އަމިއްލަ މަރު އޮޅުވާލަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފުލުހަކު ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ފުލުހަކު ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

އަމިއްލަ މަރު އޮޅުވާލުމުގެ ނިޔަތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހަކު މަރާލައި ހަށިގަނޑު އަންދާލި މައްސަލައެއްގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސުދޭޝް ކުމާރް ނަމަކަށް ކިޔާ މީހަކު އެ އަމަލު ހިންގީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެހެން މަރެއްގެ ޝަރީއަތުން ސަލާމަތްވުމަށް ކަމަށެވެ.

ސުދޭޝް ކުމާރްގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ލޯބިވެރިޔާއާ އެކު 2018 ވަނަ އަހަރު ގެއިން ފިލި އޭނާގެ އަންހެން ދަރިފުޅު މަރާލި ކަމަށެވެ.

އެ މައްސަލައިގައި ޖަލުގައި ބަންދުކޮށްފައި ހުއްޓާ އޭނާ ދޫކޮށްލީ ފުރިފައިވާ ޖަލުތަކުގައި ކޮވިޑް ފެތުރިދާނެތީ މިދިޔަ އަހަރު އެޅި ފިޔަވަޅުތަކެއްގެ ތެރެއިންނެވެ.

މިދިޔަ މަހު ވެރިރަށް ނިއު ދިއްލީ ކައިރީގައިވާ ގާޒީއާބާދުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފުލުހުންނަށް ފެނުނެވެ. ސުދޭޝް ކުމާރްގެ ހެދުމުގައި އޮތް އެ މީހާގެ ވޮލެޓުގައި ސުދޭޝް ކުމާރުގެ އައިޑީކާޑު ވެސް އޮތެވެ.

"ހަށިގަނޑުގައި އޮތީ ރޯކޮށްލާފައި. އެއް ބައި އެއްކޮށް އެނދުމުގެ ސަބަބުން ކާކުކަން ދެނެނުގަނެވޭ ވަރުވެފައި ހަށިގަނޑު އޮތީ،" ފުލުހުންގެ ސުޕްރިންޓެންޑެންޓް އިރާޖް ރާޖާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުމާރްގެ ގެޔަށް ގޮސް ހަށިގަނޑު އައިޑެންޓިފައިކޮށްދޭން އެދުނިން. އޭނާގެ އަންހެނުން ޔަގީންކުރި ގޮތުގައި އެއީ ކުމާރްގެ ހަށިގަނޑު. އެކަމަކު އަޅުގަނޑުމެންނަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނު."

ސުދޭޝް ކުމާރް އަދިވެސް ދިރިހުރި ކަމަށް ބުނެ ފުލުހުންނަށް ސިއްރު މައުލޫމާތު ލިބުމުން، މިދިޔަ ހުކުރު ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރީ ގޭގެ ބޭރުންނެވެ.

"ސުވާލުކުރުމާ އެކު އޭނާ ހުރިހާ ވާހަކައެއް ކިޔައިދީފި،" ރާޖާ ވިދާޅުވި އެވެ.

އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން ކަމަށް ބުނެ، މީހަކު ގެޔަށް ގެނެސް، އޭނާގެ ހެދުމެއް ދީ، ރާ ބޯން ދިނުމަށް ފަހު، އަނިޔާކޮށް މަރާލީ ކަމަށް ސުދޭޝް ކުމާރު ބުންޏެވެ.

ރާޖާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސުދޭޝް ކުމާރާއި އޭނާގެ އަންހެނުންނަށް ވެސް ދައުވާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox