ހައްގުތަކާއި މިނިވަންކަމުގެ ދާއިރާގައި ޒުވާން ޖީލުގެ އުންމީދު ފުރިހަމަ ކޮށްދޭނަން: ރައީސް

އިންސާނީ ހައްގުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އިންސާނީ ހައްގުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ހައްގުތަކާއި މިނިވަންކަމުގެ ދާއިރާގައި ދިވެހި ޒުވާން ޖީލުގެ އުންމީދު ފުރިހަމަ ކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ޒުވާން ޖީލުގެ އެ އުއްމީދުތައް ފުރިހަމަކޮށް ދިނުމަށްޓަކައި ސަރުކާރުން ފުރިހަމައަށް ޒިންމާ އަދާކުރާނެ ކަމަށެވެ.

"އެކަމުގެ ޔަގީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދިރިހުރުމުގެ ހައްގާއި، ރަނގަޅު ކާނާއާއި، ސާފު ބޯފެން ލިބުމާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް އޮތުމާއި، ރަނގަޅު ސިއްހީ ހިދުމަތް ލިބިދިނުން ފަދަ، ފަރުދުންގެ ޒާތީ ކިތަންމެ ހައްގުތަކެއް، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށާއި އެ ހައްގުތަކާއި މިނިވަންކަން، އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ގޮތެއްގައި ލިބިދިނުމަކީ ދައުލަތުގެ ވާޖިބެއް ރައީސް ވިދާޅުވި އެވެ.

ހައްގުތައް ކުރިން އޮތް ގޮތާއި މިހާރު އައިސްފައިވާ ކުރިއެރުން ރައީސް ސޯލިހު ގެނެސް ދެއްވީ މާޒީގެ ހަނދާތަކާއެކު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި، ސިފައިން ވައްދާ މަޖިލިސް "ހިސޯރު" ކޮށް، މެމްބަރުން ބޭރުކުރި ހަނދާން އާކުރައްވަމުން، އޭރު ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި މިހާރުގެ ރައީސް ވިދާޅުވީ "މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ،" ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ، އެއްވެސް ނުފޫޒެއް، ބިރު ދެއްކުމެއް ނެތި. ސިފައިންނާއި ފުލުހުން މިއަދު އެތިބީ، މަޖިލީހުގެ މެންބަރުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
މިރޭގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ މިނިވަންކަން ދިނުމުން ވީ ފައިދާ

މިހާރު މިނިވަން ނޫސްވެރިކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވެފައި އޮއްވައި، ރޭގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ "[ޔާމީންގެ ވެރިކަމުގައި] ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ، އަބުރުގެ ގާނޫނުގެ ނަމުގައި އޮތް ބަނަ ވިލާގަނޑުތަކަކުން ބައްދާލާފައި،" ކަމަށެވެ.

އޭރު މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާއެއްގެ ކަމަކީ، ނޫސްވެރިންނާއި، ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ،

"ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން. މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިރިހުރުމުގެ ހައްގު ފުރިހަމަ ވަނީ އަސާސީ އެތައް ހައްގުތައް ގެތި ލާމެހިގެން ކަމަށާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމަކީ، އެންމެ މުހިންމު އެއް ހައްގު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ހައްގު ލިބިދިނުމަށްޓަކައި ގިނަ މަޝްރޫއުތަކެއް މިހާރުވެސް އިރާދަކުރެއްވިއްޔާ ހިނގަމުން އެބަދޭ. އަދި އިތުރު މަޝްރޫއުތައް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ ކޮންމެ މަޝްރޫއުއަކީ، އަސާސީ ހައްގުތަކާ ގުޅިފައިވާ ހިދުމަތްތައް، ރައްޔިތުންގެ މެދުގައި ތަފާތު ނުކޮށް، ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ހިންގާ މަޝްރޫއު ކަމަށެވެ.

"އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރުވެސް، އަސާސީ ހިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، އަޅުގަނޑުމެން މި އަންނަނީ އެ ހިދުމަތްތައް ގާއިމުކުރަމުން،" މި ސަރުކާރުން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އިޝާރަތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ، އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުން ކަމަށާއި އިންސާނީ ހައްގުތަކާއި އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުން. އަދި އިންސާނީ ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރިނަމަ، އެކަމެއް ނައްތައިލުން."

ރައީސް ސޯލިހު ވިދާޅުވީ އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރި ކުރެވޭނީ، އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ ހައްގުތައްވެސް ރައްކާތެރިކޮށްގެން ކަމަށެވެ.

"މި ދެންނެވި ހުރިހާ ހައްގުތަކެއް ރައްޔިތުންނަށް ލިބިދިނުމަކީ، ސަރުކާރުގެ ޒިންމާއަކަށްވާއިރު، އެ ޒިންމާ ސަރުކާރުން އަދާކުރާ މިންވަރު ބެލުމަށް އުފެއްދި ތަނަކީ ހިއުމަން ރައިޓްސް ކޮމިޝަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox