ޖަލުގެ ޖާގައިގެ ދަތިކަން ހައްދުންނެއްޓި، ގައިދީންގެ ހައްގުތައް ގެއްލިފައިވާ ކަމަށް އދ. އިން ބުނެފި

ވޯކިން ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ބަންދު މަރުކަޒުތަކަށް ޒިޔާރަތް ކުރުމަށް ސަރުކާރުން ދައުވަތު ދިނީތީ ޝުކުރު އަދާ ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވޯކިން ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ބަންދު މަރުކަޒުތަކަށް ޒިޔާރަތް ކުރުމަށް ސަރުކާރުން ދައުވަތު ދިނީތީ ޝުކުރު އަދާ ކުރި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްދުން ނައްޓާފައިވާ ކަމަށާއި ބޭސް ފަރުވާ ހޯދުމާއި ކަސްރަތު ކުރުން ފަދަ އިންސާނީ ހައްގުތަކުން ގިނަ ގައިދީން މަހްރޫމްކޮށްފައިވާ ކަމަށް އދ. ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ދައުވަތަށް ރާއްޖެ އައިސް 10 ދުވަހުގެ ތަހުގީގަކަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނާ ހިލާފް ބަންދުގެ މައްސަލަތައް ބެލުމަށް ހާއްސަ އދ. ގެ އެ ކޮމެޓީގެ ޗެއާ ޑރ. އެލީނާ ސްޓެއިނާޓް ވިދާޅުވީ، ވެންޓިލޭޝަންގެ މައްސަލަތަކާއި އާދަޔާ ހިލާފަށް ޖާގައިގެ ދަތިކަމާއި ބޭސްފަރުވާގެ މައްސަލަތައް ރާއްޖޭގެ ހުރިހާ ޖަލަކުން ވެސް ފެނުނު ކަމަށެވެ.

"ބަންދުކޮށްފައި ތިބޭ ބައެއް މީހުންނަކީ ގޮޅިން ނުނެރޭ މީހުން. ބައެއް މީހުން ގޮޅިން ނެރެނީ މަހަކު އެއް ފަހަރު. މި މޫސުމުގައި، ގޮޅިއެއްގައި އެތައް މީހުންނަކާއެކު ތިބެންޖެހެނީ. މިއީ އިންސާފުތޯ؟،" މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެލީނާ ވިދާޅުވި އެވެ.

Advertisement

ހާއްސަކޮށް، މާލޭ ޖަލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ބޮޑުކަން އދ. އިން ފާހަގަ ކުރި އެވެ.

"އޭގެ އެއް މިސާލަކީ މާލޭ ޕްރިޒަންގައި ގައިދީން ޔާޑަށް ނެރެނީ ބޮޑު ކޮއްޓަކަށް ލައިގެން. މިތަނުގެ ވަރަށް ގިނަ ގައިދީންގެ ނިދާނެ އެނދެއް އަދި ގޮދަނޑިއެއް ނެތް. މިތަނުގެ ގައިދީންގެ އަދަދު ގިނަކަމުން ނިދަންޖެހެނީ ވަރަށް ކައިރިކައިރީގައި، ފައި ދަމާލާނެހާ ޖާގަ ވެސް ނެތި،" ވޯކިން ގްރޫޕުގެ މެމްބަރު ޕްރިޔާ ގޮޕަލާން ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުށުގެ ތުހުމަތުގައި ބަންދު ކުރާ މީހުން، ހުކުމްކޮށްފައިވާ ތިބޭ މީހުންނާ އެއް ދަރަޖައެއްގައި ގެންގުޅޭ މައްސަލަ އާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ހައްގުތައް ގާނޫނުން ހަނި ކުރާތީ އެކަން ވެސް އދ. ގެ ވޯކިން ގްރޫޕުން ފާހަގަ ކުރި އެވެ. އަދި ގާނޫނީ ފްރޭމްވޯކް އޮންނަ ގޮތުން ބަންދުގައި ތިބެގެން ގާނޫނީ އެހީތެރިކަން ހޯދުމަށް ގައިދީންނަށް ދަތިވާ ކަމަށް ވެސް އދ. އިން ބުންޏެވެ.

ދަރަނި ނުދެއްކިގެން، މަދަނީ މައްސަލަތަކުގައި، ގާނޫނީ ނިޒާމުގެ ތެރެއިން މީހުން ރާއްޖޭގައި ޖަލަށްލަމުންދާ ކަމަށާއި އެއީ ދިވެހި ގާނޫނު އަސާސީ އަދި ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފަށް އަމަލު ކުރަމުންދާ އުސޫލެއް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ބުންޏެވެ.

ޖަލުގައި ޑްރަގް ރިހެބިލިޓޭޝަންގެ ޕްރޮގްރާމްތައް ޖަލުގައި އެކަށީގެންވާ ގޮތަށް ކުރިއަށްނުދާކަން ފާހަގަ ކުރަމުން އދ. އިން ބުނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާމެދު ދެކޭ ގޮތް ބަދަލުކޮށް، މަސްތުވާތަކެތީގެ މައްސަލައަކީ ސިއްހީ ކަމެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ.

ރާއްޖެއަށް ކުރި ދަތުރުގެ ރަސްމީ ރިޕޯޓެއް އަދި އދ. ގެ ވޯކިން ގްރޫޕުން އެކުލަވާލާނެ އެވެ. އަދި އެ ރިޕޯޓް އަންނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox