ދިއްލީގެ މަގުމައްޗަށް ވުރެ ގެތަކުގެ ވައި މާ ބޮޑަށް ތަގައްޔަރު!

ދިއްލީގެ ގިނަ ގެތަކުން ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރަން ސަމާލުކަމެއް ނުދޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ދިއްލީގެ ގިނަ ގެތަކުން ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރަން ސަމާލުކަމެއް ނުދޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ގެތަކުގެ ވައި ނުރައްކާތެރި މިންވަރަށް ތަގައްޔަރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެގޮތުން ފުއްޕާމެއަށް ގެއްލުންދޭ ޕީއެމް2.5 ޕާޓިކަލްސް އައުޓްޑޯ މާހައުލަށް ވުރެ ގެތަކުގެ ތެރޭގައި ގިނަ ކަމަށް އެ ދިރާސާއިން ދެއްކި އެވެ.

ނަމަވެސް, ވައި ސާފުކުރަން ފިޔަވަޅު އަޅަން ގިނަ ގޭބިސީތަކުން ބޭނުން ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ. ދުނިޔޭގެ އެންމެ ތަގައްޔަރުވެފައިވާ ވެރިރަށްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އެންމެ ގިނައިން ހިމެނެނީ ދިއްލީ ސިޓީ އެވެ.

Advertisement

ޔުނިވާސިޓީ އޮފް ޗިކާގޯގެ އެނާޖީ ޕޮލިސީ އިންސްޓިޓިއުޓުން 2018 އިން 2020 އަށް ހެދި ދިރާސާގައި ދިއްލީގެ އެތައް ހާސް ގޭބިސީއެއް ސާވޭކުރި އެވެ. އެގޮތުން އެކި ފަންތީގެ ގެތައް މޮނީޓާ ކުރުމުން އެނގުނީ ފަގީރު ގެތަކާއި މުއްސަނދި ގެތަކަށް ވެސް މެދުވެރިވެފައި ވަނީ އެއް ހާލަތެއް ކަމެވެ.

"ދިއްލީގައި މި އޮތް ހާލަތަކީ މުއްސަނދި ވިޔަސް ފަގީރު ވިޔަސް، އެކަކަށް ވެސް ސާފު ވައިކޮޅެއް ނުލިބޭ ފަދަ ހާލަތެއް،" ރިޕޯޓު ލިޔުނު ޑރ. ކެނެތު ލީ ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އެންމެ ބޮޑަށް ތަގައްޔަރުވެފައިވާ ސިޓީތަކުގެ ތެރެއިން ދިއްލީގެ ވައިގެ ކޮލިޓީ ގަވާއިދުން "އެންމެ ނުރައްކާތެރި" ކެޓަގަރީއަށް ވެއްޓެ އެވެ. އެ ހާލަތަށް ދިޔުމުން އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މާއްދާތައް ވައިގެ ތެރޭގައި ގިނައިން އުޅެ އެވެ.

ފިނި މޫސުމާ ދިމާކޮށް ދިއްލީގެ ވައި ތަގައްޔަރުވާ އެއް ސަބަބަކީ ވަށައިގެންވާ ސްޓޭޓުތަކުގައި ހުންނަ ދަނޑުބިންތަކުން އުފެދޭ ކުނި އެންދުމެވެ. ދިއްލީ ވަށައިގެންވާ ސަރަހައްދުގައި އެތައް މިލިއަން މީހުން ދިރިއުޅޭ ނޮއިޑާ އަދި ގާޒީއާބާދު ފަދަ ސިޓީތައް ވެސް ހުރެ އެވެ.

ނަމަވެސް އެ ސިޓީގެ ވައި ތަގައްޔަރުވުމަށް އެންމެ ބޮޑަށް މަގުފަހިކުރަނީ އެކި ސިނާއަތްތަކާއި، ދަތުރުފަތުރާއި، މަގުތަކާއި އިމާރާތް ކުރުމުގެ މަސައްކަތުން އުފެދޭ ހިރަފުހުންނެވެ. އަދި ވައި ތަގައްޔަރުވުމަށް ދަނޑުތަކުން ހިއްސާ ކުރަނީ އެންމެ ހަތަރު ޕަސެންޓު ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަގައްޔަރުވެފައިވާ 15 ސިޓީގެ ތެރެއިން 14 ސިޓީ އޮތީ އިންޑިއާގަ އެވެ.

މިދިޔަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ވައި ތަގައްޔަރުވުމުން ދިމާވާ މައްސަލަތަކުގައި އިންޑިއާގައި 2019 ވަނަ އަހަރު 1.67 މިލިއަން މީހުން މަރުވި އެވެ. އޭގެ ތެރެއިން 17،500 މީހުން މަރުވީ ދިއްލީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox