އަފްގާނިސްތާނުގައި 72 މީހަކު މެރުމުގެ ތުހުމަތު ތާލިބާނަށް

ތާލިބާން ހަނގުރާމަވެރިއަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިއަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

މިދިޔަ އޯގަސްޓު މަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައި ފަހުން ގާނޫނާ ހިލާފަށް 100 އަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށާއި އެންމެ ގިނަ މީހުން މެރުމުގެ ފަހަތުގައި ވަނީ ތާލިބާނުން ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޑެޕިއުޓީ ޗީފް ނަދާ އަލް ނާޝިފް ވިދާޅުވީ ގިނަ ބަޔަކު މަރަމުންދާކަމުގެ ރިޕޯޓުތައް ލިބޭތީ ކަންބޮޑުވާ ކަމަށެވެ. ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ވައުދުވީ އެއްވެސް މީހެއްގެ ފަރާތުން ބަދަލު ނުހިފާނެ ކަމަށެވެ.

"އޯގަސްޓާއި ނޮވެމްބަރާ ދެމެދު އަފްގާން ކުރީގެ ސިފައިންނާއި ކުރީ ސަރުކާރުގެ 100 އަށް ވުރެ ގިނަ އޮފިޝަލުން މެރިކަމުގެ ސާބިތު ހެކި ލިބިފައިވޭ،" އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި އެކަމަނާ ވިދާޅުވި އެވެ.

"އޭގެ ތެރެއިން މަދުވެގެން 72 މީހުންގެ މަރުގެ ފަހަތުގައި ވަނީ ތާލިބާނުން."

"ބައެއް މީހުން މެރުމަށް ފަހު، އާއްމުންނަށް ދައްކަން ތަންތަނުގައި ޑިސްޕްލޭ ކުރި. އެކަމުގެ ސަބަބުން އާބާދީގެ ގިނަ ބަޔަކު ދިރިއުޅެނީ ބިރުވެރިކަމުގައި."

މި މަހުގެ ކުރީކޮޅު ހިޔުމަން ރައިޓްސް ވޮޗް އިން ނެރުނު ރިޕޯޓެއްގައި ވެސް ބުނީ އަފްގާން ކުރީގެ ސިފައިންނާއި ކުރީގެ ސަރުކާރުގެ 47 އޮފިޝަލުން މަރާލާފައިވާ ކަމަށެވެ. އެކަމާ މެދު ގައުމުތަކުން ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ.

ތާލިބާނުންގެ ތަރުޖަމާނު ގާރީ ސަޔިދު ހޮސްތީ ބުނީ އެއީ ދޮގު ރިޕޯޓެއް ކަމަށާއި މަރުތަކުގެ ވާހަކަ ހިމަނާފައު ވަނީ ހެއްކެއް ނެތި ކަމަށެވެ. އަދި ބައެއް މީހުން މަރުވެފައި ވަނީ ޒާތީ މައްސަލަތަކުގައި ކަމަށާއި އެއީ ތާލިބާނާ ގުޅޭ ކަމެއް ނޫން ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox