ރާއްޖެ ޓީވީ ރޯކޮށްލި މީހާ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މީއާދު ޝަރީއަތުގެ މަޖިލީހެއްގައި: ހުކުމް ކުރީ ދެ އަހަރަށް ޖަލަށްލުމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

މީއާދު ޝަރީއަތުގެ މަޖިލީހެއްގައި: ހުކުމް ކުރީ ދެ އަހަރަށް ޖަލަށްލުމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

މީގެ އަށް އަހަރު ކުރިން ރާއްޖެ ޓީވީ ހިންގަމުންދިޔަ ސްޓޭޝަނަށް ހަމަލާދީ، އެތަނުގައި ހުޅުޖެހި މައްސަލައިގައި ދައުވާކުރި ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި މިއަދު ހުކުމް ކުރައްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ މީއާދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ރާއްޖޭ ޓީވީގައި ރޯކޮށްލުމުގައި އޭނާ ބައިވެރިވިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

"މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާތައް ޝަރީއަތުން ވަޒަންކޮށް ބެލި ބެލުމުން، މުހައްމަދު މީއާދުގެ މައްޗަށް ދައުލަތުން ކުޅަ މި ދައުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިން،" ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި މީއާދުގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންކަމުގައިވި ނަމަވެސް އޭނާއަށް އަދަބު ކަނޑައަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ، މީއާދުގެ މައްޗަށް ފުރަތަމަ ދައުވާ ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ކުރީގެ ގާނޫނުގެ ދަށުން ކަމަށްވެފައި، އާ ޓެރަރިޒަމްގެ ގާނޫނުގައި އޭނާ ކުރި އަމަލު ތަޖްރީމުކޮށްފައި ނުވަތަ ކުށަކަށް ހަދާފައިނެތުމެވެ.

"ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މި ކުށް ތަޖްރީމް ކުރާ މާއްދާއެއް ހިމެނިފައިނުވާތީ މި ކުށުގެ ހާދިސާ ހިނގާފައިވާ ގޮތަށާއި މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު މިހާރު މި ކުށް ފެތެނީ ގާނޫނުލް އުގޫބާތުގެ 220 ވަނަ މާއްދާގެ އެއް ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ރ. ގެ އެއް ވަނަ ނަންބަރުގެ ދަށުން މުދަލަށް ގެއްލުންދިނުމުގެ ކުށަށް،" ހުކުމް އިއްވަމުން ގާޒީ ވިދާޅުވެފައިވެ އެވެ.

ރާއްޖެ ޓީވީ ރޯކޮށްލުމުގައި މީއާދު އަމަލު ކުރީ "ފަރުވާލެއް ނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުގައި" ކަމަށް ވެސް ގާޒީ ކަނޑައެޅި އެވެ. އެހެންކަމުން އޭނާގެ މައްޗަށް ކަނޑައަޅާފައި ވަނީ އަދަބު ކަނޑައެޅި މާއްދާއިން ދެވޭ އެންމެ ބޮޑު އަދަބެވެ.

މައްސަލާގައި މީއާދާ ދެކޮޅަށް ބޭނުންކުރި އެންމެ ބޮޑު ހެއްކަކީ އަންގި އެވެ. އެ އަންގި، ރާއްޖޭޓީވީގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖުން ފެނެ އެވެ. ފަހުން، އެ ސަރަހައްދު މަގުމަތިން ފުލުހުން ވަނީ އަންގީގެ އެއް ކިބަ ހޯދައިފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިން އެނގޭ ގޮތުގައި އެ އަންގި ކިބައިން މީއާދުގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި، ސީސީޓީވީ ފްޓޭޖުން ފެންނަ އަންގި އާއި ފުލުހުން ހޯދި އަންގިއާ އެއްގޮތް ސިފަތަކެއް ފާހަގަ ކުރެވުނެވެ. އެހެންވެ، އެ އަންގިއާ މީއާދާ ވަނީ ދައުލަތުން ގުޅުވާފަ އެވެ.

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލައިގައި މީއާދުގެ އިތުރުން އިތުރު ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި މީއާދު ފިޔަވައި އިތުރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox