އާ ހޯދުމެއް، ބުރަކަށީގެ ތަދަށް ވެސް ނަފްސާނީ ފަރުވާ ދެވިދާނެ

Dec 8, 2021, 4:04 AM
އާ ހޯދުމެއް، ބުރަކަށީގެ ތަދަށް ވެސް ނަފްސާނީ ފަރުވާ ދެވިދާނެ

ތިރީހުގެ އަހަރުތަކަށް އަޅާއިރު ބުރަަކަށީގެ ރިހުމެއް, ތަދެއް ނުހުންނަ މީހަކު އަހަރެމެންގެ ތެރޭގައި މަދުވާނެ އެވެ. މިކަހަލަ ތަދު ތަކަށް، ކަސްރަތާއި, ޑޮކްޓަރީ ފަރުވާއާއި ފަތްޕިލާވެލީގެ ބޭސް ކުރާ މީހުން ވެސް އެހާ ގިނަ އެވެ. ނަމަވެސް މި ފަހުން ސައިންސްވެރިން މިވަނީ ބުރަކަށީގެ ތަދު ފިލުވުމަށް ސައިކޮލޮޖިކަލް، ނުވަތަ ނަފްސާނީ ފަރުވާއެއް ހޯދާފަ އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮލޮރާޑޯ އަށް ނިސްބަތްވާ ސައިންސްވެރިންތަކެއް ހޯދި މި ފަރުވާ އަށް ދީފައިވާ ނަމަކީ ޕެއިން ފްރީ ޕްރޮސެސިން ތެރަޕީ (ޕީއާރްޓީ) އެވެ. މި ދިރާސާ ގެ ރިޕޯޓު، ނަފްސާނީ އެކި މައްސަލަތަކާއި ގުޅޭ ދިރާސާތަކާއި ލިޔުންތައް ޝާއިރުކުރާ ބައިނަލްއަގުވާމީ ޖާނަލްއެއް ކަމުގައިވާ ޖާމާ ސައިކޭޓްރީގައި ވެސް ޝާއިއުކޮށްފައި ވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޕީއާރްޓީ ފަރުވާ ދެވުނު ތިންބައި ކުޅަ ދެބައި މީހުންނަށް ވަނީ ފަރުވާގެ އެހީގައި ބުރަކަށީގެ ތަދު އެއްކޮށް ނުވަތަ ވަރަށް ބޮޑަށް ފިލުވާލެވިފަ އެވެ.

Advertisement

ޕީއާރުޓީ އަކީ، ހަތަރު ހަފްތާއަަށް ދިގުދެމިގެންދާ ނަފްސާނީ ފަރުވާ އެކެވެ. ފަރުވާގެ އަސަރު، އަހަރު ދުވަހަށް ދެމި ހުންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ބުރަކަށީގެ އާންމު ތަދަކީ ހަށިގަނޑުގައި މަސްތަކާއި ކަށިތަކުން ދިމާވާ ކަމެއް ކަމަށް މީގެ ކުރިން ހީވެފައި އޮތް ނަމަވެސް ޕީއާރުޓީގެ ނަމުގައި ދޭ މި ފަރުވާ، އަމާޒުކުރަނީ ސިކުނޑި އަށެވެ. ސައިކޮލޮޖީ އާއި ނިއުރޯސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރަމުން މި ދިރާސާ ލީޑްކުރި ޔޯނީ އަޝާރު ބުނިގޮތުގައި ހަށިގަނޑަށް އެއްވެސް އިންޖަރީ އަކާއި ނުލައިވެސް ސިކުނޑިން ”ތަދު“ ޖެނެރޭޓް ކޮށްފާނެ އެވެ. އަދި މިފަދަ ތަދުތައް ހުންނަ މީހުންގެ 85 އިންސައްތަ މީހުންނަށް ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާހެން މިކަން މެދުވެރިވަނީ ސީދާ ކީއްވެގެންކަން ބުނެދޭން އުނދަގޫވާކަން އޭނާ ފާހަގަކުރި އެވެ. އަދި މިފަދަ ތަދުތައް ދިމާވާ ގަޑިތަކުގައި އެ ތަދު ކޮންޓްރޯލް ކުރުމަށް ހަށިގަނޑުގެ ބައެއް ނާރުގެ ނިޒާމުތައް އޯވާ ރިއެކްޓް ކުރާ ހާލަތު އަންނަ ކަން ވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، އަޝާރު ބުނާގޮތުން ހަށިގަނޑުގެ ތަނެއްގައި ހުންނަ ރިހުމަކީ އިންޒާރުގެ ސިގްނަލެއް ކަމުގައިވާނަމަ މިފަދަ ޕްރައިމަރީ ތަދު ނުވަތަ ސަބަބު ނޭގި ދިމާވާ ތަދުތަކަކީ ނިއްވާނުލެވި އަބަދުވެސް ”އޮން“ ވެ އެގޮތުގައި ހުއްޓިފައި ހުންނަ ސްވިޗެއް ފަދަ އެއްޗެކެވެ. ޕީއާރްޓީ ފަރުވާ އިން މި ދަސްކޮށްދެނީ އެ އެލާމު ނުވަތަ ސްވިޗު ނިއްވާލުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި ފަރުވާގައި ވިސްނައިދެނީ ތަަދަކީ ސޭފް އެއްޗެއް ކަން. އޭގެ ސަބަބުން ތަދު ބޮޑުކުރުމުގެ ބަދަލުގައި ނިއުޓްރަލައިޒް ކުރުމަށް ސިކުނޑިން މަސައްކަތްކުރޭ“

ގައިގައި ރިއްސާ މިފަދަ ހުރިހާ ރިހުންތަކަކީ ސިކުނޑިއާ ގުޅިފައިވާ ރިހުންތަކެއް ނޫނެވެ. އެހެންވީމަ، ޕީއާރުޓީ އަކީ ވެސް ބުރަކަށީގެ ހުރިހާ ރިހުމަކަށް ދެވޭނެ ފަރުވާ އަކަށް ނުވެ ވެސް ދާނެ އެވެ.

ފަރުވާގެ ކުރިންނާއި ފަހުންވެސް ދިރާސާގެ ބައިވެރިންވަނީ ތަދު އިހުސާސްކުރުމަށް ސިކުނޑި މަސައްކަތްކުރާ ގޮތް ދެނެގަތުމަށްޓަކައި ފަންކްޝަނަލް ރެސޮނަންސް އިމޭޖިން ނުވަތަ އެފްއެމްއާރްއައި ހަދާފަ އެވެ. މިއިން އެނގުނު ގޮތުގައި ފަރުވާގެ ފަހުން 66 އިންސައްތަ މީހުންގެ ތަދު ވަނީ މުޅިން އެއްކޮށް ފިލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox