ކްރިޕްޓޯ ސްކޭމް ހިންގާ މީހުން މޯދީގެ ޓްވިޓާ އަނެއްކާވެސް ހެކްކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 12) - އިންޑިއާގައި ލީގަލް ޓެންޑާގެ ގޮތުގައި ބިޓްކޮއިން ބޭނުން ކުރަން ފަށާފައިވާ ކަމަށާއި ރައްޔިތުންނަށް ކްރިޕްޓޯކަރަންސީ ބަހަމުންދާ ކަމަށް ބުނާ މެސެޖަކާ އެކު ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ޓްވިޓާ އެކައުންޓު އަނެއްކާވެސް ހެކްކޮށްފި އެވެ.

މޯދީ އަކީ ގަވާއިދުން ޓްވީޓު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނަކީ މި ވަގުތު ޓްވިޓާ ބޭނުން ކުރާ ލީޑަރުންގެ ތެރެއިން އެންމެ މަގްބޫލު އެއް ލީޑަރެވެ. ހަތްދިހަ ތިން މިލިއަނަށް ވުރެ ގިނަ މީހުން މޯދީގެ ޓްވިޓާ އެކައުންޓް ފޮލޯކުރެ އެވެ.

މޯދީގެ އެކައުންޓުން އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ އިންޑިއާ ސަރުކާރުން ރަސްމީކޮށް 500 ބިޓްކޮއިން ގަނެފައިވާ ކަމަށާއި "ގައުމުގައި އުޅޭ އެންމެންނަށް ކްރިޕްޓޯކަރަންސީ ބަހަމުން" ދާ ކަމަށެވެ. އެއާއެކު ސްކޭމް ލިންކެއް ޕޯސްޓު ކުރި އެވެ.

ފަހުން ވަނީ އެ ޓްވީޓް ޑިލީޓުކޮށްފަ އެވެ. މޯދީގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ "ކުޑަ ވަގުތުކޮޅަކަށް" ބަޔަކު އެކައުންޓު ހެކްކުރީ ކަމަށެވެ. ނަމަވެސް ޓްވިޓާގެ އެހީއާ އެކު އެކައުންޓުގެ ކޮންޓްރޯލް އަލުން ހޯދާފައިވާ ކަމަށް ބުންޏެވެ.

މިއީ މޯދީގެ ޓްވިޓާ އެކައުންޓެއް ހެކްކުރި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މޯދީ ނުރަސްމީކޮށް ބޭނުންކުރާ ޓްވިޓާ އެކައުންޓެއް ހެކްކުރި އެވެ. އެ ފަހަރު ހެކަރުން ޕޯސްޓުކުރި ޓްވީޓުގައި އެދުނީ ކޮވިޑާ ގުޅިގެން ކަމަށް ބުނެ ފޭކު ފަންޑަކަށް ފައިސާ ފޮނުވުމަށެވެ.

އާދީއްތަ ދުވަހު މޯދީގެ ރަސްމީ އެކައުންޓު ހެކްކުރި އިރު، އިންޑިއާ ސަރުކާރުން ދަނީ ކްރިޕްޓޯކަރަންސީގެ ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންނެވެ. އެގޮތުން މި މަހު ފަހުކޮޅު ޕާލިމެންޓަށް އާ ގާނޫނެއް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ.

އެ ގާނޫނުގައި ހިމެނޭނެ ކަންކަމުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ދެކޭ ގޮތުގައި ޕްރައިވެޓް ޑިޖިޓަލް ފައިސާ ބޭނުން ކުރުން އެއްކޮށް މަނާވާން ޖެހެ އެވެ.

ކްރިޕްޓޯކަރަންސީއާ ދެކޮޅަށް ކޯޓުން ނިންމި ނިންމުމެއް މިދިޔަ އަހަރު ސުޕްރީމް ކޯޓުން އުވާލުމުން އިންޑިއާގެ ކްރިޕްޓޯ މާކެޓު ވަނީ ވަރަށް ބޮޑަށް ހިނގައިގަނެފަ އެވެ. އެގޮތުން ބޮލީވުޑް ތަރިންނާއި ކްރިކެޓް ކުޅުންތެރިން ދަނީ ކްރިޕްޓޯ ޕްރޮމޯޓް ކުރާ އިޝްތިހާރުތަކުގައި ވެސް ބައިވެރިވަމުންނެވެ.

މިދިޔަ މަހު މޯދީ ވިދާޅުވީ ކްރިޕްޓޯކަރަންސީއާ ހެދި "ޒުވާނުން ހަލާކުވެދާނެ" ކަމަށެވެ. މަރުކަޒީ ބޭންކުން ވެސް ތަކުރާރުކޮށް އިންޒާރުދީފައިވާ ގޮތުގައި އޭގެ ސަބަބުން "އިގްތިސާދީ އަދި މާލީ ހަމަޖެހުމަށް ސީރިއަސް ގޮންޖެހުންތަކެއް" ކުރިމަތުވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox