ނިއުޒީލޭންޑުގެ ކުރިމަގުގެ ޖީލަށް ދުންފަތް މަނާކުރަނީ

ނިއުޒީލޭންޑުގައި 2008 ވަނަ އަހަރަށް ފަހު އުފަންވި އެއްވެސް މީހަކަށް ކުރިމަގުގައި ސިނގިރޭޓް އަދި ދުންފަތް ނުގަނެވޭނެ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ނިއުޒީލޭންޑުގައި 2008 ވަނަ އަހަރަށް ފަހު އުފަންވި އެއްވެސް މީހަކަށް ކުރިމަގުގައި ސިނގިރޭޓް އަދި ދުންފަތް ނުގަނެވޭނެ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ނިއުޒީލޭންޑުގައި ދުންފަތުގެ އިސްތިއުމާލް ކުރުން އެއްކޮށް ހުއްޓުމުގެ ގޮތުން، އަންނަން އޮތް ޖީލުގެ އެއްވެސް މީހަކަށް ދުންފަތުގެ އުފެއްދުންތައް ވިއްކުން މަނާކުރަން ތައްޔާރުވެއްޖެ އެވެ.

އެގޮތުން އަންނަ އަހަރު ތައާރަފް ކުރަން ނިންމާފައިވާ ގާނޫނެއްގެ ދަށުން، 2008 ވަނަ އަހަރަށް ފަހު އުފަންވި އެއްވެސް މީހަކަށް، އެ މީހެއްގެ ހަޔާތުގައި ސިނގިރޭޓު އަދި ދުންފަތުގެ އުފެއްދުންތައް ނުގަނެވޭނެ އެވެ.

"އަޅުގަނޑުމެން ޔަގީން ކުރަން ބޭނުން ވަނީ ޒުވާން މީހުން ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލް ކުރަން ނުފަށާނެކަން،" ހެލްތު މިނިސްޓަރު ޑރ. އަޔިޝާ ވެރާލް ވިދާޅުވި އެވެ.

އެ ގާނޫނަކީ ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް އަޅާނެ ކަމަށް ނިއުޒީލޭންޑުގެ ސަރުކާރުން ބުރާސްފަތި ދުވަހު އިއުލާނު ކުރި ކަންކަމުގެ ތެރޭގައި ހިމެނޭ ގާނޫނެކެވެ.

"ދުނިޔެ އަށް ނަމޫނާއަކަށް" ވާ ފަދަ އިސްލާހީ ބަދަލުތަކަށް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ބަދަލުތަކުގެ ސަބަބުން ދުންފަތުގެ އުފެއްދުންތައް ހޯދުމަށް އުނދަގޫވެ، ސިނގިރޭޓުގައި ހުންނަ ނިކޮޓީންގެ މިންވަރު ވެސް މަދުކުރާނެ އެވެ.

"އޭގެ ސަބަބުން މީހުންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ފަސޭހަވާނެ ނުވަތަ ގެއްލުން ކުޑަ އުފެއްދުންތަކަށް ބަދަލުކުރެވޭނެ،" ޔުނިވާސިޓީ އޮފް އޮޓާގޯގެ ޕްރޮފެސަރު ޖެނެޓް ހުކް ވިދާޅުވި އެވެ.

ނިއުޒީލޭންޑުން އަމާޒު ހިފާފައި ވަނީ 2025 ވަނަ އަހަރާ ހަމައަށް ދާއިރު އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލް ކުރާ ރޭޓު ފަސް ޕަސެންޓަށް ތިރިކުރުމަށެވެ. އޭގެ ފަހުން އެއްކޮށް ދުންފަތުގެ އިސްތިއުމާލް ކުރުން އެ ގައުމުން ނައްތާލަން މަސައްކަތް ކުރާނެ އެވެ.

މިހާރު ނިއުޒީލޭންޑުގައި ދުންފަތުގެ އިސްތިއުމާލް ކުރަނީ އާބާދީގެ 13 ޕަސެންޓު މީހުންނެވެ. ނަމަވެސް މީގެ 10 އަހަރު ކުރިން އެ ނިސްބަތް ހުރީ 18 ޕަސެންޓުގަ އެވެ.

ނިއުޒީލޭންޑުގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުގައި ކެންސަރު ބަލި ދިމާވާ ކޮންމެ ހަތަރު މީހަކުން އެކަކަށް ދިމާވަނީ ދުންފަތުގެ އިސްތިއުމާލް ކުރުމާ ގުޅިފައިވާ ކެންސަރު ކަމަށޭވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox