ހުރިހާ މެޗަކުން މޮޅުވެ ލިވަޕޫލަށް ތާރީހީ ރެކޯޑެއް

Dec 7, 2021, 10:38 PM
ހުރިހާ މެޗަކުން މޮޅުވެ ލިވަޕޫލަށް ތާރީހީ ރެކޯޑެއް

މިލާން (ޑިސެމްބަރު 8) - ޗެމްޕިއަންސް ލީގުގައި މިރޭ އޭސީ މިލާން ދަނޑުގައި 2-1 އިން މޮޅުވެ، މުބާރާތުގެ ތާރީހުގައި ގްރޫޕް ސްޓޭޖުގެ ހަ މެޗުން ވެސް މޮޅުވި އިނގިރޭސި ހަމައެކަނި ޓީމުގެ ރެކޯޑް ލިވަޕޫލުން ގާއިމްކޮށްފި އެވެ.

ބާކީ ދެ މެޗު އޮއްވައި މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ޔަގީންކުރި ލިވަޕޫލުން އެންމެ ފަހުން މުބާރާތުގައި ކުޅުނު ދެ މެޗުގައި ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެއީ އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ނުލަ އެވެ. އެކަމަކު، އެ ދެ މެޗުން ވެސް މޮޅުވެ، ރެކޯޑް ހެދީ އެވެ.

ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ލިވަޕޫލް އަނެއް ބުރުން ފުރުސަތު ހޯދީ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ މިރޭ ޕޯޓޯ ދަނޑުގައި 3-1 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ ޕޯޓޯ އަށް ފަސް ޕޮއިންޓް ލިބުނުއިރު، މިލާން ގްރޫޕް ސްޓޭޖު ނިންމާލީ ހަތަރު ޕޮއިންޓާ އެކު އެވެ.

މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވެ، އެތުލެޓިކޯ އާއި ޕޯޓޯ އެއްވަރުވިނަމަ ދެ ވަނަ ޓީމުގެ ގޮތުގައި މިލާނަށް އަނެއް ބުރަށް ދެވެން އޮތެވެ. އެ އަޒުމުގައި މިލާނުން މެޗަށް ނުކުމެ ފުރަތަމަ ލީޑުނެގި އެވެ. މެޗުގެ 29 ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދިނީ އިނގިރޭސި ޑިފެންޑަރު ފިކާޔޯ ޓޮމޯރީ އެވެ.

މިލާނުން ލީޑުނެގިތާ ހަތް މިނިޓް ފަހުން ލިވަޕޫލަށް އެއްވަރުކޮށްދިނީ މުހައްމަދު ސަލާހު އެވެ. މެޗުގެ 36 ވަނަ މިނިޓްގައި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ޖެހި ބޯޅައެއް މިލާން ކީޕަރު މައިކް މައިންގްނަން އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ސީޒަނުގައި އޭނާގެ 20 ވަނަ ގޯލު ޖަހައިފަ އެވެ. ސަލާހަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލަށް ހަތް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.

ލިވަޕޫލް މޮޅުވި ގޯލު ޖެހީ މެޗުގެ 55 ވަަނަ މިނިޓްގައި ޑިވޮކް އޮރީގީ އެވެ. މިއީ 2019 ވަނަ އަހަރުގެ ފައިނަލުގައި ޓޮޓެންހަމް ކޮޅަށް ގޯލު ޖެހި ފަހުން ޗެމްޕިއަންސް ލީގުގައި އޮރީގީގެ ފުރަތަމަ ގޯލެވެ. މިލާނަށް އެއްވަރުކޮށްދޭން ކެސީ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ޕޯޓޯ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާގިނައިރެއް ނުވެ އެތުލެޓިކޯގެ ލުއިސް ސުއަރޭޒަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. އެތުލެޓިކޯ އަށް މެޗުގެ 56 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ސަސްޕެންޝަނަށް ފަހު އެނބުރި އައި އެންޓޮއިން ގްރީޒްމަން އެވެ. އެކަމަކު، އޭގެ ފަހުން އެތުލެޓިކޯގެ ޔަނިކް ކަރާސްކޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޕޯޓޯގެ ވެންޑެލް އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.

އިތުރު ވަގުތުގައި ޕޯޓޯގެ އެންހެލް ކޮރޭއާ އާއި ރޮޑްރީގޯ ޑެ ޕޯލް ވަނީ އިތުރު ގޯލުތަކެއް ޖަހައިފަ އެވެ. އަދި ޕޯޓޯގެ ސާޖިއޯ އޮލިވޭރާ ވެސް ވަނީ އެ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. ޑެ ޕޯލް އާއި އޮލިވޭރާ ގޯލު ޖެހީ ޕެނަލްޓީންނެވެ.

އަޔަކްސް ވެސް އަނެއް ބުރުން ފުރުސަތު ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހަ މެޗުން މޮޅުވެގެންނެވެ. ގްރޫޕްގެ ފަހު މެޗުގައި މިރޭ އަޔަކްސް އިން ވަނީ 4-2 އިން ސްޕޯޓިން ބަލިކޮށްފަ އެެވެ. މި މެޗުގައި ގޯލު ޖަހައި އަޔަކްސްގެ ސަބެސްޓިއަން އަލެއާ ވަނީ ގްރޫޕް ސްޓޭޖުގައި 10 ގޯލު ހަމަކޮށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑަކާ ހަމަކޮށްފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ބެސިކްޓާސް އަތުން ބޮރޫޝިއާ ޑޯޓްމަންޑް ވަނީ 5-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ހާފް އެއްކޮށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބެސިކްޓާސް ކޮޅަށް ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑާއި މާކޯ ރެއުސް، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ ޑޮންޔެލް މާލެން އެވެ.

ގްރޫޕް ސީގެ އެއް ވަނަ އަޔަކްސް އިން ހޯދީ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ސްޕޯޓިން އާއި ތިން ވަނަ ހޯދި ޑޯޓްމަންޑަށް ވެސް ލިބުނީ ނުވަ ޕޮއިންޓެވެ. ހެޑް ޓު ހެޑް އިން ސްޕޯޓިން ކުރި ހޯދައި އަނެއް ބުރަށް ދިޔައީ އެވެ. ގްރޫޕްގެ ފުލަށްދިޔަ ބެސިކްޓާސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox