އަނިޔާ ލިބުނު މީހުންގެ ކިބައިން ނިއު ޒީލެންޑު ސަރުކާރުން މައާފަށް އެދިއްޖެ

ނިއުޒީ ލެންޑްގެ ބޮޑުވަޒީރު ލުކްސޮން: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ލިބުނު އަނިޔާއަށް ދައުލަތުގެ ފަރާތުން ވަނީ މައާފަށް އެދިފައި -- ފޮޓޯ: ދަ ނިއުޒީ ލެންޑް ހެރަލްޑް

ނިއުޒީ ލެންޑްގެ ބޮޑުވަޒީރު ލުކްސޮން: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ލިބުނު އަނިޔާއަށް ދައުލަތުގެ ފަރާތުން ވަނީ މައާފަށް އެދިފައި -- ފޮޓޯ: ދަ ނިއުޒީ ލެންޑް ހެރަލްޑް

ނިއު ޒީލެންޑްގެ ސަރުކާރުގެ ބެލުމުގެ ދަށުގައި އަދި ފައްޅިތަކުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ލިބުނު އަނިޔާތަކަށް ސަރުކާރުން މައާފަށް އެދިއްޖެ އެވެ.

ނިއު ޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލުކްސޯން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް އަނިޔާ ލިބުމަކީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ގޯސްކޮށް ހިނގައިދިޔަ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެކަމާ ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުން ބަދަލުވި. އެކަމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ،" ލުކްސޮން ވިދާޅުވި އެވެ.

ނިއު ޒީލެންޑް ސަރުކާރުގެ ބެލުމުގެ ދަަށަށް ގެންދިޔަ މީހުންނަށް އަނިޔާކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ހެދި މިނިވަން އިންކުއަރީގެ ރިޕޯޓެއް މިދިޔަ ޖުލައި މަހު ވަަނީ އާންމު ކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ފާއިތުވި 70 އަހަރު ތެރޭގައި ނިއު ޒީލޭންޑްގެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ލައްކައަށް ވުރެ ގިނަ މީހުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވި މީހުން ވެސް ހިމެނެ އެވެ.

އެ މީހުންނަށް ދިން އަނިޔާތަކުގެ ތެރޭގައި ޖިންސީ ގޯނާކުރުމާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ އަނިޔާ ވެސް ހިމެނެ އެވެ. އިލެކްޓްރިކް ޝޮކް ވެސް ބައެއް މީހުންނަށް ދީފައިވެ އެވެ.

އެ އިންކުއަރީއާ އެކު 138 ރިކޮމެންޑޭޝަން ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ. އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ސަރުކާރުން ކުރިން ހިނގައިދިޔަ އަނިޔާވެރި ކަން ކަމަށް މައާފަށް އެދުން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox