މޫސުމީ ބަދަލާއި ދުނިޔޭގެ ސަލާމަތާ ގުޅޭ ގަރާރާ އިންޑިއާ އާއި ރަޝިއާ ދެކޮޅު

އދ. ގެ ސަލާމަތީ މަޖިލީހުގައި ވޯޓުލުން ކުރިއަށް ދަނީ. -- ފޮޓޯ: އޭޕީ

އދ. ގެ ސަލާމަތީ މަޖިލީހުގައި ވޯޓުލުން ކުރިއަށް ދަނީ. -- ފޮޓޯ: އޭޕީ

އދ., އެމެރިކާ (ޑިސެމްބަރު 14) - މޫސުމީ ބަދަލާއި ދުނިޔޭގެ ސަލާމަތާ ގުޅުމެއްވާ ކަމަށް ރަސްމީކޮށް ލިންކު ކުރުމަށް ހުށަހެޅި ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުގައި ރަޝިއާ އިން ވީޓޯކޮށްފި އެވެ.

އދ. ގެ މެމްބަރު ގައުމުތަކުގެ މެޖޯރިޓީ ތާއީދު އޮތް އެ ގަރާރާ ދެކޮޅަށް ދެން ވޯޓު ދިނީ އިންޑިއާ އެވެ. ޗައިނާ އިން ވަކިކޮޅަކަށް ޖެހިފައެއް ނުވެ އެވެ.

ނައިޖާ އާއި އަޔަލޭންޑުގެ ތާއީދާ އެކު ހުށަހެޅި ގަރާރުގައި އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އަށް ގޮވާލަނީ ދުނިޔޭގެ ސަލާމަތާ ގުޅޭ ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލާ ގުޅޭ ކަންކަން ހިމަނައިގެން ގޮތް ނިންމުމަށެވެ.

ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ތާއީދު އެޔަށް ލިބުނެވެ. ނަމަވެސް ވީޓޯ ކުރުމުގެ ބާރު އޮތް ރަޝިއާ އިން، އެ ބާރު ބޭނުންކުރުމާ އެކު ގަރާރު ބާތިލްވާނެ އެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން އިންޑިއާ އިން ބުނީ މޫސުމީ ބަދަލަކީ ސަލާމަތާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ތަރައްގީއާ ގުޅޭ މައްސަލައެއް ކަމަށެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ ރަޝިއާ އިން ވީޓޯ ކުރުމުގެ ބާރު ބޭނުންކުރީ އެއްވެސް ސަބަބެއް ނެތި ކަމަށެވެ.

އެކަމާ ގުޅިގެން ނައިޖާ އާއި އަޔަލޭންޑުން ވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ލިބިދޭ ވީޓޯ ކުރުމުގެ ބާރަށް ފާޑުކިޔައިފަ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު އދ. އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް ދާއިމީ މެމްބަރުންނަށް ވީޓޯ ކުރުމުގެ ބާރު އޮވެ އެވެ. ދާއިމީ މެމްބަރުންނަކީ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ އަދި ޗައިނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox