދިޔައީ ފަސް މިނިޓް 37.13 ސިކުންތުން ރޭސް ނިންމި އައިޝަތު ރާނިޔާ އެވެ. ތިން ހާސް މީޓަރުގެ ރޭހުގައި ޖާއިޝާ ފަހަތުން ދެ ވަނަ ހޯދީ 11 މިނިޓް 26.55 ސިކުންތުން ރޭސް ނިންމި މަރީ އެވެ. ތިން ވަނަ ހޯދި ރާނިޔާ ރޭސް ނިންމީ 12 މިނިޓް 29.57 ސިކުންތުންނެވެ.

މިއަދު ބޭއްވި 800 މީޓަރުގެ ރޭހުގެ އެއް ވަނަ ޖާއިޝާ ހޯދީ ދެ މިނިޓް 30.30 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ރާނިޔާ ރޭސް ނިންމީ ދެ މިނިޓް 38.97 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި އައިމިނަތު ޝަމްހާ ޝަރީ ރޭސް ނިންމީ ދެ މިނިޓް 44.21 ސިކުންތުންނެވެ.

ގްރޯން ޕްރީގެ ފުރަތަމަ ދެ އަހަރު އެންމެ މޮޅު ފިރިހެން އެތުލީޓް ހޯދި ހުސެއިން ފަޒީލް ހާރޫން މި ފަހަރު ވާދަނުކުރެ އެވެ. އޭނާ މި ފަހަރުގެ މުބާރާތުގައި ވާދަނުކުރަނީ ވަޒީފާ އަދާކުރަމުން އަންނަ ސިފައިންގޭގެ ތަމްރީނެއްގައި ގައުމުން ބޭރުގައި ހުރުމުންނެވެ. ފަޒީލަށް އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ލިބުނު ސަބަބަކީ މުގުރާލި ރެކޯޑާ އެކު އޭނާ އަށް ޕޮއިންޓް ގިނަ ވުމުންނެވެ.

ސާއިދު ފުރަތަމަ ފަހަރަށް ގްރޯން ޕްރީގެ އެއް ވަނަ އެތުލީޓުގެ މަގާމު ހޯދީ ތިން އިވެންޓުން ރަން މެޑަލް ހޯދައިގެންނެވެ. އިއްޔެ ހަވީރު ފުރަތަމަ ކުރިއަށްދިޔަ ފިރިހެނުންގެ 100 މިޓަރު ދުވުމުގެ އެއް ވަނަ ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ރޭސް ނިންމީ 10.76 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ އާދަމް ރޭސް ނިންމީ 11.00 ސިކުންނެވެ. މި ރޭހުން ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް ސްޕޯޓްސް އިން ވާދަކޮށް 11.37 ސިކުންތުން ރޭސް ނިންމި މުހައްމަދު މިންހާލް އެވެ.

އިއްޔެ ކުރިއަށްދިޔަ ފިރިހެނުންގެ 400 މީޓަރުގެ ރޭސް ވެސް ކާމިޔާބުކުރީ ސާއިދު އެވެ. ސާއިދު މި ރޭސް 49.39 ސިކުންތުން ނިންމިއިރު، އޭނާއާ ވާދަކުރި ސިފައިންގޭގެ އަބްދުﷲ ރަޝީދު ރޭސް ނިންމީ 50.78 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސް އިން ވާދަކުރި އަހްމަދު ވިސާމް އެވެ. އޭނާ ރޭސް ނިންމީ 50.93 ސިކުންތުންނެވެ.

ސާއިދު މިއަދު ވާދަކުރީ 200 މީޓަރު ރޭހުގަ އެވެ. އޭނާ އެ ރޭސް ކާމިޔާބުކުރީ 21.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އިބާދުﷲ ރޭސް ނިންމީ 22.26 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި މުހައްމަދު މިންހާލް ޝާމިލް ރޭސް ނިންމީ 23.11 ސިކުންތުންނެވެ.

މިއަދު ބޭއްވި ފިރިހެނުންގެ 800 މީޓަރުގެ ރޭސް ކާމިޔާބުކުރީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް އެވެ. ސިފައިންގެ ކްލަބްގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ފަހަތައް ޖައްސާލައި ވިސާމް ރޭސް ނިންމީ 2 މިނިޓް 00.89 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ކުޑަ ރިޒާގެ ޓައިމިން އަކީ ދެ މިނިޓް 02. 27 ސިކުންތެވެ.

ފަަނަރަ ސަތޭކަ މީޓަރު އިވެންޓްގައި ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާ އަށް ހަތަރު ސަތޭކަ މީޓަރު ރޭހުގައި ލިބުނީ ހަތަރު ވަނަ އެވެ. އެކަމަކު، 1500 މީޓަރުގެ ރޭސް ހަތަރު މިނިޓް 21.88 ސިކުންތުން ނިންމައި، ރަން މެޑަލް ހޯދި އެވެ. މި އިވެންޓުން ދެ ވަަނަ އަށް ދިޔައީ މެރަތަން ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމް އެވެ. އަދި ތިން ވަނަ އަށް ދިޔައީ ހަމަ އެ ޓީމުގެ މުހައްމަދު އިރުފާން އެވެ. ޔޫސުފް ރޭސް ނިންމީ ހަތަރު މިނިޓް 23.88 ސިކުންތުންނެވެ. އަދި އިރުފާން ރޭސް ނިންމީ ހަތަރު މިނިޓް 28.24 ސިކުންތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox