އިންޑިއާގެ އަސްކަރީ ވެރިޔާ އަށް ބަދުބަސް ބުނި އަށް މީހުން ހައްޔަރުކޮށްފި

ޖެނެރަލް ބިޕިން ރާވަތު އަވަހާރަވީ ހެލިކޮޕްޓަރު ވެއްޓިގެން.

ޖެނެރަލް ބިޕިން ރާވަތު އަވަހާރަވީ ހެލިކޮޕްޓަރު ވެއްޓިގެން.

މިދިޔަ ހަފުތާގައި ހެލިކޮޕްޓަރު ވެއްޓި އަވަހާރަވި އިންޑިއާގެ އަސްކަރީ ވެރިޔާއާ ގުޅޭ ގޮތުން ބަދުބަސް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި އަށް މީހުން ހައްޔަރުކޮށްފި އެވެ.

ޖެނެރަލް ބިޕިން ރާވަތު އާއި އަނބިކަނބަލުން އަދި އިތުރު 11 މީހުން ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓި، އެ އެންމެން ވެސް ވަނީ މަރުވެފަ އެވެ.

ޖެނެރަލް ބިޕިން އަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ގާތް އަދި އިންޑިއާގައި މަގްބޫލު ބޭފުޅެކެވެ. ނަމަވެސް ކުރައްވާފައިވާ ބައެއް ކަންކަމަށް އާއްމުންގެ ފާޑުކިޔުން ވެސް އަމާޒުވެ އެވެ.

އެގޮތުން ކަޝްމީރުގައި ޖެނެރަލް ބިޕިންގެ އުޅަނދު ކުރީކޮޅުގައި އާއްމު ރައްޔިތަކު ބަނދެފައި ބޭއްވި މައްސަލައިގައި ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އޭނާ އަވަހާރަވުމާ އެކު ހައްޔަރު ކުރި ފުރަތަމަ މީހާ އިންސްޓަގްރާމްގައި ބުނީ "ޖަހަންނަމަށް އެތެރެވުމުގެ ކުރިން" ދިރިހުއްޓާ އަނދާފައިވާ ކަމަށެވެ. އެ ޕޯސްޓު ލިޔުނު މީހާ އާއި އިތުރު ދެ މީހުން ރާޖަސްތާން ސްޓޭޓުން ހައްޔަރު ކުރި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި އެކި ސްޓޭޓުތަކުން އިތުރު ފަސް މީހުން ހައްޔަރު ކުރީ "އާއްމުންގެ އިހުސާސްތަކަށް ގެއްލުން ދިނުމުގެ" ތުހުމަތުގައި ކަމަށެވެ.

އޭގެ އިތުރުން ޖައްމު ޑިސްޓްރިކްޓުގައި ޖެނެރަލް ބިޕިން އަވަހާރަވިކަމުގެ ހަބަރަށް ފޭސްބުކްގައި "ލާފް ރިއެކްޓް ކުރި" ކުރި ބޭންކެއްގެ މުވައްޒަފަކު ވަނީ ވަޒީފާ އިން ސަސްޕެންޑުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުން އަމަލު ކުރާ ގޮތަށް ބަލާފައި ފިޔަވަޅު އެޅުން ފަހަކަށް އައިސް އިންޑިއާގައި ވަނީ އިތުރުވެފަ އެވެ. އެހެންވެ، އިންޑިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތެމުންދާ ކަމަށް އެނެލިސްޓުން ދެކެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ކްރިކެޓް މެޗަކުން އިންޑިއާގެ ޓީމު ޕާކިސްތާނުގެ އަތުން ބަލިވުމުން، އުފާ ފާޅުކުރި ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އަދިވެސް ތިބީ ބަންދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox