ވިހި އަހަރަށް ފަހު ބޭރުގެ އެހީ ނުހިމަނައި އަފްގާނިސްތާނުގެ ބަޖެޓެއް

ތާލިބާނުން ބޭއްވި ރަސްމިއްޔާތެއްގައި އެ މީހުން ތަރުޖަމާން ޒަބީހުﷲ މުޖާހިދް (މ) ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ތާލިބާނުން ބޭއްވި ރަސްމިއްޔާތެއްގައި އެ މީހުން ތަރުޖަމާން ޒަބީހުﷲ މުޖާހިދް (މ) ބައިވެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޑިސެމްބަރު 17) - ބޭރުގެ އެހީގެ ގޮތުގައި އާމްދަނީ ލިބޭނެ ކަމަށް ނުހިމަނައި އަފްގާނިސްތާން ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފި އެވެ. މިއީ ވިހި އަހަރުގެ ތެރޭގައި މިގޮތަށް ތައްޔާރުކުރި ފުރަތަމަ ބަޖެޓެވެ.

މިދިޔަ އޯގަސްޓް މަހު، ގާނޫނީ ސަރުކާރު ވައްޓާލުމަށް ފަހު ތާލިބާނުން ވެރިކަމާ ހަވާލުވުމުން ބޭރުގެ އެހީތައް ވަނީ ހިފަހައްޓާފަ އެވެ. އެހެންވެ، އަފްގާނިސްތާނަށް ވަނީ އިގްތިސާދީ އަދި އިންސާނީ ކާރިސާއެއް ދިމާވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަރުޖަމާނު އަހްމަދު ވަލީ ހަގްމަލް ބުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެކުލަވާލި ޑްރާފްޓް ބަޖެޓު ފާސްކުރާނީ ކެބިނެޓުން ކަމަށެވެ. ބަޖެޓާ ބެހޭ ތަފްސީލް އޭގެ ފަހުން ހާމަކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ހަގްމަލް ބުނީ ސަރުކާރުން މަސައްކަތް ކުރާނީ އެތެރޭގެ އާމްދަނީ އިން ބަޖެޓަށް ފައިސާ ހަމަޖައްސަން ކަމަށާއި އެކަން ހާސިލްވުމުގެ އުއްމީދު ބޮޑު ކަމަށެވެ.

ބޭރުގެ އެހީގެ މެދުކަނޑާލުމުގެ އިތުރުން އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު އެމެރިކާ އިން ވަނީ ހިފަހައްޓާފަ އެވެ.

އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުން 2021 ވަނަ އަހަރަށް ބަޖެޓު ކަނޑައެޅީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީއާ އެކު އެވެ. ބޭރުގެ އެހީގެ ގޮތުގައި 2.7 ބިލިއަން ޑޮލަރު އަދި އެތެރޭގެ އާމްދަނީ އިން 2.1 ބިލިއަން ޑޮލަރު ހޯދޭނެ ކަމަށް ލަފާކުރި ނަމަވެސް، އެއީ ޑެފިސިޓް ބަޖެޓެކެވެ.

އޭރު ޑޮލަރަކަށް ޖެހޭ އަގަކީ 80 އަފްގާނީ އެވެ. ނަމަވެސް ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ފައިސާގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ޑޮލަރަކަށް ޖެހުނީ 130 އަފްގާނީ އެވެ.

ހަގްމަލް ބުނީ ސަރުކާރުން މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދެވޭ ކަމަށާއި، އެކަން ހައްލު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑެއް ހަދާފައިވާ ކަމަށް ބުންޏެވެ.

ތާލިބާން ސަރުކާރުން މިދިޔަ މަހު ބުނީ ދެ މަސް ތެރޭގައި 26 ބިލިއަން އަފްގާނީގެ އާމްދަނީއެއް ލިބުނު ކަމަށާއި 13 ބިލިއަން އަފްގާނީ ލިބުނީ ކަސްޓަމްސް ޑިއުޓީ އިން ކަމަށެވެ. އޭގެ އިތުރުން ފަގީރުންނާއި ޔަތީމު އަދި މިސްކީނު ކުދިންނަށް ހާއްސަ މަޝްރޫއުތައް ހިންގަން ހާއްސަ ޓެކްސެއް މިދިޔަ މަހު ތައާރަފް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox