މާބަނޑު ދައްތަގެ ބޯ ބުރިކޮށްލި އިންޑިއާ ކުއްޖަކު ހައްޔަރުކޮށްފި

އެ ހާދިސާ ހިނގި ގޭގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ

އެ ހާދިސާ ހިނގި ގޭގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: ބީބީސީ

އިންޑިއާގެ ހުޅަނގު މަހަރާޝްތްރަ ސްޓޭޓުގައި މާބަނޑު ދައްތަގެ ބޯ ބުރިކޮށްލި ކަމަށް ތުހުމަތު ކުރެވޭ ފުރާވަރު އުމުރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 19 އަހަރުގެ އަންހެން މީހާ ކައިވެނިކޮށްފައި ވަނީ އާއިލާގެ ނުރުހުމުގައި ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަށް ހަމަލާ ދިނީ މަންމަ އާއި ފިރިހެން ކޮއްކޮ އަށް ސައި ހަދަން ހުއްޓަ އެވެ.

ދަނޑުތަކުގައި ބޭނުން ކުރާ ފަދަ ބޮޑު ވަޅިއަކުން ހަމަލާ ދިނުމަށް ފަހު މަންމަ އާއި ފިރިހެން ކޮއްކޮ އަމިއްލަ އަށް ފުލުހުންނާ ހަވާލުވި އެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އަންހެން މީހާގެ ބޯ ބުރިއާ އެކު އެ ދެ މީހުން ސެލްފީ ވެސް ނެގި އެވެ.

ފިރިހެން ކޮއްކޮ އަކީ އުމުރުން 18 އަހަރު ނުވާ ކުއްޖެއް ކަމަށް އޭނާގެ ވަކީލު ބުނަން ފެށުމުން މިހާރު ވަނީ ކުށްކުރާ ކުދިން ބަހައްޓާ ހާއްސަ މަރުކަޒަކަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް ފުލުހުން ބުނީ އޭނާ އަށް އުމުރުން 18 އަހަރުވެފައިވާކަން ސާބިތުވާ ލިޔުންތައް ފެނިފައި ވާތީ އެކަން ކޯޓަށް ހުށަހަޅައި، ޖަލަށް ބަދަލުކުރާނެ ކަމަށެވެ.

އެ މީހުންގެ މަންމަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ހާދިސާ ހިނގީ އައުރަންގްއާބާދު ޑިސްޓްރިކްޓުގައި ކަމަށް ބީބީސީ އިން ރިޕޯޓުކުރެ އެވެ.

އުމުރުން 19 އަހަރުގެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާ އެކު ގެއިން ފިލީ މިދިޔަ ޖޫން މަހު އެވެ. އެއަށްފަހު އާއިލާގެ ނުރުހުމުގައި ކައިވެނި ކުރި އެވެ.

ދެ މީހުން ވެސް ނިސްބަތް ވަނީ އިންޑިއާގެ ހިންދޫންގެ މެދުގައި ގެންގުޅޭ ދަރަޖަ ކުރުމުގެ ނިޒާމުގެ ތެރެއިން އެއް ދަރަޖައަކަށް ނަމަވެސް ފިރިހެން މީހާގެ އާއިލާ ފަގީރެވެ.

ކައިވެނީގެ ފަހުން އަންހެން މީހާ އާއިލާއާ މާ ބޮޑު ގުޅުމެއް ނުބާއްވަ އެވެ. ނަމަވެސް އެ ހާދިސާގެ ހިނގުމުގެ ހަފުތާއެއް ކުރިން އޭނާގެ މަންމަ އަށް ޒިޔާރަތް ކުރި ކަމަށް ވެ އެވެ. ފުލުހުން ބުނީ އަންހެން މީހާ ބަލިވެއިންކަން މަންމަ އަށް އެނގޭ ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި ކޮންމެ އަހަރަކު ވެސް އާއިލާގެ ނުރުހުމުގައި ލޯބީގެ ގުޅުން ހިންގައިގެން ނުވަތަ ކައިވެނިކޮށްގެން އެތައް ސަތޭކަ ބަޔަކު އިންޑިއާގައި މަރާލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox