އިންޑިއާ ދަނޑުވެރިން އަހަރެއް ވަންދެން ކުރި މުޒާހަރާ ނިމުމަކަށް!

ދިއްލީ ވަށައިގެންވާ ސަރަހައްދުގައި ޓެންޓު ޖަހައިގެން އުޅެމުން ދިޔަ ދަނޑުވެރިން ބުނީ އެނބުރި ގެތަކަށް ދާން ނިންމާފައިވާ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ދިއްލީ ވަށައިގެންވާ ސަރަހައްދުގައި ޓެންޓު ޖަހައިގެން އުޅެމުން ދިޔަ ދަނޑުވެރިން ބުނީ އެނބުރި ގެތަކަށް ދާން ނިންމާފައިވާ ކަމަށް. -- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ދަނޑުވެރިން އަހަރެއް ވަންދެން ކުރި މުޒާހަރާ ނިމުމަކަށް ގެނެސް، އެނބުރި ގެތަކަށް ދާން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެތައް ހާސް ދަނޑުވެރިން ވަނީ ވެރިރަށް ނިއު ދިއްލީ ވަށައިގެންވާ ސަރަހައްދުގައި ޓެންޓު ޖަހައިފަ އެވެ.

އެ މީހުން މިއަދާ ހަމައަށް ވެސް ތިބީ އެ ތަނުގައި އަޑު އުފުލުމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކަށް މާ ބޮޑަށް ހޫނުވެ ނުވަތަ ފިނިވެ އަދި ކޮވިޑް ޖެހިގެން ވެސް މަރުވި އެވެ.

ދަނޑުވެރިން ބުނީ އެނބުރި ގެތަކަށް ދާން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ. ދަނޑުވެރިންގެ މުޒާހަރާ އަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ދަނޑުވެރިން ގެތަކަށް ދާން ނިންމީ އެ މީހުންގެ ޑިމާންޑުތަކާ ގުޅޭ މަޝްވަރާ ކުރަން މިނިސްޓަރުން އެއްބަސްވުމުންނެވެ. އެގޮތުން އުފެއްދުންތަކަށް ޔަގީން އަގެއް ކަނޑައެޅުމާއި މުޒާހަރާ ކުރި ދަނޑުވެރިންނާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިޔުން ހިމެނެ އެވެ.

"ހާލަތު މުރާޖައާ ކުރަން ޖެނުއަރީ 15 ވަނަ ދުވަހު އަޅުގަނޑުމެންގެ ބައްދަލުވުމެއް އޮންނާނެ. ސަރުކާރުގެ ވައުދުތައް ފުއްދައި ނުދޭ ނަމަ، އަލުން މުޒާހަރާ އަށް ނުކުތުން ވެސް އެކަށީގެންވޭ،" ދަނޑުވެރިންގެ ލީޑަރެއްގެ ގޮތުގައި އުޅޭ ގުރްނަމް ސިންގް ޗަރުނި އިންޑިއާގެ ނޫސްތަކަށް ބުންޏެވެ.

ދަނޑުވެރިން މުޒާހަރާ ކުރަން ފެށީ ތަފާތު ތިން ގާނޫނެއް ތައާރަފު ކުރުމުންނެވެ. އެއީ ދަނޑުވެރި އުފެއްދުންތަކުގެ އަގާއި، ވިޔަފާރި އާއި ރައްކާކުރުމާ ގުޅޭ ގާނޫނުތަކެކެވެ. ދަނޑުވެރިން ބުނީ އެ ގާނޫނުތަކާ ހެދި ހުޅުވާލެވިފައިވާ މާކެޓު ނިޒާމުގެ ތެރެއިން އެ މީހުންނަށް ލިބުނު ރައްކާތެރިކަން ކުޑަވި ކަމަށެވެ.

ދަނޑުވެރިންގެ ޔޫނިއަންތަކުން ބުނީ އެ ގާނޫނުތަކުގެ ފައިދާ ކުރަނީ ބޮޑެތި ކުންފުނިތަކަށް ކަމަށާއި ދަނޑުވެރިންގެ ދިރިއުޅުން ފަނާވާނެ ކަމަށެވެ.

ނަމަވެސް އެ ގާނޫނުން ދަނޑުވެރިންނަށް ފައިދާ ކުރާނެ ކަމަށް އެތައް މަސްތަކެއް ވަންދެން ވިދާޅުވުމަށް ފަހު ނޮވެމްބަރު 19 ވަނަ ދުވަހު މޯދީ ނިންމެވީ ގާނޫނުތައް އުވާލުމަށެވެ.

އެކަން ޕާލިމެންޓު މެދުވެރިކޮށް ކުރީ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ. ނަމަވެސް ދަނޑުވެރިން މުޒާހަރާ ހުއްޓާ ނުލައި ކުރިއަށް ގެންދިޔައީ އެ މީހުންގެ އެހެން ޑިމާންޑުތަކަށް ވެސް ސަރުކާރުގެ ސަމާލުކަން ހޯދުމަށެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ، އޭގެ ތެރެއިން ގިނަ ޑިމާންޑުތައް ގަބޫލުކުރާ ކަމަށް ބުނެ ދަނޑުވެރިންނަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. އޭގެ އިތުރުން މުޒާހަރާގެ ތެރެއިން މަރުވި ދަނޑުވެރިންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ދަނޑުވެރިންގެ ޔޫނިއަންތަކުން ބުނީ މިއީ ބޮޑު ކާމިޔާބެއް ކަމަށެވެ. ނަމަވެސް އެނެލިސްޓުން ބުނާ ގޮތުގައި މޯދީގެ ނިންމެވުން ގުޅިފައި ވަނީ ކުރިއަށް އޮތް އިންތިހާބުތަކާ އެވެ.

އެގޮތުން ޕަންޖާބް ސްޓޭޓާއި އުއްތަރް ޕްރަދޭޝް ސްޓޭޓުގެ އިންތިހާބު އޮތް އިރު، އެ ދެ ތަނުގައި ވެސް ދަނޑުވެރިން ގިނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox