އދ. ގެ އަފްގާން ގޮނޑި ހޯދަން ތާލިބާނުން އަނެއްކާވެސް އެދެފި

ތާލިބާނުންގެ އިސް އޮފިޝަލް ސުހެއިލް ޝަހީން. -- ފޮޓޯ: އޭއެފްޕީ

ތާލިބާނުންގެ އިސް އޮފިޝަލް ސުހެއިލް ޝަހީން. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޑިސެމްބަރު 17) - އަފްގާނިސްތާނުގެ ކުރީ ސަރުކާރުގެ ފަރާތުން އދ. އަށް ކަނޑައެޅި މަންދޫބު މަގާމު ދޫކޮށްލުމާ އެކު ތާލިބާން ސަރުކާރުން މަންދޫބަކު ކަނޑައެޅުމުގެ ފުރުސަތު ހޯދަން އަނެއްކާވެސް އެދެފި އެވެ.

އދ. ގައި އަފްގާނިސްތާނަށް ހާއްސަ ގޮނޑި އާއި ބައެއް ގައުމުތަކުގައި ހުރި އަފްގާން އެމްބަސީތަކުގެ މައްސަލައިގައި ތާލިބާނުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ކުރީ ސަރުކާރުގެ އޮފިޝަލުން މަގާމުތަކުގައި ދެމިތިބުމުން، ތާލިބާނުންނަށް މަންދޫބުން ކަނޑައެޅޭކަށް ނެތެވެ.

މިދިޔަ އޯގަސްޓު މަހު އަފްގާނިސްތާނުގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ފަހު ވެރިކަމަށް އައި ތާލިބާނުންގެ ސަރުކާރުން އެއްވެސް ގައުމަކުން އަދި ބަލައެއްނުގަނެ އެވެ. ނަމަވެސް އެއީ ތާލިބާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.

އދ. ގެ އެސިސްޓެންޓް ތަރުޖަމާނު ފަރްހާން ހައްގު އޭއެފްޕީ އަށް ވިދާޅުވީ އަފްގާނިސްތާނުގެ މަންދޫބު ގުލާމް އިސަކްޒާއީ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަގާމުން ވަކިވެފައިވާ ކަމަށެވެ. ތާލިބާނުން ބޭނުން ވަނީ އދ. އަށް ކަނޑައަޅާ މަންދޫބަކަށް ސުހެއިލް ޝަހީން ހަމަޖެއްސުމަށެވެ.

މަގާމު ހުސްވިކަން އެނގުމާ އެކު ތާލިބާނުން ބުނީ އެ ގޮނޑި ދޭން ޖެހޭނީ އަފްގާނިސްތާނުގައި މިހާރު އޮތް ސަރުކާރަށް ކަމަށެވެ. ޝަހީން ޓްވިޓާގައި ބުނީ މިހާރު އޮތް ތާލިބާން ސަރުކާރަކީ މުޅި އަފްގާނިސްތާނުގެ އިސްގްލާލް ދެމެހެއްޓުމަށް އޮތް ސަރުކާރެއް ކަމަށެވެ.

ތާލިބާނުންނަށް އދ. ގައި އަފްގާނިސްތާން ތަމްސީލް ކުރުމުގެ ފުރުސަތު ދިނުމާ ގުޅޭ މައްސަލައިގެ ގަރާރު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އދ. ގެ އާއްމު މަޖިލީހުން ޑިސެމްބަރު މަހުގެ ކުރީކޮޅު ފާސްކުރި އެވެ.

ތާލިބާނުން ވެރިކަމަށް އައިތާ މަހެއް ފަހުން ވެސް އަފްގާނިސްތާނު ތަމްސީލް ކުރީ އިސަކްޒާއީ އެވެ. އޭނާ ވަނީ ނޮވެމްބަރު މަހު ސަލާމަތީ މަޖިލީހުގައި ވެސް ތާލިބާން ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު ވެސް، އދ. ގެ ގޮނޑިއެއް ނުލިބުނެވެ. އޭރު ތާލިބާނުންގެ ވެރިކަން ބަލައިގަތީ ހަމައެކަނި ޕާކިސްތާނާއި ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އިންނެވެ.

މިހާރު އދ. އަށް ކަނޑައަޅަން ތާލިބާނުން ބޭނުންވާ ޝަހީން އަކީ ކުރިން އޮތް ތާލިބާން ސަރުކާރުން ޕާކިސްތާނަށް ކަނޑައެޅި ޑެޕިއުޓީ ސަފީރެވެ. ތާލިބާން ވެރިކަން ވެއްޓުމުން އޭނާ ހުރީ ތަރުޖަމާނަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox