ޑޯނަރުން ހިފަހައްޓާފައިވާ އަފްގާން ފަންޑުތަކެއް ދޫކޮށްލަން ނިންމައިފި

އަފްގާނިސްތާނުގެ 23 މިލިއަން މީހުންނަށް އަވަސް ކާބޯތަކެތީގެ އެހީ ބޭނުންވޭ. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ 23 މިލިއަން މީހުންނަށް އަވަސް ކާބޯތަކެތީގެ އެހީ ބޭނުންވޭ. -- ފޮޓޯ: އޭއެފްޕީ

ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފަންޑަކުން 280 މިލިއަން ޑޮލަރު ދޫކުރަން ބައިނަލްއަގްވާމީ ޑޯނަރުން ނިންމާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާ އެކު ޑޯނަރު ވަނީ ފަންޑުތައް ހިފަހައްޓާފަ އެވެ. އެއާއެކު އެހީ އަށް ބަރޯސާވެފައި އޮތް ގައުމަށް ވަނީ އިންސާނީ އަދި އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފަ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން އިންޒާރު ދޭ ގޮތުގައި އަފްގާން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ބަނޑުހައި ހޫނުކަމާ ވަނީ ކުރިމަތިވެފަ އެވެ.

އޭގެ އިތުރުން ތިން މިލިއަން ކުދިންނަށް ވަނީ މެލްނިއުޓްރިޝަން ނުވަތަ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބި މާ ބޮޑަށް ހިކިވެ އަނަރޫފަވުމުގެ މައްސަލަ ދިމާވެފަ އެވެ.

ސިވިއާ މެލްނިއުޓްރިޝަން ދިމާވެފައިވާ ކުއްޖަކަށް ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ
ސިވިއާ މެލްނިއުޓްރިޝަން ދިމާވެފައިވާ ކުއްޖަކަށް ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ސިވިއާ މެލްނިއުޓްރިޝަން ދިމާވެފައިވާ ކުއްޖަކަށް ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ކާބޯތަކެތީގެ ދަތިކަން އެހާ ބޮޑަށް ކުރިމަތިވެފައި ވަނީ އާދަޔާ ހިލާފަށް ހޫނުގަދަވެ ދަނޑުތައް ހަލާކުވުމުގެ ސަބަބުންނެވެ. އެއާއެކު ތަކެތީގެ އަގުތައް ނުހިފިހެއްޓޭ މިންވަރަށް މައްޗަށް ގޮސް، ތަކެތި އިމްޕޯޓް ކުރާނެ ފައިސާ ނެތުމުން ގިނަ ބަޔަކު ބަނޑަށް ޖެހުނީ އެވެ.

ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގަންނަން ހުޅަނގުގެ ގައުމުތަކުން ބޭނުމެއް ނުވެ އެވެ. އެހެންވެ އެމެރިކާ އާއި އެހެން ގައުމުތަކުން ވަނީ އަފްގާނިސްތާނުގެ 10 ބިލިއަން ޑޮލަރު ހިފަހައްޓާފަ އެވެ.

އޭގެ އިތުރުން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ އެހީތައް މެދުކަނޑާލާފަ އެވެ.

ނަމަވެސް ޑޯނަރުން 280 މިލިއަން ޑޮލަރު ދޫކުރަން ނިންމުމާ އެކު އެ ފައިސާ ފޯރުކޮށްދޭނީ އދ. ގެ އެޖެންސީގެ ގޮތުގައި ހިމެނޭ ޔުނިސެފާއި ޑަބްލިއުއެފްޕީ އަށެވެ.

ވޯލްޑް ބޭންކުން ބުނީ ތާލިބާނުން ވެރިކަމަށް އައި ނަމަވެސް އެ ދެ އެޖެންސީން އަފްގާނިސްތާނުގެ އޮޕަރޭޝަންތައް ހުއްޓާ ނުލާ ކަމަށާއި އެ މީހުން މެދުވެރިކޮށް ސީދާ އަފްގާން ރައްޔިތުންނަށް އެހީވެވޭނެ ކަމަށެވެ.

ދޫކުރި ފައިސާ އިން 100 މިލިއަން ޑޮލަރު ދޭނީ ޔުނިސެފަށް ކަމަށާއި 180 މިލިއަން ޑޮލަރު ދޭނީ ޑަބްލިއުއެފްޕީ އަށް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox