ކްލަބް މޯލްޑިވްސް: ޕްރިޒަން ސެމީ އަށް، އެފްއެސްއެމް އިން ވަރުގަދަ އެޗްޑީސީ ވެސް ކަޓުވާލައިފި

Dec 12, 2021, 7:50 PM
ޕެނަލްޓީ ޖަހައިގެން މޮޅުވުމުން އެފްއެސްއެމް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ޕެނަލްޓީ ޖަހައިގެން މޮޅުވުމުން އެފްއެސްއެމް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އެފްއެސްއެމް އިން ޕެނަލްޓީ ޖަހައިގެން ވަރުގަދަ ފޯމެއްގައި އޮތް ކްލަބް އެޗްޑީސީ ކަޓުވާލައި ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ސެމީގައި އެފްއެސްއެމް ކުޅޭނީ މިރޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން އެމްއޭސީއެލް ބަލިކުރި ޕްރިޒަން ކްލަބާ ދެކޮޅަށެވެ.

މުބާރާތުގެ ދެ ވަނަ ބުުރުގައި އެފްއެސްއެމް އިން ވަނީ މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު ނުކުތް ކްލަބް ވެމްކޯ ކަޓުވާލައިފަ އެވެ. މިރޭ އެޗްޑީސީ ވެސް އެފްއެސްއެމް އަތުން ބަލިވިއިރު، އެ ޓީމުން މި ވަނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް ވެމްކޯ އާއި އެޗްޑީސީ ދެ ޓީމު ވެސް ކަޓުވާލައިފަ އެވެ.

އެޗްޑީސީއާ ދެކޮޅަށް މިރޭ އެފްއެސްއެމް އިން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީ ޖަހައިގެން އެފްއެސްއެމް މޮޅުވީ 6-7 އިންނެވެ.

މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗަކީ ރޭ ކުޅެން ރޭވި މެޗުތަކެކެވެ. އެކަމަކު، އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން މިރެއަށް ފަސްކުރީ އެވެ. މިރޭ އެޗްޑީސީ އާއި އެފްއެސްއެމްގެ މެޗުގެ ބޮޑުބައި ކުޅުނީ ބޯ ވިއްސާރައިގެ ތެރޭގަ އެވެ.

ރެހެންދި އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި އެފްއެސްއެމްގެ ކެޕްޓަން މުހައްމަދު ނާފިއު (ނާއްޕެ) އެ ޓީމަށް ލީޑުނަގައިދިނެވެ. އަރިމަތިން ބޯޅަ ހިފައިގެން ގޮސް ނާއްޕެ މި ގޯލު ޖެހީ އެޗްޑީސީގެ ކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) ކައިރިން ވެސް ނައްޓާފަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅު ދެ މިނިޓް ތެރޭގައި ދެ ގޯލު ޖަހައި އެޗްޑީސީން ނަތީޖާ އަނބުރާލި އެވެ. މި ގޯލުތައް ޖެހީ އަހުމަދު ސިޒާން އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

އެކަމަކު، އެޗްޑީސީން ލީޑުނަގައި ހަމަޖެހިނުލެވެނިސް އެފްއެސްއެމް އިން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ މި ފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. ވިއްސާރައިގެ ސަބަބުން ދެ ޓީމަށް ވެސް ދެ ވަނަ ހާފުގައި ގޯލެއް ޖެހޭގޮތް ނުވެ ދިޔައީ ޕެނަލްޓީ އަށެވެ.

ޕެނަލްޓީގައި އެފްއެސްއެމް އިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، އެޗްޑީސީން ޖެހި ފަސް ޕެނަލްޓީން ކާމިޔާބުވީ ހަތަރު ޕެނަލްޓީ އެވެ. އެފްއެސްއެމް އިން މުހައްމަދު ތޯހިިރު، ވިޖުއްކޮ، މުހައްމަދު ޝިމްހާން، މުހައްމަދު އަމްޖަދު (އަމްޖޭ) ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެޗްޑީސީގެ އިބްރާހިމް ރިމާހު (ރިމޭ)، ޔާމިން މުހައްމަދު (ޔާންޓެ)، އަލީ ޝައިހާން އަދި މުހައްމަދު ސުޖާން ޕެނަލްޓީ ކާމިޔާބު ކޮށްފައިވަނިކޮށް އެ ޓީމުގެ ސިޒާން ޖެހި ޕެނަލްޓީ އެފްއެސްއެމްގެ ކީޕަރު އަބްދުﷲ ފަޔާޒް (ފަޔާ) މަތަކުރި އެވެ. އެފްއެސްއެމް މޮޅުވާން ލިބުނު ޕެނަލްޓީ ނާއިފް ޝަފީގް (ސީއާރް3) ކާމިޔާބުކޮށް އެ ޓީމަށް ސެމީގެ ޖާހަ ހޯދައިދިނީ އެވެ.

އެފްއެސްއެމް ސަޕޯޓަރުންނާ އެކު އެ ޓީމު ކުޅުންތެރިން ވަނީ ބޯ ވިއްސާރައިގެ ތެރޭގައި އުފާފާޅުކޮށްފަ އެވެ.

ޕްރިޒަން ކްލަބްގެ ކުޅުންތެރިން ޕެނަލްޓީ ޖަހައިގެން މޮޅުވުމުން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ކުއާޓާގެ ފުރަތަމަ މެޗުގައި މިރޭ އެމްއޭސީއެލް އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އަހުމަދު ހަމީދު (އައްމަޑޭ) އާއި އަޒްޔާން އިބްރާހިމްގެ ގޯލުތަކުން އެމްއޭސީއެލް އިން ލީޑުނަގާފައިވަނިކޮށް ޕްރިޒަން އިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ދެ ވަނަ ހާފުގެ ފަހުކޮޅުގައި މި ގޯލުތައް ޖެހީ އާދަމް މަންސޫރާއި ސަނީމް ސަމާއިލް އެވެ. މި މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި ޕްރިޒަން މޮޅުވީ 7-6 އިންނެވެ.

ޕްރިޒަން އިން ވަނީ ހަ ޕެނަލްޓީން ފަސް ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ސަނީމް ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު، މަންސޫރް، މުރުތަޖާ މުހައްމަދު، ސާޖިދު ރަޝީދު، އަހުމަދު ޝަމާލް އަދި ހުސެއިން ނަބީހް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެމްއޭސީއެލްގެ ހަ ޕެނަލްޓީ ތެެރެއިން އަލީ ޝާފިއު އާއި އަބްދުﷲ ސުޒޭރު ޖެހި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. އެމްއޭސީއެލް އިން ޕެނަލްޓީ ޖެހީ ސައްޔާހު އައްބާސް، މުހައްމަދު މުސްތަފާ، އަޒްޔާން އަދި ހުސެއިން ސަމްހާން އެވެ.

ސެމީގައި އެފްއެސްއެމް ބައްދަލުކުރާނީ ޕްރިޒަންއާ އެވެ. މުބާރާތުގައި މާދަމާރޭ އޮންނާނީ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗެވެ. އާރްއާރްސީ ކުޅޭނީ އެމްޕީއެލްއާ އެވެ. އަދި އެސްޓީއޯ ބައްދަލުކުރާނީ ޓީމު ފެނަކައާ އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ މާދަމާރޭ ދެ މެޗުން މޮޅުވާ ދެ ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox