ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށަނީ

Dec 11, 2021, 6:24 AM
އެޗްޑީސީ ޓީމުގެ ރިމޭ ބޯޅަ ހިފައިގެންދަނީ: އޭނާ ވަނީ ދެ ވަނަ ބުރުގައި ސިފައިން ކޮޅަށް ހެޓްރިކެއް ހަދާފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެޗްޑީސީ ޓީމުގެ ރިމޭ ބޯޅަ ހިފައިގެންދަނީ: އޭނާ ވަނީ ދެ ވަނަ ބުރުގައި ސިފައިން ކޮޅަށް ހެޓްރިކެއް ހަދާފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު މިރޭ ކުޅޭނެ އެވެ.

ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ މެޗުތައް ކުޅޭނީ އެއް ދަނޑެއްގަ އެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅޭނީ ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗެވެ. އެއީ އެމްއޭސީއެލް އާއި ޕްރިޒަން ކްލަބް ކުޅޭ މެޗާއި އެޗްޑީސީ އަދި އެފްއެސްއެމް ބައްދަލުކުރާ މެޗެެވެ. މާދަމާރޭ ކުޅޭނީ އާރްއާރްސީ އާއި އެމްޕީއެލް ބައްދަލުކުރާ މެޗާއި ޓީމު ފެނަކަ އާއި އެސްޓީއޯ ކުޅޭ މެޗެވެ.

ކުއާޓާ ފައިނަލް މެޗުތައް:

ޕްރިޒަން ކްލަބް - އެމްއޭސީއެލް (މިރޭ، 20:15)

ކްލަބް އެޗްޑީސީ - އެފްއެސްއެމް (މިރޭ، 22:15)

އެމްޕީއެލް - އާރްއާރްސީ (މާދަމާރޭ، 20:15)

އެސްޓީއޯ - ފެނަކަ (މާދަމާރޭ، 22:15)

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ކެޓީ ދެ ވަަނަ ބުރުގެ ފުރުސަތު ނުލިބި ގްރޫޕް ސްޓޭޖުންނެވެ. އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ މި ފަހަރު ފުޓްސަލްގެ ތަރިން ގިނަ ޓީމެއް އެކުލަވާލައިގެން އައި ނަމަވެސް ދެ ވަނަ ބުރު ފަހަނައަޅައި ނުދެވުނެވެ. ހިތްވަރުގަދަ ކުޅުމެއް ދައްކައި، ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ވެމްކޯ ކަޓުވާލީ އެފްއެސްއެމް އިންނެވެ. އެފްއެސްއެމް އިން ކުއާޓާގައި މިރޭ ކުޅެން ޖެހޭނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ އެޗްޑީސީއާ އެވެ. އެޗްޑީސީ މިހާތަނަށް ކުޅުނު ކޮންމެ މެޗަކުން ވެސް ވަނީ ފަސޭހައިން މޮޅުވެފަ އެވެ. ދެ ވަނަ ބުރުގައި ސިފައިންގެ މައްޗަށް ކުރިހޯދީ ފަސޭހައިންނެވެ.

އެމްޓީސީސީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި އެމްއޭސީއެލް ކުއާޓާގައި މިރޭ ކުޅޭ ޕްރިޒަން އިން ވަނީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބް ކަޓުވާލައިފަ އެވެ. ކޯޗު މުހައްމަދު ޝާހީން (ޕޮޓޭ)ގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕްރިޒަން މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ފެނަކަ އަތުންނެވެ. އަނެއް ކޮޅުން އެމްއޭސީއެލް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މީޑިއާނެޓް އަތުން ބަލިވެފަ އެވެ. އެކަމަކު، އޭގެ ފަހުން ޖެހިޖެހިގެން ތިން މެޗުން މޮޅުވި އެވެ.

މުބާރާތުގައި މިހާތަނަށް މެޗަކަށް ފަހު މެޗެއް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އެމްޕީއެލް އާއި އާރްއާރްސީގެ މެޗު ފޯރިގަދަވާނެ އެވެ. ދެ ޓީމުން ވެސް ދެ ވަނަ ބުރުގައި ކުޅުނު މެޗުގައި ވަނީ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އާރްއާރްސީގެ ކޯޗަކީ ފުޓްސަލްގައި ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. އެމްޕީއެލާ ހަވާލުވެ ހުރީ އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.

އެސްޓީއޯ އާއި ފެނަކަ އަކީ ކުއާޓާ ފައިނަލްގެ ބޮޑު ކުރިމަތިލުމެވެ. ދެ ޓީމު ވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެފައިވާއިރު، ސެމީގެ ފުރުސަތު ލިބޭނީ މިތަނުން އެއް ޓީމަށެވެ. ދެ ޓީމުގެ ބެންޗަށް ބަލާއިރު، ތިބީ ފުޓްސަލް އަށް މަޝްހޫރު ދެ ކޯޗުންނެވެ. އެސްޓީއޯގެ ކޯޗަކީ ކްލަބް މޯލްޑިވްސް ކަޕްގައި އެމްޕީއެލް އިން ފެނުނު އަހުމަދު ވިޝާލް (އަންދު) އެވެ. ފެނަކަ ޓީމުގެ ކޯޗަކީ އަހުމަދު ނިސާމް (ފޮޓޯ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox