ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީންގެ ފިހާރަތައް ބިމާހަމަކޮށްފި

މިޔަންމާ އިން ބަންގްލަދޭޝަށް ހިޖުރަކުރި ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއް. -- ފޮޓޯ: އޭއެފްޕީ

މިޔަންމާ އިން ބަންގްލަދޭޝަށް ހިޖުރަކުރި ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއް. -- ފޮޓޯ: އޭއެފްޕީ

ކޮކްސަޒް ބާޒާރް، ބަންގްލަދޭޝް (ޑިސެމްބަރު 10) - ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕުތަކުގައި ހިންގަމުންދާ ހާހަކަށް ވުރެ ގިނަ ފިހާރަ ބިމާހަމަކޮށްފި އެވެ.

ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައިވާ 34 ރެފިއުޖީ ކޭމްޕުގައި 850،000 އަށް ވުރެ ރޮހިންޔާ މުސްލިމުން ދިރިއުޅެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އަވައްޓެރި މިޔަންމާގެ ސިފައިން 2017 ވަނަ އަހަރު އެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާ އިން ސަލާމަތްވުމަށް ހިޖުރަ ކުރި މީހުންނެވެ.

ހިޖުރަ ކުރި ރެފިއުޖީންނަށް ބަންގްލަދޭޝް އިން މަރުހަބާ ކިޔުމުން ބައިނަލްއަގްވާމީ ފަރާތްތަކުން ތައުރީފް ކުރި އެވެ. ނަމަވެސް ރެފިއުޖީ ކޭމްޕުތަކުގައި ހައްގުތައް ހިފަހައްޓާފައިވާ ގޮތާއި، ގުދުރަތީ ގޮތުން ވަރަށް ގިނައިން ފެންބޮޑުވާން މެދުވެރިވާ ރަށަކަށް ރެފިއުޖީން ބަދަލުކުރަން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެ އެވެ.

ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކޭމްޕުތައް ބަލަހައްޓާ އޮފިޝަލުން ވަނީ އެކްސްކެވޭޓަރާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ކޮކްސަޒް ބާޒާރު ސަރަހައްދުގައި ހުރި ގިނަ ކޭމްޕުތަކެއްގައި ހިންގާ ފިހާރަތައް ބިމާހަމަކޮށްފަ އެވެ.

ޑެޕިއުޓީ ރެފިއުޖީ ކޮމިޝަނަރު ޝަމްސުދް ދައުޒާ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުން ބިމާހަމަކުރަމުން ދަނީ ކޭމްޕުތަކުގައި "ގަވާއިދާ ހިލާފަށް" ހިންގާ ފިހާރަތައް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ގަވާއިދާ ހިލާފަށް ހިންގާ ހާހެއްހާ ފިހާރަ ހުސްކޮށްފައި. ގަވާއިދާ ހިލާފަށް ހިންގާ ފިހާރަތައް ނައްތާލަނީ ރޮހިންޔާ މީހުން ދިރިއުޅޭނެ ތަންތަން އަޅަން،" އޭނާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

ބެމްބޫ އާއި ދަގަނޑު ސްޓްރަކްޗާތަކުން ހަދާފައިވާ ފިހާރަތައް ބިމާހަމަކުރި މަންޒަރު ބަލަން އެތައް ހާސް ރޮހިންޔާ ބަޔަކު ޖަމާވި އެވެ. އޭގެ ތެރެއިން ބައެއް މީހުން ރޮމުން ދިޔައިރު، އަނެއް ބައި މީހުން ތިބީ ހާސްކަމުގަ އެވެ.

ރެފިއުޖީ ކޭމްޕެއްގައި ބިމާހަމަކޮށްފައިވާ ފިހާރައެއް ކައިރީގައި ކުދިންތަކެއް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ
ރެފިއުޖީ ކޭމްޕެއްގައި ބިމާހަމަކޮށްފައިވާ ފިހާރައެއް ކައިރީގައި ކުދިންތަކެއް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ރެފިއުޖީ ކޭމްޕެއްގައި ބިމާހަމަކޮށްފައިވާ ފިހާރައެއް ކައިރީގައި ކުދިންތަކެއް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

"އެ މީހުން އެ ސުންނާފަތިކޮށްލީ އަހަރެންގެ ފިހާރަ. އެއީ އަހަންނަށް އާމްދަނީއެއް ލިބެން އޮތް ހަމައެކަނި މަގު. އެ ތަނުން ލިބުނު އާމްދަނީ އިން ހަތް މީހުންގެ އާއިލާއެއް އަހަރެން ބަލަހައްޓަން ޖެހޭ،" އުމުރުން 30 އަހަރުގެ އަލް އަމީން ބުންޏެވެ.

"ފިހާރަތައް ސުންނާފަތި ކުރަން ހިންގާ މި އޮޕަރޭޝަންތަކާ ހެދި އެތައް ހާސް ރޮހިންޔާ މީހުންނަށް ދަނީ އަސަރު ކުރަމުން،" އޭނާ އޭއެފްޕީ އަށް ބުންޏެވެ.

"އަހަރެން ދެން ކުރަންވީ ކީއްކަމެއް ނޭނގޭ. ކީކޭ ބުނާނީ؟ މިޔަންމާ ސިފައިން އަހަރުމެންގެ ދިރިއުޅުން ބަރުބާދުކޮށްލި. އަނެއްކާވެސް ދިރިއުޅުން ބަރުބާދުވެގެން މި ދަނީ."

"އަހަރެންގެ އާއިލާގެ ބަނޑު ފުރާނަ މުއްތި ކުރަން ޖެހޭ،" ކޮސްމެޓިކްސްގެ ވިޔަފާތި ކުރާ އުމުރުން 24 އަހަރުގެ އަބްދުއް ރަޝީދު ބުންޏެވެ.

"އަހަރެންގެ އަންހެނުން އިނީ ބަލިވެ. އަހަރެންގެ މައިންބަފައިން ވެސް ބަރޯސާވަނީ މި ފިހާރަ އިން ލިބުނު އެއްޗަކަށް. މިހާރު އަހަންނަށް ހުރިހާ އެއްޗެއް މި ގެއްލުނީ."

ކޭމްޕުތަކުގެ ހާލަތު މޮނީޓާ ކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގްރޫޕެއްގެ އޮފިޝަލަކު ބުނީ ކަމާ ބެހޭ ފަރާތްތަކުން ފިހާރަތައް ބިމާހަމަކުރަމުން ދަނީ ބޭ އޮފް ބެންގޯލް ސަރަހައްދުގައިވާ ބަޝަން ޗާރް ރަށަށް ބަދަލުވުމަށް ރެފިއުޖީންނަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށެވެ.

"އެތައް ހާސް ރެފިއުޖީން ދިޔައީ މި ފިހާރަތަކުގެ އެހީގައި ދިރިއުޅުމެއް ބިނާ ކުރަމުން. އެ މީހުންގެ ދިރިއުޅުމަށް މީގެން ބޮޑު އަސަރެއް ކުރާނެ،" ނަން ހާމަނުކުރަން ޝަރުތުކޮށް ވާހަކަދެއްކި އޮފިޝަލް ބުންޏެވެ.

ބަންގްލަދޭޝުން މިހާތަނަށް ވަނީ 19،000 އެއްހާ ރޮހިންޔާ ރެފިއުޖީން ބަޝަން ޗާރް ރަށަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox