ހުސެއިން ވަހީދު އަވަހާރަވުމަކީ ރާއްޖެއަށާއި މަޖިލީހަށް ލިބުނު ނިކަމެތިކަމެއް ކަމެއް: މަޖިލިސް

Dec 14, 2021, 8:20 AM
ރައީސް ސޯލިހު (ވ) އާއި ރައީސް ނަޝީދު މިއަދު މަރްހޫމް ހުސެއިން ވަހީދުގެ ސަންދޯއް އުފުއްލަވަނީ. --ފޮޓޯ: ސޯޝަލް މީޑިއާ

ރައީސް ސޯލިހު (ވ) އާއި ރައީސް ނަޝީދު މިއަދު މަރްހޫމް ހުސެއިން ވަހީދުގެ ސަންދޯއް އުފުއްލަވަނީ. --ފޮޓޯ: ސޯޝަލް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށްކަން ފާހަގަކޮށް އޭނާ އަވަހާރަވުމުގެ ހިތާމަ މަޖިލީހުގެ އިދާރާއިން ފާޅުކޮށްފި އެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް ހުސެއިން އަވަހާރަވީ އުމުރުން 53 އަހަރުގެ ރޭ މާލޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނި ގޮތުގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭނާ ސިފަކުރެއްވީ އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

"މެމްބަރު ހުސެއިން ވަހީދުއަކީ ދިވެހިރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިހްލާސްތެރި ބައިވެރިއެއް. (އެއީ) އެމްޑީޕީގެ ވަރުގަދަ ތަނބެއް،" ނަޝީދުއާ ހަވާލާދެއްވައި ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހާއި ދައުލަތަށް އިހުލާސްތެރި ހިދުމަތްތަކެއްކޮށްދެއްވި ހުސެއިން ވަހީދު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ."

މިއަދުގެ މެންދުރުނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮތް ހުސެއިންގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މެމްބަރު ހުސެއިން ވަހީދު.
މެމްބަރު ހުސެއިން ވަހީދު.

މެމްބަރު ހުސެއިން ވަހީދު.

ހުސެއިން ވަނީ 17 ވަނަ އަހަރު މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާގެ މެމްބަރުކަންކުރައްވައިފަ އެވެ. މި ދައުރުގައި އޭނާ ވަނީ މާލިއްޔަތު ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ސުލޫކް ކޮމިޓީ އާއި ބަޖެޓު ދިރާސާކުރާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިން ކޮމިޓީގައި މަސައްކަތްކުރައްވައިފަ އެވެ.

މިދިޔަ އަހަރުން ފެށިގެން ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހުސައިން މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ މި އަހަރުގެ މާޗު 29 ގަ އެވެ.

އެއަށް ފަހު، މާޗް 30 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ މަސްވެރިކަމުގެ ބިލަށް އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކިއެކި ރައްޔިތުންނާއި ހެޔޮ އެދޭ އެތައް އިއްޒަތްތެރި މެމްބަރުންނެއް ގުޅުއްވައި ހާލު ބައްލަވަމުން ދިޔަ ކަމަށްޓަކައި އުފާ ކުރައްވާ ކަމަށެވެ. އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވެވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުސެއިން އަކީ މަޝްހޫރު ވިޔަފާރިވެރިއެއް ވެސް މެ އެވެ. އެގޮތުން ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓުގައި އޭނާގެ ހިއްސާ އޮވެ އެވެ.

އަވަހާރަވިއިރު އޭނާގެ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox