އިންސްޓާގްރާމަށް މުޅިން އާ ފީޗާތަކެއް

ކުޑަކުއްޖެއް އިންސްޓަގްރާމް ބޭނުންކުރަނީ: އިންސްޓަގްރާމް ކުޑަކުދިންނަށް ރައްކާތެރި އެޕްއަކަށް ހެދުމަށް އެ ކުންފުނިން އައު ފީޗާތަކެއް ތައާރަފު ކުރަން ވަނީ ނިންމާފައި.

ކުޑަކުއްޖެއް އިންސްޓަގްރާމް ބޭނުންކުރަނީ: އިންސްޓަގްރާމް ކުޑަކުދިންނަށް ރައްކާތެރި އެޕްއަކަށް ހެދުމަށް އެ ކުންފުނިން އައު ފީޗާތަކެއް ތައާރަފު ކުރަން ވަނީ ނިންމާފައި.

އިންސްޓާގްރާމަކީ މުޅި ދުނިޔޭގައިވެސް ފުރާވަރު އުމުރުގެ ކުދިންގެ މެދުގައި މަގުބޫލު އެޕްއެކެވެ. ރާއްޖޭގައިވެސް ހަމަ އެހާމެ މަގުބޫލެވެ.

އެޕް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން އިންސްޓަގްރާމްގެ ބާނީ އެޑަމް މޮސެއިރީ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންސްޓަގްރާމަށް ގެންނަ ބަދަލުތަކުގެ މަގްސަދަކީ އެޕް ބޭނުންކުރަމުންދާ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމެވެ.

އެ އެޕް ބޭނުންކޮށްގެން އެކަށީގެންނުވާ ކަމަކާމެދު މައުލޫމާތު ހޯދުމުގައި މާގިނަ ވަގުތު ހޭދަކުރާނަމަ ކޮންމެވެސް އެހެން ދިމާއަކަށް އެކުދިން ޝައުގުވެރިކަން ބަދަލުކުރުމަށްޓަކައި އޮޓޯއިން އެޑްސް ފޮނުވާނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން އެ ކުދިން ފޮލޯ ނުކުރާ މީހުންނަށް އެކުދިންގެ އެކި ޕޯސްޓްތަކުގައި ޓެގްކުރުމާއި މެންޝަން ކުރުން ފަދަ ކަންކަން ނުކުރެވޭ ގޮތަށް ހަދާނެ އެވެ،

އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރު ކުދިންނާއި ކުޑަކުދިންނަށް އެ ކުދިންގެ ޕޯސްޓްތަކުގެ ދަށުގައި ހުންނަ ކޮމެންޓުތައް އެއްފަހަރާ ޑިލީޓްކޮށްލެވޭ ގޮތްވެސް ހަމަޖައްސަން އިންސްޓަގްރާމުންވަނީ ނިންމާފައެވެ. މިހާރު މި އެޕްގައި ޖެހެނީ ފަހަރަކު ކޮމެންޓެއް ވަކިވަކިން ބަލައިގެން ޑިލީޓްކުރާށެވެ. ކުޑަކުދިންގެ ޕޯސްޓްތަކުގެ ދަށުގައި ހުންނަ ކޮމެންޓްތައް އެކުދިން ކިޔަމުން ވަކިވަކިން ޑިލީޓްކުރަން ޖެހުމަކީ އެކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބުން އެކަށީގެންވާކަމެކެވެ.

އިންސްޓާގްރާމް ބޭނުންކުރުމުގައި ވަކިވަރަކަށްވުރެ ގިނަ ވަގުތު ހޭދަކުރާނަމަ ހުސްވަގުތު ކޮޅެއް ނެގުމަށް ހަނދުމަކޮށްދޭ ފީޗާއެއް ވެސް ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. "ޓޭކް އަ ބްރޭކް" ފީޗާގެ ދަށުން އިންސްޓަގްރާމްގައި އެމީހަކު ހޭދަކުރާ ވަގުތު ދެނެގަނެވޭނެއެވެ. އަދި މާގިނަ ވަގުތު ހޭދަކުރަމުންދާ ނަމަ ނޮޓިފިކޭޝަންއެއްގެ ޒަރިއްޔާއިން އެކަން އެ މީހަކަށް އެންގޭނެ އެވެ.

ހަމަ އެގޮތަށް ކުޑަކުދިން އިންސްޓަގްރާމް ބޭނުންކުރާ މިންވަރު ބެލެނިވެރިންނަށް ބެލެހެއްޓޭނެ ހަމަޖައްސަން ވަނީ ނިންމައިފަ އެވެ. ކުއްޖާ އެޕް ބޭނުންކުރުމުގައި ހޭދަކޮށްފައިވަނީ ކިހާ ވަގުތެއްތޯ ބެލޭނެ އިންތިޒާމާއެކު ވަކި ހައްދެއްގެ ދަށުން އެޕް ބޭނުންކުރުމަށް ބާރު އަޅައިދޭ ފީޗާއެއްވެސް ގާއިމް ކުރެވޭނެއެވެ.

މިބަދަލުތަކަކީ އެކި ފަރާތްތަކުގެ ލަފާ އާއި މަޝްވަރާ ހޯދައިގެން ގެންނަން ނިންމާފައިވާ ބަދަލުތަކެކެވެ. އިންސްޓާގްރާމުން ވަނީ މީގެ ކުރިންވެސް "އިންސްޓްގްރާމް ފޯ ކިޑްސް" ގެ ނަމުގައި މިފަދަ ޕްރޮގްރާމްއެއް ފަށާފައެވެ. ނަމަވެސް މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން އެ ކުންފުނިން ވަނީ އެ ޕްރޮގްރާމް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުއްޓާލާފައެވެ.

އިންސްޓާގްރާމްގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި މިޕްރޮޖެކްޓު ވެސް އަލުން ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. މިފަދަ ކޮންމެ އެޕަކީ އެ ބޭނުންކުރުމުގައި ކުޑަކުދީންނަށް ވަރަށް ބޮޑަށް ރައްކާތެރި ވާންޖެހޭ އެޕްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox